Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުން މުއައްސަސާ ރިފޯމް ކުރުން

މީހަކަށް އަނިޔާކުރި 3 ފުލުހަކު ވަޒީފާއިން ވަކިކޮށް، އެކަކު ޑީމޯޓް ކޮށްފި

16 ޖޫން 2020 | އަންގާރަ 06:33

ޑިސިޕްލެނަރީ ބޯޑުން 4 ފުލުހަކާއި މެދު ފިޔަވަޅު އަޅާފައިވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 16 ޖޫން 2020 | އަންގާރަ 06:33
މުޒާހަރާއެއްގެ ތެރޭގައި ފުލުހުން ހަރަކާތްތެރިވަނީ

މުޒާހަރާއެއްގެ ތެރޭގައި ފުލުހުން ހަރަކާތްތެރިވަނީ

ގާނޫނުން ލިބިދީފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި ގުޅިގެން 3 ފުލުހަކު ވަޒީފާއިން ވަކިކޮށް އެކެއްގެ މަގާމު ދަށްކޮށްފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އާންމު ރައްޔިތަކަށް ގަސްތުގައި އަނިޔާ ކުރުމުގެ މައްސަލައިގައި ޑިސިޕްލެނަރީ ބޯޑުން 4 ފުލުހަކާއި މެދު ފިޔަވަޅު އަޅާފައިވާކަމަށެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 5 ވަނަ ދުވަހުގައި ހިނގައިދިޔަ މި މައްސަލައާއި ގުޅިގެން ޑިސެޕްލަނަރީ ބޯޑުން ވަނީ 3 ފުލުހަކު ވަޒީފާއިން ވަކިކޮށް އެކަކުގެ މަގާމުގެ ދަށް ކޮށްފައެވެ.

Advertisement - newsAdvertisement

މިކަން ހިއްސާކޮށް، ހަމީދު ވިދާޅުވީ މުއައްސަސާ ރިފޯމްކޮށް އާންމުންގެ އިތުބާރު ލިބިފައިވާ ތަނެއްގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެކަންތައް އޮންނަ އުސޫލުތަކުގެ ތެރެއިން ކުރާނެކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ފެންނަ މިފަދަ މައްސަލަތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އެޅުން މާ ރަނގަޅުވާނެކަމަށެވެ.

ފުލުހުންގެ ހިދުމަތުގެ ބިލަށް ބަހުސްކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފުލުހުންގެ މުއައްސަސާގެ ކަންކަން ރަނަގޅުނުވާކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގައި، ސީޕީ ވިދާޅުވީ ކަންކަން ނުކުރެވޭ ވާހަކަ ދެއްކުމަކީ ބޭކާރު ކަމެއްކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، މުއައްސަސާގައި މަސައްކަތް ކުރާ 34 އިންސައްތަ އަށް ވުރެ ގިނަ ފަރާތްތަކަކީ މަތީ ސާނަވީ ތައުލީމަށް ވުރެން މަތިން ހާސިލްކޮށްފައިވާ ފަރާތްތައްކަމަށެވެ.

އެ މުއައްސަސާގައި ވަޒީފާ އަދާކުރާ ސްޓާފުންނާއި ފުލުހުން ހިމެނޭ ގޮތަށް 220 ފަރާތެއްގެ އަތުގައި ޕޯސްޓް ގްރެޖުއޭޓް ޑިގްރީ އޮންނަކަމަށާއި ފުލުހުންނަށް "ޕޮލިސިންގް ސްކިލްސް" އިތުރަަށް ދަސްވެގެން ދަނީ ވަޒީފާގެ މާހައުލުން ކަމަށެވެ. ސީޕީ ވިދާޅުވީ، މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައިވެސް ގަބޫލުކުރާނެ ހަގީގަތެއްކަމަށެވެ.

ރާއްޖެގެ ފުލުހުންގެ މުއައްސަސާއަކީ، އަނިޔާވެރިކަމާއި ގާނޫނީ އިމުން ބޭރުން ކަންތައް ކުރާ ބަޔެއްކަމަށް ރައްޔިތުން ބުނެއެވެ. އަދި އެފަދަ ކުށްތައް ކޮށްފައިވާ ފަރާތްތަކާއި މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު ނާޅަނީސް އެ މުއައްސަސާއަށް އިތުބާރު ނުލިބޭނެކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
ބަރަހަނާ ފޮޓޯތަކެއް ލީކުވެ އަންހެން ފުލުހަކު ވަޒީފާއިން ވަކިކޮށްފި
26 ފެބުރުއަރީ 2017

އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި

26 ފެބުރުއަރީ 2017
އިސްކަންދަރު ކޮއްޓަށް އިންޒާރުގެ ލިޔުން ތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި
25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
08 ފެބުރުއަރީ 2017

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ރީކޯ މޫސާމަނިކު ވަކިކޮށްފި

08 ފެބުރުއަރީ 2017
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ރީކޯ މޫސާމަނިކު ވަކިކޮށްފި
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް