Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްކޫލްތައް އަލުން ހުޅުވާލުން

ކޮވިޑް ނެތް ރަށްރަށުގައި ޖުލައި 1 ގައި ސްކޫލްތައް ހުޅުވާލަނީ

15 ޖޫން 2020 | ހޯމަ 17:20

މާލެގައި ސްކޫލްތައް ނުހުޅުވާނެ

އަލީ ސަމާޚް
އަލީ ސަމާޚް | 15 ޖޫން 2020 | ހޯމަ 17:20
އިސްކަންދަރު ސްކޫލްގެ މައި ދޮރާށި

އިސްކަންދަރު ސްކޫލްގެ މައި ދޮރާށި

ކޮވިޑް ނެތް ރަށްރަށުގައި، އަންނަ ޖުލައި މަހުގެ 1 ގައި ސްކޫލްތައް ހުޅުވާލަން ނިންމާފައިވާކަން އިއުލާންކޮށްފިއެވެ.

ހޯމަ ދުވަހުގެރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ޖުލައި މަހުގެ އެއްވަނަ ދުވަހު ސްކޫލުތައް ހުޅުވަން ކަނޑައަޅާފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއެކު މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

Advertisement - newsAdvertisement

ނިއު ނޯމަލް ގައި ސްކޫލްތައް ހުޅުވާލާނީ ފޭސްތަކަކަށް ބަހާލައިގެންނެވެ. ޑރ. އައިޝަތު އަލީ ވިދާޅުވި ގޮތުގައި ސްކޫލުތައް ހުޅުވާލައިރުވެސް އެންމެ ބޮޑަށް އިސްކަމެއްދެނީ ސްކޫލުގެ ދަރިވަރުންގެ ސިއްހީ ރައްކާތެރިކަމަށެވެ. ކޮވިޑު ބަލީގެ ހާލަތުގައި ސްކޫލުތައް ހުޅުވަން ނިންމީ، އެއީ ވަރަށް މުހިއްމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާތީ ކަމަށާއި، ގިނަ ދުވަސްތަކަކަށް ސްކޫލްތައް ބަންދުކޮށްފައި އޮތުމުން ދަރިވަރުން ވަރަށް ގިނަ ކަންތައްތަކުން މަހުރޫމްވެފައިވާތީ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސްކޫލްތައް ބަންދުކުރި ދުވަހުން ފެށިގެން އެ މިނިސްޓްރީން މަސައްކަތްކުރަމުން ދިޔައީ މެދުނުކެނޑި ކުދިންގެ ކިޔެވުން ކުރިޔަށް ގެންދިޔުމުގެ މަސައްކަތް ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ދަނީ ޓެލެކިލާސްތަކާއި ގޫގުލް ކިލާސްތައް މެދުވެރިކޮށް ދަރިވަރުންނަށް ކިޔަވައިދެމުންނެވެ.

ނިއު ނޯމަލްގައި ސްކޫލުތައް ހުޅުވާލާއިރު، އަމަލުކުރާނެ ގޮތުގެ ގައިޑްލައިނެއް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުރިހާ ސްކޫލްތަކަށް ފޮނުވާފައެވެ. އެ ގައިޑްލައިންގެ އިތުރު ތަފްސީލު ދެއްވަމުން ޑރ. އައިޝަތު އަލީ ވަނީ ބަލީގެ އަލާމާތް ހުރި އެއްވެސް ޓީޗަރެއް ނުވަތަ ދަރިވަރަކު ސްކޫލަށް ނުދިޔުމަށް އިލްތިމާސް ކުރައްވާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ސްކޫލްތައް ހުޅުވާލުމުގެ ޕްލޭން ހަދާފައިވަނީ ޔުނިސެފްއާއި ގުޅިގެން ކަމަށެވެ. ޕްލޭން ބެހިގެންވަނީ މައިގަނޑު ފަސް ބަޔަކަށެވެ. އެއީ ސްކޫލުތައް ރައްކާތެރިކަމާއިއެކު ހިންގުމާއި، ކިޔަވައިދިނުމާއި އުނގެނުމާއި، މެދުނުކެނޑި ކުރިޔަށް ދިޔުމާއި، ވަލްނަރަބަލް ކުދިންނާ ހަމަޔަށް ވާސިލްވުމުގެ އިތުރުން ބަލިން ރައްކާތެރިވުމާއި ''ރެޒިލިއަންސް'' ބިލްޑް ކުރުމެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރިހާ ސްކޫލުތަކެއްގައި އަތޮ ދޮވެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ވަސީލަތްތައް ފޯރުކޮށް ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އޭގެ އިތުރުން ސްކޫލުތައް ޑިސްއިންފެކްޓު ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

ސްކޫލަށް ދާއިރު، ދަރިވަރުންނަށް ބޭނުންވާ ސައިކޯ-ސޯޝަލް ސަޕޯޓް ދިނުމުގެ ގޮތުން މިނިސްޓްރީން ދަނީ ސައިކޯ-ސޯޝަލްގެ ބޭސިކް ކްލާސްތަކެއް ޓީޗަރުންނަށް ނަގައިދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ސްކޫލުތަކަށް ދަރިވަރުން ވެއްދުމުގެ ކުރިން ގޭޓްކައިރިން ހުން ޗެކްކުރާނެއެވެ. ފިޒިކަލް ޑިސްޓެންސިންގެ އިސްކަން ދިނުމުގެ ގޮތުން ސްކޫލްތަކުގެ ކްލާސް ރޫމްތަކުގެ ސައިޒް މިހާރު ވަނީ ކުޑަކޮށްފައެވެ. މިނިސްޓަރު ވިދާޅުވީ 30 އާއި 32 ދަރިވަރުން ތިބޭ ކްލާސްތަކުގެ ސައިޒް މިހާރު 16ށް ބަދަލުކުރެވިފައި ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް