Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެރީ އަދި ބަހުގެ ޚިދުމަތް އަލުން ފެށުން

އެމްޓީސީސީގެ ފެރީ އަދި ބަސް ދަތުރުތައް ނިއުނޯމަލްއާ އެއްގޮތަަށް ފަށައިފި

15 ޖޫން 2020 | ހޯމަ 09:04

ދަތުރުކުރާއިރު މާސްކް އަޅަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 15 ޖޫން 2020 | ހޯމަ 09:04
އެމްޓީސީސީގެ ދާންނާ ގިމަތަ: ދަތުރުތައް ފަށާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު

އެމްޓީސީސީގެ ދާންނާ ގިމަތަ: ދަތުރުތައް ފަށާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ން ނިއުނޯމަލްއާ އެއްގޮތަަށް ފެރީ އަދި ބަސް ދަތުރުތައް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ ކޮވިޑް-19އާ ގުޅިގެން މާލެ ސިޓީއަށް ކޮށްފައިވާ ލޮކްޑައުންގެ ދެވަނަ ފޭސްގައި ދިން ލުއިތަކާ ގުޅިގެން މިހާރު ނިއުނޯމަލްއާ އެއްގޮތަަށް ހޯމަ ދުވަހުން ފެށިގެން ފެރީ އަދި ބަސް ދަތުރުތައް ފަށައި، ދަތުރުގެ ޝެޑިއުލްތައް އާންމުކޮށްފައިވާ ކަމަށެވެ. ދަތުރުތައް ފަށާފައިވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރަން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށް އެމްޓީސީސީން ބުނެއެވެ.

Advertisement - newsAdvertisement

ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއްދޭން ޖެހޭކަން ފާހަގަކޮށް އެމްޓީސީސީން ބުނީ ދަތުރުކުރާއިރު އެންމެން ވެސް މާސްކް އަޅަން ޖެހޭ ކަމަށެވެ. އަދި ޓާމިނަލް ތެރޭގައާއި އުޅަނދުގައި ތިބޭއިރު ފަސިންޖަރުން ތިން ފޫޓުގެ ދުރުމިނެއް ބަހައްޓަންޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ.

ޝެޑިއުލް ދަތުރުތަކަށް ބަލާއިރު، ވިލިމާލޭ ފެރީ ދަތުރުތައް އޮންނާނީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 5:45ން ފެށިގެންނެވެ. އެގޮތުން މެންދަމު 1:00އާ ހަމައަށް ކޮންމެ 15 މިނެޓަކުން ފެރީ ދަތުރު އޮންނާނެއެވެ. އެކަމަކު ރޭގަނޑު 22:00ގެ ފަހުން ދަތުރު ކުރެވޭނީ ހުއްދަ ލިބިފައިވާ މީހުންނަށް އެކަނި ކަމަށް އެމްޓީސީސީން ބުނެއެވެ.

ހުޅުމާލޭ ޕްރިމިއަމް ފެރީ ދަތުރުތައް ކޮންމެ ދުވަހެއްގެ ހެނދުނު 6:00ން ރޭގަނޑު 21:30އާ ހަމައަށް އޮންނާނެ ކަމަށެވެ. އަދި ކޮންމެ 30 މިނެޓަކުން ފެރީ އޮންނާނެއެވެ. އަދި ރޭގަނޑު 21:30ގެ ފަހުން ފެރީ އޮންނާނީ ކޮންމެ ގަޑިއިރަކުން އެއް ދަތުރެވެ.

ބަސް ދަތުރުތަކާ ބެހޭ ގޮތުން ވެސް އެމްޓީސީސީން ބުނީ ބަހަށް އަރާ މީހުން ކޮވިޑް-19ން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި އެޗްޕީއޭގެ އިރުޝާދާ ލަފަޔާ އެއްގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށެވެ.

އެގޮތުން ހުޅުމާލޭ އެތެރޭގައި ދަތުރުކުރާ ބަސްތައް ފަތިހު 5:30ގައި ފަށާއިރު، ރޭގަނޑު 21:55އާ ދެމެދު އާންމު އުސޫލުން ބާއްވާނެއެވެ. އަދި ހުޅުމާލެ އާއި ހުޅުލޭ އެއާޕޯޓާ ދެމެދު ދަތުރުކުރާ ބަސްތައް ވެސް ފަތިހު 5:30ން ފެށިގެން ރޭގަނޑު 00:30ށް ބާއްވާނެއެވެ. އަދި ބަސް ދަތުރުތައް ބާއްވަނީ ކޮންމެ 30 މިނެޓަކުންނެވެ.

މާލެ ސިޓީން ކޮވިޑް-19ގެ ކޭހެއް ފެނުމާ ގުޅިގެން އޭޕްރީލް މަހުގެ 15ގައި ކުރި ލޮކްޑައުނަށް ހޯމަ ދުވަހު ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. ހުއްދައާ ނުލާ ފަތިހު 5:00ން ރޭގަނޑު 22:00ށް ހުއްދައާ ނުލާ ބޭރުގައި އުޅެވޭއިރު ތިން މީހުންނަށް ވުރެ ގިނަ މީހުން އެއްވެ ނޫޅުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި ލޮކްޑައުންނަށް ލުއިތައް ދިން ކަމުގައި ވިޔަސް ފަރުވާ ކުޑަ ނުކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 މާރިޗު 2017

މިނިވަން 50: ކޮރަޕްޝަން ހިންގާފައިވާ ކަމަށް އެއްބަސްވެ، ތުހުމަތުގެ އިނގިލި އުމަރަށް!

20 މާރިޗު 2017
މިނިވަން 50: ކޮރަޕްޝަން ހިންގާފައިވާ ކަމަށް އެއްބަސްވެ، ތުހުމަތުގެ އިނގިލި އުމަރަށް!
15 މާރިޗު 2017

ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!

15 މާރިޗު 2017
ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!
26 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

26 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!
23 ފެބުރުއަރީ 2017

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް