Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލްގެ ސްކޮޑުގައި ބޭލް ހިމެނުން

ރެއާލުން ކުޅޭ ފުރަތަމަ މެޗުގައި ބޭލް ފެނުމުގެ ފުރުސަތު ބޮޑު

14 ޖޫން 2020 | އާދީއްތަ 09:17

ޒިދާން އެކުލަވާލި 23 ކުޅުންތެރިންގެ ސްކޮޑުގައި ބޭލް ވަނީ ހިމަނާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ޖޫން 2020 | އާދީއްތަ 09:17
ދާދި ފަހުން ރެއާލުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ގެރެތު ބޭލް

ދާދި ފަހުން ރެއާލުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ގެރެތު ބޭލް

ކޮރޯނާވައިރަސް (ކޮވިޑް-19) ށްފަހު ރެއާލް މެޑްރިޑުން ކުޅޭ ފުރަތަމަ މެޗުގައި ވޭލްސް ފޯވާޑް ގެރެތު ބޭލް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކޮވިޑް-19 ގެ ސަބަބުން ގިނަ ދުވަސްތަކަކަށް ސްޕެނިޝް ލީގު މެދުކެނޑިފައި އޮތުމަށްފަހު، ރެއާލުން ކުޅޭ ފުރަތަމަ މެޗުގައި އާދީއްތަ ދުވަހުގެރޭ ނުކުންނާނީ އެއިބާއާ ދެކޮޅަށެވެ. މި މެޗަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން އެކުލަވާލި 23 ކުޅުންތެރިންގެ ސްކޮޑުގައި ބޭލް ވަނީ ހިމަނާފައެވެ.

ރެއާލުން އެންމެ ފަހުން ސްޕެނިޝް ލީގުގައި މެޗެއް ކުޅެފައިވަނީ މާޗު މަހުގެ އަށްވަނަ ދުވަހެވެ. ރެއާލް ބެޓިސް އާއި ދެކޮޅަށް ކުޅުނު މި މެޗުން ރެއާލް މެޑްރިޑް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މެޗަށްވެސް ޒިދާން އެކުލަވާލި 23 ކުޅުންތެރިންގެ ސްކޮޑުގައި ބޭލް ވަނީ ހިމަނާފައެވެ. އެކަމަކު އެ މެޗުގައި ބޭލްއަށް ކުޅުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެއިބާއާ ދެކޮޅަށް އާދީއްތަ ދުވަހުގެރޭ ރެއާލުން ނުކުންނައިރު، ރެއާލްގެ ފުރަތަމަ އެގާރައިގައި ބޭލް ހިމެނިގެން ކުޅޭނެއެވެ. މި މެޗުގައި ބޭލްގެ އިތުރުން މި ސީޒަނުގައި ރެއާލާ އަލަށް ގުޅުނު ޗެލްސީގެ ކުރީގެ ފޯވާޑް އެޑެން ހަޒާޑްވެސް ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ސީޒަނުގެ ބޮޑު ބައެއް ހަޒާޑަށް ގެއްލިގެންދިޔައީ ފައިގެ ކުޑަހުޅަށް ލިބިގެންދިޔަ އަނިޔާޔާއެކުގައެވެ.

އާދީއްތަ ދުވަހުގެރޭ ރެއާލުން އެއިބާއާ ދެކޮޅަށް ނުކުންނައިރު، ރެއާލް އޮތީ ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާ އަށްވުރެ ފަސް ޕޮއިންޓު މަދުންލިބި ތާވަލުގެ ދެވަނައިގައެވެ. 28 މެޗުން 61 ޕޮއިންޓާއެލު ބާސާ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި ރެއާލް އޮތީ ބާސާއަށްވުރެ އެއް މެޗު މަދުން ކުޅެގެން 56 ޕޮއިންޓާއެކުއެވެ. އެހެންކަމުން އެއިބާ ބަލިކޮށްގެން، ބާސާގެ ފަރަގު އަނެއްކާވެސް ދެ ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ރެއާލަށް އެބައޮތެވެ.

ރެއާލްގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 10:30 ގައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ

14 ފެބުރުއަރީ 2017
ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ
09 ފެބުރުއަރީ 2017

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް