Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގޭގައި ކަރަންޓީންވުމުގެ އުސޫލު

ކަރަންޓީންވާ މީހުންނަށް ގެއިން ނުނުކުމެވޭ ގޮތަށް އުސޫލަށް ބަދަލުގެނެސް އާންމުކޮށްފި

ހުކުރު ދުވަހު އާންމު ކުރި އުސޫލުގައި ވަނީ ގެއިން ބޭރަށް ނުކުމެވޭނެ ކަމަށް، ނަމަވެސް އެ އުސޫލުވަނީ އަލުން ބަދަލުކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ޖޫން 2020 | ހޮނިހިރު 12:25
ރަށްރަށަށް ކަރަންޓީންވުމަށް ދާން އެދުނު ފަރާތްތަކުގެ އެންޓި ބޮޑީ ޓެސްޓް ހެދުމުގެ ތެރެއިން؛ ކަރަންޓީންވާ ގޭގައި ތިބޭ މީހުންނަށް ބޭރަށް ނުނުކުމެވޭނެ

ރަށްރަށަށް ކަރަންޓީންވުމަށް ދާން އެދުނު ފަރާތްތަކުގެ އެންޓި ބޮޑީ ޓެސްޓް ހެދުމުގެ ތެރެއިން؛ ކަރަންޓީންވާ ގޭގައި ތިބޭ މީހުންނަށް ބޭރަށް ނުނުކުމެވޭނެ

މާލެ ސިޓީން ރަށްރަށަށްދާ މީހުން ގެއިން ބޭރަށް ނުނުކުމެވޭ ގޮތަށް "ކޮވިޑް-19 އާއި ގުޅިގެން ފުރަބަންދުގައިވާ ހާލަތުގައި މާލެ ސިޓީން ރަށްރަށަށްދާ މީހުންނާއި ރާއްޖެއިން ބޭރުން އަންނަ މީހުން ގޭގައި ކަރަންޓީނު ވުމުގެ އުސޫލު" ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްލާހުކޮށް އާންމުކޮށްފިއެވެ.

މާލޭގައި ތިބި މީހުން އެ މީހުންގެ އުފަން ރަށަށް ނުވަތަ ދިރިއުޅޭ ރަށަށް ގޮސް ގޭގައި ކަރަންޓީން ވެގެން ތިބޭއިރު ބޭރަށް ނުކުމެގެން ނުވާނެ ކަމަށް އޮތް އޮތުން ބަދަލުކޮށް, ހުކުރު ދުވަހުގެ ރޭ އިސްލާހު އާންމު ކުރުމަށްފަހު އަނެއްކާވެސް ހޮނިހިރު ދުވަހު ވަނީ އުސޫލު އިސްލާހުކޮށް އާންމުކޮށްފައެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން އާންމުކުރި އައު އުސޫލުގައި ބުނެފައިވަނީ ރަށްރަށަށް ކަރަންޓީންވާ ދާން ފަރާތްތަކަށް އެ އޮންނަ މުއްދަތުގެ ތެރޭގައި ގެއިން ބޭރަށް ނުނުކުމެވޭނެ ކަމަށާއި، ބޭރުން އެއްވެސް ބަޔަކަށް އެ ގެއަކަށް ވެސް ނުވަދެވޭނެކަމަށެވެ. ނަމަވެސް ހުކުރު ދުވަހު މި އުސޫލު އަލުން އިސްލާހުކޮށްފައިވާ އިރު އެ އުސޫލުގައި ބުނެފައިވަނީ ކަރަންޓީނު ކުރެވިފައިވާ މީހާ ނޫން އެގޭގައި އުޅޭ އެހެން މީހުންނަށް ކޮންމެހެން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ބޭރަށް ނިކުމެވޭނެއެވެ.

ނަމަވެސް މި ހަބަރު މީޑިއާތަކަށް އެރުމާއެކު އެޗްޕީއޭއިން ވަނީ އުސޫލަށް ބަދަލު ގެނެސް އަލުން އުސޫލު އިސްލާހުކޮށް ގެޒެޓްކޮށްފައެވެ. މިއާއެކު ކަރަންޓީން ކުރާ ގޭގައި ތިބޭ މީހުންނަށް ގެއިން ބޭރަށް ނުނުކުމެވޭނެއެވެ.

ރަށްރަށަށް ދާ މީހުން ގޭގައި ކަރަންޓީނު ކުރުމުގެ ބޭނުމަކީ މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ބަލި ހުރި މީހުން ފެނިފައިވާތީ، މާލެއިން ރަށްރަށަށް ދާ ފަރާތްތައް ރަށުގައި ދިރިއުޅޭ އެހެން ފަރުދުންނާއި ދުރުހެލިކުރުވައި ވަކިމުއްދަތަކަށް އެކަހެރިކޮށް ބޭތިއްބުމެވެ.

އެޗްޕީއޭއިން ބުނީ ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ވެސް ކޮވިޑް-19 ފެތުރެމުންދާތީ ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީނުވުމުގައި ވެސް ޢަމަލުކުރާނީ މިއުސޫލަށް ކަމަށެވެ. އަދި މި އުސޫލުގެ ދަށުން ކުރަންޓީނު ކުރެވޭ މީހުން ކަރަންޓީނު ކުރުމަށް އެއްބަސްވެ ލީގަލް ލިއުމެއްގައި ސޮއި ކުރެވޭނެ ކަމަށެވެ.

މި އުސޫލުގެ ދަށުން ގޭގައި ކަރަންޓީނު ވުމަށް އެދޭ ފަރާތްތަކުން ރަށްރަށަށް ދިއުމަށް ރަށު ކައުންސިލްގައި ރަޖިސްޓްރީ ވާންވާނެއެވެ. އަދި ކަރަންޓީނު ވާން ބޭނުންވާ ގެއަކީ ތަނަކީ މި އުސޫލަށް ފެތޭ ތަނެއްތޯ ބަލާނީ ޕަބްލިކް ހެލްތު ޔުނިޓާއި ގުޅިގެން ކައުންސިލުންނެވެ.

މާލެއިން ރަށްރަށަށް ދާ މީހުން ކަރަންޓީނުވުމަށް އެދި ފޯމު ފުރުމަށް ފަހު ހުށައަޅާނީ އެރަށެއްގެ ކައުންސިލަށެވެ. އަދި ރާއްޖެއިން ބޭރުން އަންނަ މީހުން ރަށުގައި ކަރަންޓީނުވުމަށް އެދި ފޯމު ފުރުމަށްފަހު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އީމެއިލް އެޑްރެހަށް ފޮނުވަން ޖެހެއެވެ. އަދި މި އީމެއިލް ހެލްތް މިނިސްޓްރީއަށް ކޮޕީ ކުރަންޖެހެއެވެ.

ރާއްޖެއިން ބޭރުން އަންނަ މީހުން މާލޭގައި ކަރަންޓީނު ވުމަށް އެދި އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު އީމެއިލް ކުރަންޖެހެއެވެ. އަދި ގޭގައި ކުރަންޓީނު ކުރާ ހުރިހާ ފަރާތްތަކުންވެސް "ހާލުބެލުން" ޕޯރޓަލްގައި ރަޖިސްޓްރީ ވުމަށްފަހު، ޕޯޓަލް މެދުވެރިކޮށް ޗެކްލިސްޓް ފުރަންޖެހެއެވެ.

ރަށްރަށުގައި ކަރަންޓީނު ކުރާ މީހާ ހުންނަންވާނީ ގޭގައި ދިރިއުޅޭ އެހެން މީހުންން ވަކިން ވަކި ކޮޓަރިއެއްގައެވެ. އެއް ކޮޓަރިއެއް ގައި އެކަކަށްވުރެ ގިނަ މީހުން ކަރަންޓީނު ކުރާނަމަ ނިދުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނީ ދެމީހުންގެ ދެމެދުގައި މަދުވެގެން 3 ފޫޓު ދުރުމިން ހުންނަވަރަށެވެ. ކޮޓަރީގައި ނުވަތަ ނިދާ ތަނުގައި ވައިދައުރުވާނެ ގޮތަށް ކުޑަދޮރު ނުވަތަ ފެންލައިޓު، އެގްޒޯސްޓް ހުރުން އެދެވިގެން ވެއެވެ. އަދި ކޮޓަރީގައި ފަންކާ ހުންނަން ވާނެއެވެ. ކޮޓަރީގައި އެއަރކޯން ހަރުކޮށްފައި ހުރިނަމަވެސް ވައިދައުރުވާ ގޮތަށް ކޮންމެ ދުވަހަކުވެސް ކުޑަދޮރުތައް ހުޅުވާންވާނެއެވެ.

ކަރަންޓީނު ކުރާ މީހާ ބޭނުންކުރަން ވަކި ފާޚާނާއެއް ހުރުމާއި، އެކަކަށްވުރެ ގިނަ މީހުން ފާޚާނާ ބޭނުންކުރާނަމަ ފާޚާނާގެ އިސްކުރާއި، ދޮރުގެ ތަޅު، ފާޚާނާ ތަށިގަނޑު، މޫނު ދޮންނަ ތަށި، ފަދަ ތަންތަން ޑިޓާޖަންޓް ބޭނުންކޮށްގެން މަދުވެގެން ދުވާލަކު 2 ފަހަރު ސާފުކުރަންވާނެއެވެ. އަދި ފާޚާނާގައި ސާފު ފެން ލިބެން ހުންނަން ވާނެއެވެ. އަދި ރައްކާތެރިގޮތުގައި އަތް ދޮވެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަންވާނެއެވެ. ކަރަންޓީނު ކޮށްފައިވާ މީހާ ބޭނުންކުރުމަށް ތަށި، ސަމުސާ، ތުވާލި އަދި ބެޑުޝީޓު، ބާލީސް ފަދަ ތަކެތި ވަކިކޮށްފައި ހުންނަން ޖެހެއެވެ.

މާލޭގައި ފުރަބަންދުވެފައިވާ އަދި ރާއްޖެއިން ބޭރުން އަންނަ މީހުން ގޭގައި ކަރަންޓީނު ކުރުމަށް މިވަގުތު ހަމަޖެހިފައި ވަނީ 24 ދުވަހަށެވެ. މިމުއްދަތަށް ބަދަލު އަންނަ ނަމަ އެކަން ކުރިން އެންގޭނެއެވެ.

ކޮވިޑް-19އާއި ގުޅިގެން ގޭގައި ކުރަންޓީނު ކުރާ މީހާ، ކަރަންޓީނު ކުރާ މުއްދަތުގައި ގެއިން ބޭރަށް ނިކުމެގެން ނުވާނެއެވެ. ގޭގައި ދިރިއުޅޭ އެހެން މީހުން ކޮންމެހެން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް (މާސްކު އެޅުން، އެހެން މީހުންނާ މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުން ފަދަ) އެޅުމާއި އެހެން ގޭގެއަށް ޒިޔާރަތް ނުކުރުމާއި އެހެންމީހުންނާ އެއްވެ އުޅެގެން ނުވާނެއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހެއްގެ ޑައިރެކްޓް ކޮންޓެކްޓުން ކަރަންޓީނު ކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ޢަމަލު ކުރަންވާނެއެވެ. ދޮށީ އުމުރުގެ މީހުންނާއި ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ނުވަތަ ދާއިމީ ބައްޔަކަށް ބޭސްފަރުވާކުރާ މީހެއް ގޭގައި ކަރަންޓީނު ކުރެވޭނީ، އޭނާގެ އެހީތެރިއަކު ހުރިނަމައެވެ. އަދި އެހީތެރިޔާ އަކީ ދާއިމީ ބައްޔަކަށް ބޭސްފަރުވާކުރާ މީހަކަށް ވެގެން ނުވާނެއެވެ. އަދި އެފަދަ އެހީތެރިއަކު ނެތްނަމަ އެމީހާ ކަރަންޓީނު ކުރަން ވާނީ ކައުންސިލުން އެކަމަށް ކަނޑައަޅާފައިވާ ފެސިލިޓީއެއްގައެވެ. މާލެ ސިޓީގައިނަމަ އެންއީއޯސީން ކަނޑައަޅާ ފެސިލިޓީއެއްގައެވެ.

ކަރަންޓީނު ކުރާ މީހާއާއެކު އެހެން މީހުން ދިރިއުޅޭނަމަ ޞިއްޙީ ހާލަތު އެރަށުގެ އިމަރޖެންސީ އޮޕަރޭޓިންގ ސެންޓަރާއި ހިއްސާކުރުމަށް އަދި ކާބޯތަކެތި، ފެން، ބޭސް ފަދަ އެހެނިހެން ތަކެތި ގެއަށް ފޯރުކޮށްދިނުމަށްޓަކާ ކޮންމެވެސް އެއް މެންބަރަކު (ފޯކަލް ޕޮއިންޓް) ކަނޑައަޅަން ވާނެއެވެ. ރަށުގެ އިމަރޖެންސީ އޮޕަރޭޓިންގ ސެންޓަރާއި ޙިއްސާކުރެވޭ މަޢުލޫމާތު އެފަރާތުން އެޗްޕީއޭއާ ހިއްސާ ކުރަން ވާންވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު