Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ދައުލަތުގެ އާމްދަނީ

މެއި މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 206 މިލިއަން ރުފިޔާ

މިދިޔަ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު މިއަހަރުގެ މެއި މަހު ލިބުނު އާމްދަނީ ވަނީ 81 އިންސައްތަ ދަށްވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 ޖޫން 2020 | ބުރާސްފަތި 14:40
މީރާ ހިންގަމުން އަންނަ އިމާރާތް؛ މެއި މަހުގެ އާމްދަނީ ވަނީ މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާ އިރު ދަށްވެފައި

މީރާ ހިންގަމުން އަންނަ އިމާރާތް؛ މެއި މަހުގެ އާމްދަނީ ވަނީ މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާ އިރު ދަށްވެފައި

ނިމިގެންދިޔަ މެއި މަހު އާމްދަނީގެ ގޮތުގައި ލިބުނީ 206.28 މިލިއަން ރުފިޔާ ކަމަށް މީރާއިން ހާމަކޮށްފިއެވެ.

މީރާއިން ހާމަކޮށްފައިވާ މެއި މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 206.28 މިލިއަން ރުފިޔަގެ ތެރެއިން 7.03 މިލިއަން ރުފިޔާއަކީ ޑޮލުގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. މިދިޔަ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު މިއަހަރުގެ މެއި މަހު ލިބުނު އާމްދަނީ ވަނީ 81 އިންސައްތަ ދަށްވެފައެވެ.

Advertisement - businessAdvertisement

މިރާއިން ބުނީ އާމްދަނީ ދަށްވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުން ކޮށްފައިވާތީއާއި ފަތުރުވެރިން އައުން ހުއްޓުމާއި ގުޅިގެން ކަމަށެވެ. މީގެ އިތުރުން ޓެކްސް ދައްކަން ޖެހޭ މުއްދަތު މިރާ ހުޅުވަންދެން އިތުރު ކުރުމުން ވެސް މެއި މަހުގެ ލިބުނު އާމްދަނީ ދަށްވެފައިވާ ކަމަށް މިރާއިން ބުނެއެވެ.

މެއި މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މެއި މަހުގެ ޖުމްލަ އާމްދަނީގެ 9.7 ޕަސެންޓަކީ އިންކަމް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އިންކަމް ޓެކްސްގެ ގޮތުގައި މެއި މަހު 19.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އާމްދަނީ އިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓެކްސް ނަގަން ފެށިފަހުން ލިބުނު އާމްދަނީއެވެ.

މެއި މަހު ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ)ގެ ގޮތުގައި 1.4 މިލިއއަން ރުފިޔާ ލިބިފައިވެ އެވެ. ނަން ރެޒިޑެންޓް ވިލްހޯލްޑިން ޓެކުހުގެ ގޮތުގައި 16.4 މިލިއަން ރުފިޔާ ލިބުނު އިރު ފަރުދުންގެ އާމްދަނީ އިން ނަގާ ޓެކުހުން، އެމްޕްލޯއީ ވިތް ހޯލްޑިން ޓެކުހުގެ ގޮތުގައި 2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި މެއި މަހު ލިބިފައިވަނީ 7.9 މިލިއަން ރުފިޔާއެވެ. ޖީއެސްޓީގެ ގޮތުގައި 113 މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ޖީއެސްޓީގެ އާންމު ބައިން ލިބިފައިވަނީ 60 މިލިއަން ރުފިޔާއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވަނީ 52 މިލިއަން ރުފިޔާއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު