Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒީނާއާއި އާމިރާ މަގާމުން ވަކިކުރާ މައްސަލަ

ޖަވާބުދާރީވުމަށް އާމިރާއާއި ޒީނާއަށް ފަސް ދުވަސް

ސަބްކޮމެޓީއަށް ޒީނާ ޖަވާބުދާރީވުމުން، މައި ކޮމިޓީއަށް އެ މައްސަލަ ފޮނުވާނެ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 11 ޖޫން 2020 | ބުރާސްފަތި 04:09
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ޒީނާ ޒާހިރު އަދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ފާތުމަތު އާމިރާ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ޒީނާ ޒާހިރު އަދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ފާތުމަތު އާމިރާ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ޒީނާ ޒާހިރާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ފާތުމަތު އާމިރާއަށް ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުހުލަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

ޒީނާގެ މައްސަލައަކީ ކޮމިޓީން ކުރިންވެސް ބަލަމުންދިޔަ މައްސަލައެކެވެ. ނަމަވެސް ޒީނާ ބަލިވެ އިނުމުން، ޒީނާ ހާޒިރު ކުރުމަށް ނިންމުނު ބައްދަލުވުން ބާއްވާފައެއް ނުވެއެވެ. ޒީނާގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ 04 ޖުލައި 2019 ވަނަ ދުވަހު ކޮމިޓީއަށް ހާޒިރުވުމަށް އޭނާ އަށް އެންގި ކަމަށެވެ. އެހެންނަމަވެސް އޭރު ހުންނެވީ ވިހެއުމުގެ ޗުއްޓީގައި ކަމަށާއި ވިހެއުމުގެ ޗުއްޓީ ނިމުމުން، 15 އޯގަސްޓް 2019 ގެ ފަހުން ބައްދަލުވުން ހަމަޖައްސައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް 01 ޖުލައި 2019 ވަނަ ދުވަހު ސިޓީއެއް ފޮނުވި ކަމަށެވެ.

Advertisement - newsAdvertisement

ސަބްކޮމެޓީއަށް ޒީނާ ޖަވާބުދާރީވުމުން، މައި ކޮމިޓީއަށް އެ މައްސަލަ ފޮނުވާނެއެވެ. އެއަށްފަހު ކޮމިޓީއިން ގޮތެއް ނިންމައި، މަޖިލީހުގެ ތަޅުމަށް ފޮނުވާނެއެވެ.

ކުރިން އެކޮމިޝަނާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ހުށަހެޅި، މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން އެމައްސަލަތައް ބަލަމުންދަނިކޮށް، ތިން މެމްބަރަކު އިސްތިއުފާ ދެއްވިއެވެ. އެއް މެމްބަރަކު ކޮމެޓީގެ ރިޕޯޓާއެކު މަޖިލީހުގައި ވޯޓު ނަގައިގެން ވަނީ ކޮށްފައެވެ. އަދި އެކޮމިޝަނުގެ ކުރީގެ ނާއިބު ރައީސް އަބްދުﷲ ސޮފްވާނާއި ކޮމިޝަންގެ މެމްބަރު ހަސަން ނަބާހު އިސްތިއުފާ ދެއްވީ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން އެކޮމިޝަނުގެ މެމްބަރުންގެ މައްސަލަތައް ބަލަމުން ދަނިކޮށެވެ. ކޮމިޝަނުގެ ކުރީގެ ރައީސް މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވީ، އޭނާ އެމަގާމުން ވަކިކުރަން ކޮމެޓީން ނިންމުމާއި ގުޅިގެން މަޖިލީހުގެ ތަޅުމުގައި އެކަމަށް ވޯޓަށް އެހުމުގެ ކުރިން ނެވެ. މަޖިލީހުގައި ވޯޓަށް އަހައިގެން ކޮމިޝަންގެ މެމްބަރުކަމުން ވަކިކޮށްފައި ވަނީ ސޮފްވާން އިސްތިއުފާ ދެއްވުމުން، އެކޮމިޝަނުގެ ނާއިބު ރައީސްގެ މަގާމަށް ވަޑައިގެންނެވި ފާތިމަތު ޒައިނާ އެވެ.

ސީއެސްސީގެ މެމްބަރުކަމުން އާމިރާ ވަކި ކުރުމުގެ މަސައްކަތް ފަށަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވައި، ތަޅުމުގައި އެކަން ވަނީ އިއުލާނުކޮށް،ކޮމެޓީއަށް ފޮނުވާފައެވެ. ބުދަ ބައްދަލުވުމުގައި ކޮމެޓީން ނިންމާފައިވަނީ އާމިރާއަށް ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ފަސް ދުވަހުގެ މުހުލަތެއް، ޖަވާބުދާރީވުމަށް ދިނުމަށެވެ.

މީގެކުރިން މަޤާމުގެ ޒިންމާ އަދާ ނުކުރެވޭކަމަށް ޤަބޫލު ކުރެވޭތީ ސިވިލް ސަރވިސް ކޮމިޝަނުގެ 4 މެންބަރަކު ވަކި ކުރުމަށް، އެ ކޮމެޓީން މާރޗު މަހުގެ 1 ވަނަ ދުވަހު ފާސްކުރި އެވެ. ކޮމިޓީން މަޤާމުން ވަކިކުރުމަށް ނިންމާފައި ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި، މެންބަރު އިބްރާހިމް ޝަހީގުގެ އިތުރުން ޒަކަރިއްޔާ ޙުސައިނެވެ. އެހެންނަމަވެސް، ކޮމިޝަނުގެ 4 މެންބަރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު ވަނީ ކޮމިޓީއަށް އަނބުރާ ފޮނުވާލާފަ އެވެ. މިމަހުގެ 2 ވަނަ ދުވަހު ކޮމެޓީން ނިންމާފައިވަނީ އެ ކޮމިޝަނުގެ 5 މެންބަރުން އެކީ ވަކި ކުރުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު