Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ޓީމުތަކަށް ކުރާ ޚަރަދު

ކޮރޯނާވައިރަހާ ގުޅިގެން އެންމެ ބޮޑު އަސަރެއް ކުރާނީ ކުޅިވަރުގެ ދާއިރާއަށް: މަހުލޫފް

މި އަހަރަށް ކުރިއަށް ގެންދަން ނިންމާފައިވާ ކުޅިވަރުގެ ބޮޑެތި މަޝްރޫއުތައް ލަސްވެގެންދާނެ

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 9 ޖޫން 2020 | އަންގާރަ 16:22
ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަހުލޫފް: ކުޅިވަރަށް ކުރާ ހޭދަ ކުޑަވާނެ ކަމަށް ވަނީ ވިދާޅުވެފައި

ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަހުލޫފް: ކުޅިވަރަށް ކުރާ ހޭދަ ކުޑަވާނެ ކަމަށް ވަނީ ވިދާޅުވެފައި

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މުޅި ދުނިޔެ އާއި ރާއްޖެއަށް ވެސް ބޮޑު އަސަރެއް ކޮށްފައިވާއިރު، ވަކިވަކި ކަންކަމުގެ ތެރެއިން އެންމެ ބޮޑު އަސަރެއް ކުރާނީ ކުޅިވަރުގެ ދާއިރާއަށް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން މާލޭގައި ވަނީ މާޗު މަހުން ފެށިގެން ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރެވިފައެވެ.

ވަޒީރު ވިދާޅުވީ މި ހާލަތާއެކު މި އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ކުޅިވަރުގެ ބޮޑެތި މަޝްރޫއުތައް ލަސްވެގެންދާނެ ކަމަށާއި، މި ހާލަތާއެކު ކުޅިވަރަށް ބޮޑު ހޭދައެއް ކުރަން އާންމުން ވެސް ބޭނުން ނުވާނެ ކަމަށެވެ.

މި ސަރުކާރުން ކުޅިވަރު އެސޯސިއޭޝަންތަކަށް ބޮޑު ހޭދައެއް މިދިޔަ އަހަރު ކޮށްފައިވާއިރު، އެސޯސިއޭޝަންތަކުގެ ބަޖެޓުވެސް ވަނީ ވަރަށް ބޮޑުތަން އިތުރު ކޮށްދީފައެވެ. މިއަހަރު އެސޯސިއޭޝަންތަކަށް ދޭނެ ފައިސާގެ އަދަދުތައް އެއްބަސްވެވިފައި ވާއިރު، އެ އަދަދުތައް ދެން ނުދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މި އަހަރު އެސޯސިއޭޝަންތަކަށް ދެވޭނީ ހިންގުމަށް ދެވޭ ފައިސާއެއް ކަމަށާއި، މި ގޮތަށް މި އަހަރު މަސައްކަތްކޮށް ނިންމާލެވުމުން، އަންނަ އަހަރު އެކަށީގެންވާ ބަޖެޓަކާއެކު ބާރަށް ކުރިޔަށް ދެވޭނެ ކަމަށެވެ.

ކުޅިވަރު އެސޯސިއޭޝަންތަކަށް ދޭ ބަޖެޓު އިތުރުކުރުމުގެ އިތުރުން، ކޮންމެ ކުޅިވަރަކަށް އެންމެ މަތީ ފެންވަރުގެ ކޯޗުން ގެނައުމަށް ނިންމި ކަމަށާއި، އެހެން ނަމަވެސް ދެން ކުރެވޭނެ ކަމަކީ އެތުލީޓުން އައޖު ހިތްވަރެއް ލައިގެން އެސޯސިއޭޝަންތަކުގެ ކޯޗުންނާއެކު މަސައްކަތް ކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު