Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލަލާނާ އެއްބަސްވުން އާކުރުން

ސީޒަން ނިމެންދެން ލިވަޕޫލްގައި މަޑުކުރަން ލަލާނާ އެއްބަސްވެއްޖެ

ޖުލައި މަހުގެ ނިޔަލަށް ލަލާނާ ލިވަޕޫލްގައި މަޑުކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 9 ޖޫން 2020 | އަންގާރަ 16:23
ލިވަޕޫލްގެ މިޑްފީލްޑަރު އެޑަމް ލަލާނާ: ސީޒަން ނިމެންދެން ލިވަޕޫލްގައި މަޑުކުރާނެ

ލިވަޕޫލްގެ މިޑްފީލްޑަރު އެޑަމް ލަލާނާ: ސީޒަން ނިމެންދެން ލިވަޕޫލްގައި މަޑުކުރާނެ

މި ސީޒަން ނިމެންދެން ލިވަޕޫލްގައި މަޑުކުރަން ނިންމާ، އިންގްލެންޑުގެ މިޑްފީލްޑަރު އެޑަމް ލަލާނާ އެއްބަސްވުން އާކޮށްފި އެވެ.

މިމަހުގެ ތެރޭގައި ލިވަޕޫލް އާއެކު ލަލާނާ ކުރިން ހަދާފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވަން އޮތް ނަމަވެސް، އަންގާރަ ދުވަހުގެ ވަގުތެއްގައި ލަލާނާ ވަނީ ލިވަޕޫލްގެ އެއްބަސްވުން ކުރު މުއްދަތަކަށް އާކޮށްފައެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މާޗު މަހު އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލިއިރު، އެކަމާ ގުޅިގެން ސީޒަން ދިގުލައިގެން ދާނެތީ ކްލަބުތަކުން އަންނަނީ ކުޅުންތެރިންގެ އެއްބަސްވުންތައް އާކުރުމަށް މަސައްކަތް ކުރަމުންނެވެ.

އުމުރުން 32 އަހަރުގެ ލަލާނާ ލިވަޕޫލްގެ އެއްބަސްވުން ކުރު މުއްދަތަކަށް އާކުރިއިރު، ޖުލައި މަހުގެ ނިޔަލަށް އޭނާ ކްލަބުގައި މަޑުކުރާނެ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އެހެން ކްލަބުތަކުން ލަލާނާއަށް ފާރަލަމުން އައި ދުވަސްވަރެއްގައި، ސީޒަން ނިމެންދެން ކްލަބުގައި މަޑުކުރަން އޭނާ ނިންމި ނިންމުމާ މެދު އުފާކުރާ ކަމަށެވެ. އަދި މި ސީޒަނަކީ ލިވަޕޫލަށް ހާއްސަ ސީޒަނެއް ކަމަށާއި، ލިވަޕޫލާއެކު ލަލާނާ ސީޒަން އެއްކޮށް ނިންމާލަށް އޭނާ ވެސް ބޭނުންވާ ކަމަށް ބުންޏެވެ.

30 އަހަރަށްފަހު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމާ ގާތަށް ލިވަޕޫލް ގޮސްފައިވާއިރު، ލީގު ހޯދަން ލިވަޕޫލަށް ދެން ބޭނުންވަނީ އެންމެ ހަ ޕޮއިންޓެވެ.

ލިވަޕޫލްގެ އެއްބަސްވުން ކުރު މުއްދަތަކަށް ލަލާނާ އާކުރިއިރު، ރިޕޯޓުތައް ބުނާ ގޮތުން ލެސްޓާ ސިޓީން އަންނަނީ ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

2014 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ލަލާނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅެދިން 178 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ލިވަޕޫލާއެކު ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕްގެ އިތުރުން ފީފާ ކްލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

11 މެއި 2017

ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން

11 މެއި 2017
ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން
02 މެއި 2017

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ
29 އެޕްރީލު 2017

ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ އެކު ބްރާވޯ އަށް ސީޒަން ނިމިއްޖެ

29 އެޕްރީލު 2017
ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ އެކު ބްރާވޯ އަށް ސީޒަން ނިމިއްޖެ
22 އެޕްރީލު 2017

ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ

22 އެޕްރީލު 2017
ކަކުލު ހުޅަށް ލިބުނު އަނިޔާއާ އެކު އިބްރާހިމޮވިޗް ސީޒަން ނިންމާލަން ޖެހިއްޖެ
20 އެޕްރީލު 2017

ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި

20 އެޕްރީލު 2017
ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު