Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލަންކާގައި ތިބި ދިވެހިން ރާއްޖެ ގެނައުން

މާލެ އަންނަން ފުރުސަތު ލިބި، ޓިކެޓް ނުނަގާތީ، ފުރުސަތު ނުލިބޭ ފަރާތްތަކުގެ ހިތްހަމަނުޖެހުން

9 ޖޫން 2020 | އަންގާރަ 10:10

ފްލައިޓުން ޖާގަ ލިބުމުން، ޓިކެޓް ނުނަގާ ތިބޭތީވެ، މާލެ އަންނަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ގެއްލޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 9 ޖޫން 2020 | އަންގާރަ 10:10
ލަންކާގައި ތިބި ދިވެހިންތަކެއް އެނބިރި ޤައުމަށް އައުމަށް ފްލައިޓްގައި

ލަންކާގައި ތިބި ދިވެހިންތަކެއް އެނބިރި ޤައުމަށް އައުމަށް ފްލައިޓްގައި

ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން އަންގާރަ ދުވަހު މާލެ އަންނަން ފުރުސަތު ލިބުނު މީހުންގެ ތެރެއިން ބައެއް ފަރާތްތަކުން އަދިވެސް ޓިކެޓް ނަގާފައި ނުވާތީ، ފުރުސަތު ނުލިބޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރާއްޖެ.އެމްވީއާ ވާހަކަ ދެއްކި ސްރީލަންކާގައި ހުރި ދިވެއްސަކު ބުނީ އޭނާ ލަންކާގައި ދިރިއުޅެމުންދަނީ ކުޑަ ކުއްޖަކު ގޮވައިގެން އެކަނި ކަމަށާއި، މާލޭގައި ހުރި ފިރިމީހާއަށް މިހާރު ވަޒީފާއަށް ނުދެވޭތީ ފައިސާ ލިބޭނެ މަގެއް ނެތްކަމަށެވެ. އެހެންކަމުން އަންގާރަ ދުވަހު އަންނަ ފްލައިޓްގައި ރާއްޖެ އާދެވޭތޯ މަސައްކަތްކުރިކަމަށާއި، ފްލައިޓުން ޖާގަ ނުލިބުނުކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، ލަންކާގައި ކިޔެވުން ނިމި، އަނބުރާ ރާއްޖެ ނާދެވި ހުރި މީހަކު ބުނީ ފްލައިޓެއް ނުބާއްވައިގެން އެންމެ އަޑުގަދަކުރި ބައެއް މީހުންނަށް ފްލައިޓުން ޖާގަ ލިބުމުން ވެސް ޓިކެޓް ނުނަގާ ތިބުމަކީ އެފަދަ ފްލައިޓްތަކުން ޖާގަ ހޯދުމަށް ބޭނުންވެގެން ތިބި އެހެން މީހުންނަށް ދެވޭ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި އަންގާރަ ދުވަހު ހެނދުނު އަންނަ ސްރީލަންކަން އެއަރލައިންސްގެ ފްލައިޓުން 290 ދިވެހިން ގެނައުމަށް ފޮރިން މިނިސްޓްރީން ދަނީ މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް ފަތިހު ޗެކިން ފަށާ މި ފްލައިޓަށް ހޯމަ ދުވަހުގެ މެންދުރު ވީއިރު ވެސް ޓިކެޓް ނަގާފައިވަނީ 240 މީހުންނެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއަށް އަންނަން ކޮންމެހެން ބޭނުންވާ ފަރާތްތަކަށް މި ފްލައިޓްގެ އިތުރުން ކުރިއަށް އޮތްތަނުގައި ބާއްވާ ފްލައިޓްތަކުން ޖާގަ ހޯދުމަށް ފުރުސަތު ލިބޭނެކަމަށެވެ. އަދި މި ފްލައިޓުން ޓިކެޓް ލިބޭނެކަމަށް އެންގި ބައެއް މީހުން ޓިކެޓް އަދިވެސް ނަގާފައި ނުވާކަން އެމިނިސްޓްރީއިން ޔަގީންކޮށްދިނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް