Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ ޤާނޫނަށް ހުށަހެޅި އިސްލާހު

އެއްވެސް މީހަކު ފުލުހުންނަށް ދެރައެއް ދޭކަށް ނޭދޭ: ރައީސް ނަޝީދު

9 ޖޫން 2020 | އަންގާރަ 09:11

ބިލާގުޅޭ ގޮތުން މެމްބަރުން ބަހުސްކުރައްވާއިރު ފުލުހުންގެ މުއައްސަސާ އިންތިޒާމުވެފައި އޮންނަންވީ ގޮތް ވިސްނުން މުހިންމު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ޖޫން 2020 | އަންގާރަ 09:11
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

އެއްވެސް މީހަކު ފުލުހުންނަށް ދެރައެއް ދިނުމަކަށް ނޭދޭކަމަށާއި ފުލުހުންނާއި ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ފާހަގަކުރަމުންދާ ކަންތައްތަކަކީ މުޖުތަމަޢުގެ ތެރޭގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން ދައްކަވަމުންދާ ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި ވަނީ ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ފުލުހުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވާފަ އެވެ. މިބިލްގެ ބަހުސްގައި ގިނަ މެމްބަރުން ވަނީ ފުލުހުންގެ ފުށުން ފެންނަމުންދާ ނުރަނގަޅު ކަންކަން އަދި އެމުއައްސަސާގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކުރައްވާ ވާހަކަ ދައްކަވާފަ އެވެ. ބިލަށް ބަހުސްކުުރުމުގެ ފުރުސަތު ހުޅުވާލައްވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ބިލާގުޅޭ ގޮތުން މެމްބަރުން ބަހުސްކުރައްވާއިރު ފުލުހުންގެ މުއައްސަސާ އިންތިޒާމުވެފައި އޮންނަންވީ ގޮތް ވިސްނެވުން މުހިންމު ކަމަށެވެ. އެގޮތުން ލާމަރުކަޒު ވެފައި އޮންނަންވީ ގޮތާއި ފުލުހުންގެ ވެރިން ކަނޑައެޅެންވީގޮތް އަދި ޕްރޮމޯޝަން ލިބެންވީ ގޮތާ މެދު މެމްބަރުން ވިސްނުން ގެންގުޅުއްވަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

މިހާރު ފުލުހުންގެ ބޯޑުތަކާއި ނުވަތަ މުއައްސަސާގެ އެތެރޭގެ ކަންކަން އިންތިޒާމު ކޮށްފައި ހުރި ގޮތް ދެނެގަނެ އެއިންތިޒާމުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މިހާރުވެސް މަޖިލީހުގެ ކޮމިޓީތަކުން ފުލުހުންގެ ބައެއް ތަހުޤީޤުތައް ބަލަމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އޭގެތެރޭގައި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ހިމެނޭއިރު އެކަމުގައި ޝާމިލްވާ ފުލުހުން ސަސްޕެންޑް ކުރެވެން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ފުލުހުންނާއި އެކިކަހަލަ ކުށްތަކަށް އަރައިގަންނަ މީހުންނާ ދެމެދު އޮންނަ ގުޅުންތައް ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ފަރާތުން ނުހައްގުން އަނިޔާ ލިބިފައިވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ނޫންކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ގޮތްގޮތަށް މިކަން ކުރިޔަށްދާ ކަމަށާއި އެކަންކަން ރަނގަޅަށް ތަހުގީގު ނުކުރެވުމަކީ ގެއްލުމެއްގެ ގޮތުގައި އެބަ ފާހަގަކުރެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިހާރު ހުށަހެޅިފައިވާ އިސްލާހުތަކާއެކު ފުލުހުންގެ ތެރޭގައިވާ ގިނަ މައްސަލަތަކަކަށް ހައްލު ލިބިގެންދާ ކަަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް