Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައުސިން މިނިސްޓަރު އާތިފާގެ މައްސަލަ

މިނިސްޓަރު އާތިފާ ގާބިލް ނޫން ކަމަށް ބުނެ މަގާމުން ވަކި ކޮށްދިނުމަށް އެދި ރައީސް ނަޝީދަށް ސިޓީއެއް ފޮނުވައިފި

9 ޖޫން 2020 | އަންގާރަ 03:15

ރައްޔިތުން ވޯޓު ދިން އެންމެ ބޮޑު އެއް ސަބަބަކީ އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ވައުދު

އަމްނާ އިމާދު
އަމްނާ އިމާދު | 9 ޖޫން 2020 | އަންގާރަ 03:15
ހައުސިންގް މިނިސްޓަރ އައިމިނަތު އާތިފާ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގައި

ހައުސިންގް މިނިސްޓަރ އައިމިނަތު އާތިފާ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގައި

ހައުސިންގ މިނިސްޓަރު އާތިފާ ޝަކޫރު މަގާމަށް ގާބިލް ނޫން ކަމަށާއި، މިނިސްޓަރު ކަމުގެ މަގާމުން ވަކިކޮށް ދިނުމަށް އެދި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވައިފިއެވެ.

މިނިސްޓަރު އާތިފާ މަގާމުން ވަކިކޮށް ދިނުމަށް އެދި ރައީސް ނަޝީދަށް ސިޓީ ހުށަހެޅުއްވީ، މައްޗަންގޮޅި މެދު ދާއިރާގެ، އެމްޑީޕީގެ ރައީސްކަން ކުރައްވާ އިބްރާހިމް ރަމީޒެވެ.

Advertisement - newsAdvertisement

މިސިޓީގައި ރަމީޒް ވިދާޅުވެފައި ވަނީ 2018 ވަނަ އަހަރު ދިވެހި ރާއްޖޭގައި ބޭއްވުނު ރީޔާސީ އިންތިހާބުގައި އެމްޑީޕީއަށް ތާއީދުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްޔިތުން ވޯޓު ދިން އެންމެ ބޮޑު އެއް ސަބަބަކީ އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ވައުދު ކަމަށެވެ.

ރަމީޒް ގެ ސިޓީގައި ވިދާޅުވީ މިނިސްޓަރު އާތިފާ މަގާމުގައި ހުންނަވާ ވައުދު ފުއްދުމާ ގާތަށް ވެސް މަސައްކަތް ކުރެވިފައިނުވާ ކަމަށާއި، މާލޭ ރައްޔިތުންނަށް ގޯތި ދޭނެ ކަމަށް ވީ ވައުދު ވެސް ފުއްދުމާ ގާތަކަށް ވެސް ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ކުރެވިފައިނުވާ ކަމަށެވެ. އަދި ގޯތި ދޭނެގޮތުގެ ޕްލޭނެއް ވެސް އެކުލެވިފައި ނުވާއިރު، ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކަށް އިޝާރާތްކުރައްވައި ރަމީޒް ވިދާޅުވެފައިވަނީ ޕްލެޓުތައް އޭގެ ހައްގުވެރިންނާ ހަވާލު ކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައިނުވާ ކަމަށާއި، މާލޭގެ ރައްޔިތުން އަދި ޚާއްސަކޮށް މައްޗަންގޮޅި މެދު ދާއިރާގައި ކުރީގެ ސަރުކާރުތަކުން ފްލެޓު ލިބޭނެ ކަމަށް ބުނެ ދޫކޮށްފައި ހުރި އެކިއެކި ލިޔުންތަކާއި މިނިސްޓްރީއަށް ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ ފޯމުތަކަށް އެކަށީގެންވާ ޖަވާބެއް ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔައިރު ވެސް ދީފައިނުވާ ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ ހިތްހަމަޖެހުން ހޯދައިދިނުމަށް މިނިސްޓަރު އާތިފާ ނުކުޅެދިފައިވާ ކަމަށް ރަމީޒް ވިދާޅުވިއެވެ.

ރަމީޒް ގެ އެ ސިޓީ ގައި ވިދާޅުވެފައި ވަނީ މިނިސްޓަރު އާތިފާއަކީ މަސްއޫލިއްޔަތު އަދާކުރުމަށް ގާބިލުކަން ހުރި ބޭފުޅެއް ނޫންކަން ފާއިތުވެދިޔަތަނުގައި ހިނގާ ދިޔަ ކަންކަމުން ވެސް ޔަގީންވާތީ މިނިސްޓަރުކަމުގެ މަގާމުން އާތިފާ ވަކިކޮށް، ގާބިލް މިނިސްޓަރަކު ހައުސިން މިނިސްޓްރީއަށް އައްޔަން ކުރެވުމަށް އެދޭ ކަމަށެވެ.

ހައުސިންގ މިނިސްޓަރު އާތިފާ ޝަކޫރު މަގާމަށް ގާބިލް ނޫން ކަމަށް ބުނެ މަގާމުން ދުރުކޮށް ދިނުމަށް އެދިފައި މިވަނީހިޔާ މަޝްރޫއުގެ ފްލެޓުތައް ޖުލައި މަހު ހަވާލުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓަރު އައިމިނަތު އާތިފާއަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށް ހައުސިންގ މިނިސްޓްރީން ބުނުމާ ގުޅިގެންނެވެ. މިމައްސަލައާ ގުޅިގެން މިނިސްޓްރީއަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައިވެއެވެ.

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައިވަނީ ފްލެޓްތައް ސެޕްޓެމްބަރަށް ނިންމާ މިއަހަރު ނިމުމުގެ ކުރިން ފްލެޓްތައް ހަވާލުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. ކުރީގެ ސަރުކާރުގައި އެ 7،000 ފްލެޓް ދޭން ނިންމާފައި އޮތީ އިންސާފުވެރިކޮށްތޯ ބެލުމުގެ މަސައްކަތް ކުރުމަށް ކޮމެޓީއެއްވެސް ވަނީ އެކުލަވާލާފަ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް