Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑިބާލާ ކޮވިޑް-19ން ރަނގަޅުވުން

ކޮރޯނާވައިރަސް ޖެހުން ފަހުން އެއްކޮށް ފިޓެއް ނޫން: ޑިބާލާ

8 ޖޫން 2020 | ހޯމަ 12:37

ޑިބާލާ ކޮވިޑް-19ށް ޕޮޒިޓިވްވީ މާޗު މަހުގެ 21 ވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 8 ޖޫން 2020 | ހޯމަ 12:37
ފޯވާޑް ޕައުލޯ ޑިބާލާ: ކޮވިޑް-19ން ރަނގަޅުވެ އޭނާ މިހާރު އަންނަނީ ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން

ފޯވާޑް ޕައުލޯ ޑިބާލާ: ކޮވިޑް-19ން ރަނގަޅުވެ އޭނާ މިހާރު އަންނަނީ ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން

ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހުން ފަހުން އޭނާ އެއްކޮށް ފިޓް ނޫން ކަމަށް ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާ ބުނެފިއެވެ.

އުމުރުން 26 އަހަރުގެ ޑިބާލާ އާއި އޭނާގެ ލޯބިވެރިޔާ އޮރިއާނާ ސަބަޓީނީ، ކޮވިޑް-19ށް ޕޮޒިޓިވްވީ މާޗު މަހުގެ 21 ވަނަ ދުވަހުއެވެ. މެއި މަހުގެ ކުރީކޮޅު ޑިބާލާ ވައިރަހުން ރަނގަޅުވެފައި ވާއިރު، އޭނާ މިހާރު އަންނަނީ ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

ޑިބާލާ ވަނީ ވައިރަސް ޖެހުނު ފަހުން އޭނާއަށް ދިމާވެފައިވާ ކަންތައްތައް މީގެ ކުރިން މީޑިއާގައި ހިއްސާ ކޮށްފައެވެ. އެގޮތުން ޑިބާލާ ބުނީ އޭނާގެ ހަށިގަނޑުން ވަރަށް ވަރުގަދަ އަލާމަތްތަކެއް ފެނުނު ކަމަށާއި، ނޭވާލާން ވެސް ވަރަށް ބޮޑަށް އުނދަގޫވި ކަމަށެވެ. އަދި އުނދަގޫވާ ފަހަރެއްގައި ވަރަށް ބޮޑަށް ހަށިގަނޑު ވަރުބަލިވާ ކަމަށާއި، މިއީ ކިތަންމެ ފިޓްކޮށް ހުރި މީހަކަށް ވިޔަސް އުނދަގޫވާ ފަހަރެއްގައި ކެތްކޮށްލަން އުނދަގޫ ރޯގާއެއް ކަމަށް ވަނީ ބުނެފައެވެ.

ދާދި ފަހުން ޑިބާލާ ބުނީ ވައިރަހުން މިހާރު އެއްކޮށް ރަނގަޅުވެފައި ވާއިރު، އޭނާ ކުރިއަށް ވުރެ ވަރަށް ބޮޑުތަން ރަނގަޅު ކަމަށެވެ. އެކަމަކު އަދިވެސް މުޅިން އެއްކޮށް އޭނާ ފިޓް ނުވާ ކަމަށް ޑިބާލާ ވަނީ ބުނެފައެވެ.

ޑިބާލާ އަކީ ކޮވިޑް-19 ޖެހުނު ޔުވެންޓަސްގެ ތިންވަނަ ކުޅުންތެރިޔާއެވެ. އޭނާގެ ކުރިން އެ ކްލަބުގެ އިޓަލީ ޑިފެންޑަރު ޑެނިއަލީ ރުގާނީ އާއި ފްރާންސްގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީ ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން މާޗު މަހު އިޓާލިއަން ލީގުގެ ކުޅުން މެދުކަނޑާލިއިރު، އިޓަލީގެ ސަރުކާރުގެ ހުއްދައާއެކު އިޓާލިއަން ލީގު މި މަހުގެ 20 ވަނަ ދުވަހު ފަށަން މިހާރު ވަނީ ނިންމާފައެވެ. އަދި އޭގެ ކުރިން މި މަހުގެ 13 ވަނަ ދުވަހު އިޓާލިއަން ކަޕްގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ވެސް ވަނީ ތާވަލު ކޮށްފައެވެ.

އިޓާލިއަން ލީގުގައި ބާކީ އޮތް ބައިގައި، އަށް ޓީމަކުން 13 މެޗު ކުޅެން ޖެހޭއިރު، ބާކީ ޓީމުތަކަށް އޮތީ 12 މެޗެވެ. އިޓާލިއަން ލީގު މެދުކަނޑާލިއިރު، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އޮތީ ތާވަލުގެ އެއްވަނައިގައި 26 މެޗުން 63 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ލާޒިއޯ އަށް 26 މެޗުން ލިބިފައިވަނީ 62 ޕޮއިންޓެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

08 މާރިޗު 2017

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
01 ފެބުރުއަރީ 2017

ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ

01 ފެބުރުއަރީ 2017
ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް