Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނަސްލީ ތަފާތުކުރުން ހުއްޓުވުމަށް ގޮވާލުން

މިހާރު އޮތް ހަމައެކަނި ބަލިމަޑުކަމަކީ ނަސްލީ ތަފާތުކުރުން: ސްޓާލިން

ފްލޮއިޑްގެ މަރާ ގުޅިގެން ގިނަ ކުޅިވަރު ތަރިން އަންނަނީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އަޑު އުފުލަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 8 ޖޫން 2020 | ހޯމަ 09:49
މެންޗެސްޓާ ސިޓީގެ ފޯވާޑް ރަހީމް ސްޓާލިން: ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ވަނީ އަޑު އުފުލާފައި

މެންޗެސްޓާ ސިޓީގެ ފޯވާޑް ރަހީމް ސްޓާލިން: ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ވަނީ އަޑު އުފުލާފައި

މިވަގުތު ކުރިމަވެފައި އޮތް ހަމައެކަނި ބަލިމަޑުކަމަކީ ނަސްލީ ތަފާތުކުރުން ކަމަށް މެންޗެސްޓަރ ސިޓީގެ ފޯވަރޑް ރަހީމް ސްޓާލިން ބުނެފި އެވެ.

ދާދި ފަހުން އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ދޮން ނަސްލުގެ ފުލުހަކު ވަނީ ފްލޮއިޑްގެ ކަރަށް ކަކުލުން އަރައި މަރާލާފަ އެވެ. އެއާއެކު ގިނަ ކުޅިވަރު ތަރިން އަންނަނީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

އުމުރުން 25 އަހަރުގެ ސްޓާލިން އަކީ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް މީގެ ކުރިންވެސް އަޑުއުފުލާފައިވާ ކުޅުންތެރިއެކެވެ. އެގޮތުން މީގެ ކުރިން ސްޓާލިންއާ ވެސް ވަނީ ނަސްލީ ގޮތުން ގިނަ ފަހަރެއްގެ މަތިން ދިމާކޮށްފަ އެވެ.

ދާދި ފަހުން ބީބީސީއަށް ދިން އިންޓަވިއުއެއްގައި ސްޓާލިން ބުނީ ނަސްލީ ތަފާތުކުރުން ނައްތާލުމަކީ މި ވަގުތަށް ބަލާއިރު ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިއީ އެތަކެއް އަހަރުތަކެއް ވަންދެން ކުރަމުން އަންނަ ކަމެއް ކަމަށާއި، މިވަގުތު ކުރިމަތިވެފައި އޮތް ހަމައެކަނި ބަލިމަޑުކަމަކީ ނަސްލީ ތަފާތުކުރުން ކަމަށްވެސް ސްޓާލިން ބުންޏެވެ. އަދި ބުނީ މިހާރު މި އޮތް ކޮރޯނާވައިރަސް (ކޮވިޑް-19) އާއެކު ނަސްލީ ތަފާތު ކުރުންވެސް ނައްތާލަންޖެހޭ ކަމަށެވެ.

ސްޓާލިންގެ އިތުރުން ސިޓީގެ ފޯވަރޑް ގަބްރިއެލް ޖީސޫސްވެސް ވަނީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ. ޖީސޫސް ބުނީ ނަސްލީ ތަފާތު ކުރުމަކީ މިއަދަކު އިއްޔެއަކު ފެށިގެން އުޅޭ ކަމެއް ނޫން ކަމަށާއި، އެކަން ކުރާ މީހުންނާއި، އެކަމަށް ހިތްވަރުދޭ މީހުންގެ ސިކުނޑި މުޅިއަކުން ހަމައެއް ނޫން ކަމަށެވެ.

ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އެކި ކުޅިވަރު ތަރިން އަޑު އުފުލަމުން އަންނައިރު، މީގެ ކުރިން ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ، ފީފާ އާއި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ވެސް ވަނީ ނަސްލީ ތަފާތުކުރުން ހުއްޓުމަށް ޝުއޫރު ފާޅުކުރާ ކުޅިވަރު ކުޅުންތެރިންނަށް ތައުރީފު ކޮށްފަ އެވެ.

ޔޫރަޕްގެ ގިނަ ފުޓުބޯޅަ މުބާރާތްތަކުގެ މެޗުތަކުގައި ކުޅުންތެރިން ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް އެކި ޝުއޫރުތައް ފާޅުކުރަމުން އަންނައިރު، ދާދި ފަހުން ޖަރުމަން ލީގުގައި ވެސް ބައެއް ކުޅުންތެރިން ވަނީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އަޑުއުފުލުމުގެ އިތުރުން ފްލޮއިޑަށް އިންސާފު ހޯދައިދޭންވެސް ގޮވާލާފައެވެ.

ފުޓުބޯޅަ މެޗުގެ ތެރެއިން އެފަދަ ކަމަކާ ގުޅޭގޮތުން ޚިޔާލު ފާޅުކުރުމުގެ ޖާގައެއް ނޯންނާނެ ކަމަށް ބުނެ، ޖަރުމަން އެފްއޭއިން މީގެ ކުރިން ވަނީ މެޗުގެ ތެރެއިން ޝުއޫރުފާޅުކުރި ކުޅުންތެރިންގެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ. އެއާއެކު ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމުން، ޖަރުމަން އެފްއޭއިން ވަނީ ޝުއޫރު ފާޅުކުރި ކުޅުންތެރިންނަށް ފިޔަވަޅު ނާޅަން ނިންމާފަ އެވެ. މީގެ އިތުރުން ޕްރިމިއަރ ލީގުގެ ކްލަބުތަކުގެ ކުޅުންތެރިންވެސް އަންނަނީ ފްލޮއިންޑަށް އިންސާފު ހޯދައިދޭން ގޮވާލަމުންނެވެ. މީގެ ކުރިން އިނގިރޭސި އެފްއޭއިން ވަނީ ޕްރިމިއަރ ލީގުގައި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އަޑުއުފުލާ އެއްވެސް ކުޅުންތެރިއަކަށް ފިޔަވަޅު ނާޅާނެކަން ހާމަކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

ކުރިއަށް އޮތް ތިން އަހަރަށް ގައުމީ ޓީމުގެ ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖައްސަން މަސައްކަތްކުރަނީ

03 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް

ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް

22 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ

ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ

09 މާރިޗު 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު