Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސިޓް ކަރަންޓީނުން ރަށަށް މީހުން ފޮނުވުން

ޓްރާންސިޓް ކަރަންޓީން ފެސިލިޓީން ޖާގަ ނުލިބުނު މީހުނަށް، ރަށުގައި ކަރަންޓީން ވެވޭނެ އިންތިޒާމް ހަމަޖެހޭނެ: އެލްޖީއޭ

8 ޖޫން 2020 | ހޯމަ 00:11

3،061 ފަރާތެއް ޓްރާންސިޓް ކަރަންޓީން ފެސިލިޓީއަށް ގެންދެވިފައިވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 8 ޖޫން 2020 | ހޯމަ 00:11
އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

ފުރަބަންދު ހާލަތާއި ގުޅިގެން ރަށަށް ދާން ބޭނުންވާ 2300ށް ވުރެ ގިނަ ފަރާތްތައް ޓްރާންސިޓް ކަރަންޓީން ފެސިލިޓީސްތަކުގައި ޖާގަ ނެތުމުން ނުގެންދެވިފައި އެބަތިބި ކަމަށާއި އެފަރާތްތަކަށް ރަށުގައި ކަރަންޓީން ވެވޭނެ ތަނެއް ހުރިނަމަ ކައުންސިލާއި ގުޅިގެން އެ ކަންތައްތައް ކުރިޔަށް ގެންދެވޭނެކަމަށް ލޯކްލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ބުނެފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ، ކުރުމުއްދަތައް މާލެ އައިސް ފުރަބަންދު ހާލަތާއި ގުޅިގެން އެނބުރި ރަށަށް ނުދެވި ތިބި މީހުންގެ ތެރެއިން 3،061 ފަރާތެއް ޓްރާންސިޓް ކަރަންޓީން ފެސިލިޓީއަށް ގެންދެވިފައިވާކަމަށެވެ. އޭނާ ވިދާޅުވީ އޭގެތެރިން 682 ފާރާތެއް ކަރަންޓީންގެ މުއްދަތު ހަމަ ކުރުމަށް ފަހު ރަށަށް ގެންދެވިފައިވާކަމަށެވެ.

Advertisement - newsAdvertisement

އިތުރަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ހާލަތާއި ގުޅިގެން ރަށަށް ދިއުމަށް އެދިފައިވާ 2369 މީހަކު ޓްރާންސިޓް ކަރަންޓީން ފެސިލިޓީސްތައް ފުރުމާއި ގުޅިގެން ނުފޮނުވި އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ، ގިނަ ފަރާތްތަކެއް ރަށަށް ދާން ބޭނުންވެ، އިތުރު ރިސޯޓް ފެސިލިޓީސްތައް ހަމަޖެހުމުގެ ދަތިކަމެއް ހުރުމާއި ގުޅިގެން ރަށްރަށުގެ އަމިއްލަ ގެތަކުގައި ކަރަންޓީން ވުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދީފައިވާކަމަށެވެ.

އެގޮތުން، އެ އުސޫލުގެ ދަށުން އައްޑޫސިޓީއަށް 42 މީހަކު ހޮނިހިރު ދުވަހު ގެންދެވިފައިވާކަމަށާއި ހޯމަ ދުވަހު (މާދަމާ) އައްޑޫގެ 50 މީހަކާއި ފުވައްމުލަކަށް ނިސްބަތްވާ 50 މީހަކު ހޯމް ކަރަންޓީނަށް ގެންދިޔުމުގެ އިންތިޒާމް ހަމަޖެހިފައިވާނެކަމަށެވެ. އަދި މިހާރު ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކުން ޖާގަ ނެތުމުގެ ސަބަބުން ނުދެވި ތިބި 2369 މީހުނަށް ކަރަންޓީންވާނެ ގެ ހަމަޖެއްސުމަށް ފަހު އެ ރަށެއްގެ ކައުންސިލައް ދެންނެވުމަށް އަންގާފައިވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

މާލެ ސިޓީގެ ލޮކްޑައުންއަށް ފަހު، އެނބުރި ރަށްރަށަށް ދާ މީހުން ރަށަށް ދިއުމަށްފަހު ގޭގައި ކަރަންޓީން ކުރެވޭގޮތަށް ހަމަޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) ވަނީ ހާމަކޮށްފައެވެ. މި އުސޫލުގައި ބުނެފައިވަނީ މާލޭގައި ލޮކްޑައުންވެފައިވާ ފަރާތްތައް އެނބުރި ރަށަށް ދިއުމަށްފަހު، ގޭގައި ކަރަންޓީނު ކުރުމަށް ހަމަޖެހިފައިވަނީ 24 ދުވަހަށް ކަމަށެވެ. އެގޮތުން މާލެއިން ގެންދާ ފަރާތްތަކަކީ ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ނެތް މީހެއްތޯ ކަށަވަރު ކުރުމަށްފަހު، އެ ފަރާތްތައް ރަށަށް އެނބުރި ދިއުމުގެ ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސާނީ ސަރުކާރުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

19 ޖުލައި 2017

މަޖިލިސް ހައިޖެކްކޮށްފައި ބާއްވަން ޖާގައެއް ނުދޭނަން: އިބޫ

19 ޖުލައި 2017
މަޖިލިސް ހައިޖެކްކޮށްފައި ބާއްވަން ޖާގައެއް ނުދޭނަން: އިބޫ
18 ޖުލައި 2017

ޤާސިމް ސެނަހިޔާއަށް ބަދަލުކުރެވޭނެ ޤާނޫނީ ޖާގައެއް ނެތް: ލޯޔަރުން

18 ޖުލައި 2017
ޤާސިމް ސެނަހިޔާއަށް ބަދަލުކުރެވޭނެ ޤާނޫނީ ޖާގައެއް ނެތް: ލޯޔަރުން
17 މެއި 2017

ރައީސް މައުމޫންގެ ދަރިއަކަށް އެމްޑީޕީގެ ޕޯޑިއަމުން ޖާގަ ދެއްވީތީ ޝުކުރު ދަންނަވަން: ފާރިސް

17 މެއި 2017
ރައީސް މައުމޫންގެ ދަރިއަކަށް އެމްޑީޕީގެ ޕޯޑިއަމުން ޖާގަ ދެއްވީތީ ޝުކުރު ދަންނަވަން: ފާރިސް
03 މެއި 2017

ފޯންގެ ޕިންކޯޑް ނޭނގޭތީ ރިޔާޒްގެ ފޯނުން އެއްވެސް މައުލޫމާތެއް ނުލިބުނު: ފޮރިންސިކް

03 މެއި 2017
ފޯންގެ ޕިންކޯޑް ނޭނގޭތީ ރިޔާޒްގެ ފޯނުން އެއްވެސް މައުލޫމާތެއް ނުލިބުނު: ފޮރިންސިކް
09 އެޕްރީލު 2017

އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް ޖާގައެއް ނުދޭނަން: ޕީޕީއެމް

09 އެޕްރީލު 2017
އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް ޖާގައެއް ނުދޭނަން: ޕީޕީއެމް
06 އެޕްރީލު 2017

ރައީސް ޔާމީންގެ އަރިހުން ޖާގަ ގެއްލި، ޕީޖީ ލީޑަރު ނިހާން ފަހަތު ސަފުގައި!

06 އެޕްރީލު 2017
ރައީސް ޔާމީންގެ އަރިހުން ޖާގަ ގެއްލި، ޕީޖީ ލީޑަރު ނިހާން ފަހަތު ސަފުގައި!
31 މާރިޗު 2017

އަހަރީ ދުވަހު ފުލުހުންނަށް އުފާވެރި ހަބަރެއް ނުލިބުނު!

31 މާރިޗު 2017
އަހަރީ ދުވަހު ފުލުހުންނަށް އުފާވެރި ހަބަރެއް ނުލިބުނު!
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް