Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންގެ އަހަރީ ދުވަސް

އަހަރީ ދުވަހު ފުލުހުންނަށް އުފާވެރި ހަބަރެއް ނުލިބުނު!

ފުލުހުންގެ މުސާރައިގެ ކަންތަކުގައި މަޝްވަރާތައް އަދި ނުނިމޭ

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 31 މާރިޗު 2017 | ހުކުރު 14:48
ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާއަށް ފަހު ރައީސް އަބްދުﷲ ޔާމީނާއި ފުލުހުންގެ އިސް ވެރިން ގްރޫޕް ފޮޓޯއެއް ނަގަނީ

ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާއަށް ފަހު ރައީސް އަބްދުﷲ ޔާމީނާއި ފުލުހުންގެ އިސް ވެރިން ގްރޫޕް ފޮޓޯއެއް ނަގަނީ

ފުލުުހުންގެ އަހަރީ ދުވަހުގެ ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވިއިރު، އުފާވެރި ވާހަކައެއްގެ ގޮތުގައި ގިނަ އަދަދެއްގެ ފުލުހުން އެންމެ ބޮޑަށް އުއްމީދުކޮށްގެން ތިބީ، ނުދީ ހިފަހައްޓާފައިވާ އެލަވަންސް ދޭން ފަށާނެ ދުވަހެއް އިއުލާނު ކުރައްވާނެ ކަމަށެވެ.

ދަރުބާރުގޭގައި ބޭއްވި ކުލަ ގަދަ ރަސްމިއްޔާތަށް ފަހު ފުލުހުން ނުކުމެގެން ދިޔައީ މާޔޫސްކަމާއެކު، "ކަރު އެލުވާލައިގެން"ނެވެ. އެންމެ ބޮޑަށް އުއްމީދުކޮށްގެން ހުރި ވާހަކަ އަޑުއިވިގެން ނުދިއުމުންނެވެ.

Advertisement - newsAdvertisement

"އަޅުގަނޑު އެންމެ ބޮޑަށް އުއްމީދުކޮށްގެން ހުރީ އެލަވަންސްއާ ގުޅޭ ގޮތުން އުފާވެރި ހަބަރެއް ލިބޭނެ ކަމަށް. ނަމަވެސް ހުރިހާ ގޮތަކުން ވެސް ލިބުނީ ހިތްހަމަ ނުޖެހުން،" ނަން ހާމަކުރަން ބޭނުންނުވާ ފުލުހުންގެ އޮފިސަރަކު ވިދާޅުވި އެވެ.

ފުލުހުން ވަނީ މުސާރައިގެ އާ އޮނިގަނޑެއް އެކުލަވާލައި ޖެނުއަރީ މަހުން ފެށިގެން ހުރިހާ ފުލުހުންނަށް 4،000ރ. ގެ ލިވިން އެލަވެންސެއް ދޭން ނިންމައިފަ އެވެ. އެ އެލަވަންސް ހިމަނައިގެން ޖެނުއަރީ މަހުގެ މުސާރަ ހެދިނަމަވެސް، މުސާރަ ޝީޓް ބަދަލުކޮށް، އެލަވަންސް އުނިކުރި އެވެ. އެއަށް ފަހު އެލަވަންސާ ގުޅޭ ގޮތުން އެކި ވާހަތައް ސަރުކާރުން ދައްކާފައި ވެއެވެ. ފުލުހުންގެ މުސާރަ އަށް ބަދަލު ގެނައުމާ މެދު ރައީސް އޮފީހާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ފުލުހުންގެ މުސާރައިގެ ކަންތަކުގައި ރައީސް އޮފީހާއި ކަމާ ބެހޭ ފަރާތްތަކުން ރިވިއު ކުރުމަށް ފަހު ނިންމާ ގޮތެއްގެ މަތިން ކަމަށް މުސާރަ ބޮޑުވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވަނީ ވިދާޅުވެފަ އެވެ.

ބޮޑުކުރި އިލަވަންސް ފުލުހުންނަށް ނުދޭ މައްސަލައިގައި، ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވަނީ ފިނޭންސް މިނިސްޓަރު މުނައްވަރާ ސުވާލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތުމުން، އެ ސުވާލެއް މަޖިލީހުގެ ތަޅުމަށް އެޖެންޑާއެއް ނުކުރެ އެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާނު ވިދާޅުވީ ބޮޑުކުރި އެލަވަންސްއާ ގުޅޭ ގޮތުން އަދިވެސް ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީގެ މަޝްވަރާތައް ނުނިމޭ ކަމަށެވެ.

"އެހެންވެ ބޮޑުކުރި އެލަވަންސްގެ ކަންތަކުގައި އިތުރު އަޕްޑޭޓެއް ލިބިފައެއް ނެތް،" ޝިފާނު ވިދާޅުވި އެވެ.

ރާއްޖެ އެމްވީ ވާހަކަ ދެއްކި ބައެއް ފުލުހުން ބުނި ގޮތުގައި ބޮޑުކުރި އެލަވަންސް ލިބޭނެ ކަމުގެ އުއްމީދެއް މިހާރު އެ މީހުންނަށް ނެތެވެ.

"އަހަރީ ދުވަހުގެ ޖަލްސާގައި އެފަދަ ވާހަކައް، ރައީސް ވެސް، މިނިސްޓަރު ވެސް އަދި ކޮމިޝަނަރު ވެސް ވިދާޅުނުވުނުން، ދެން މިކަމުގައި އުއްމީދެއް ނެތް،" އޭނާ ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު