Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީޕީއޭގެ ޑީޖީ ނައީމްގެ ދިފާއުގައި ނަޝީދު

އީޕީއޭގެ ޑީޖީ ނައީމްގެ ދިފާއުގައި ރައީސް ނަޝީދު!

7 ޖޫން 2020 | އާދީއްތަ 08:01

މާލެ ސަރަހައްދަށް އިތުރު ހިކިފަސް ބޭނުމީ މާލޭގައި ދިރިއުޅުއްވާ އެހެން ގޮތެއްނެތް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދިނުމަށް: ނަޝީދު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ޖޫން 2020 | އާދީއްތަ 08:01
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު (ވ) އަދި އީޕީޢޭގެ ޑީޖީ ނައީމް (ކ) އާއި ބައްދަލުކުރައްވަނީ؛ ނަޝީދު ވަނީ ނައީމަނީ ތަޖްރިބާކާރު ބޭފުޅެއް ކަމަށް ވިދާޅުވެފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު (ވ) އަދި އީޕީޢޭގެ ޑީޖީ ނައީމް (ކ) އާއި ބައްދަލުކުރައްވަނީ؛ ނަޝީދު ވަނީ ނައީމަނީ ތަޖްރިބާކާރު ބޭފުޅެއް ކަމަށް ވިދާޅުވެފައި

އެންވަޔަރމަންޓް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ނައީމަކީ ތަޖްރިބާކާރު ބޭފުޅެއް ކަމަށް ވިދާޅުވެ ކުރީގެ ރައިސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނައީމް ދިފާއު ކުރައްވައިފިއެވެ.

ނައީމަކީ ތަޖްރިބާކާރު ބޭފުޅެއް ކަމަށް ވިދާޅުވެ ނަޝީދު ޓްވީޓެއް ކުރައްވާފައިވަނީ، ގުޅިފަޅުގައި ތަރައްގީކުރާ ވިޔަފާރި ބަނދަރަށް ބޭނުންވާ ބިން ހިއްކަމުންދާތީ އެކަމުގެ ނޭދެވޭ އަސަރުތައް އެ ސަރަހައްދުގެ ފަރުތަކާއި، ވިލިމާލޭގެ ފަރަށް ކުރަމުންދާ ދަނޑިވަޅެއްގައި އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ނައީމަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

Advertisement - newsAdvertisement

ނައީމާއި ބައްދަލުކުރައްވާ ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ތަރައްގީގެ ގިނަ މަސައްކަތްތަކުން ތިމާވެއްޓަށް އަސަރުކުރައްވާ ކަމަށެވެ. އަދި މާލެ ސަރަހައްދަށް އިތުރު ހިކިފަސް ބޭނުމީ މާލޭގައި ދިރިއުޅުއްވާ އެހެން ގޮތެއްނެތް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދިނުމަށާއި، މި ސަރަހައްދު ތޮއްޖެއްސުން ހުއްޓުވުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އީޕީއޭގެ ޑީޖީ އަކީ ތަޖްރިބާކާރު ބޭފުޅެއް ކަމަށެވެ.

ގުޅިފަޅުން ބައެއް ހިއްކަމުންދާތި ވިލިމާލެ ފަރަށް ގެއްލުންވަމުންދާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ކަމާބެހޭ ފަރާތްތައް ހޮނިހިރު ދުވަހު ހާޒިރު ކުރެވުނު އިރު ނައީމް ވެސް ހާޒިރުކުރެވުނެވެ.

މި ބައްދަލުވުމުގައި ނައީމް ވިދާޅުވީ މާލެ ޞަރަޙައްދު 'ލޮކްޑައުން' ކޮށްފައި އޮތުމުގެ ސަބަބުން، މީގެ ކުރިން މަޝްރޫޢުތައް ކުރިއަށް ގެންދިޔަ އިރު ކޮމިއުނިޓީ ކޮންސަލްޓޭޝަން ކުރިއަށް ގެންދިޔަ މިންވަރަށް، ގުޅިފަޅުގައި ތަރައްޤީކުރާ ވިޔަފާރި ބަނދަރުގެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫޢުގެ ކޮމިއުނިޓީ ކޮންސަލްޓޭޝަން ކުރިއަށް ނުގެންދެވޭކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ނައީމް ވިދާޅުވީ މި މަޝްރޫޢުގެ މުހިންމުކަން ފެންނާތީ ކޮމިއުނިޓީ ކޮންސަލްޓޭޝަން ކުރެވުނުގޮތަކަށް އޮންލައިންކޮށް ފޯމު ފުރައިގެން އަދި ޝަކުވާ ހުށަހަޅައިގެން ފުރުޞަތު ހުޅުވާލައިގެން ކުރިއަށް ގެންދެވި ކަމަށެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް