ރާއްޖެ
ކޮވިޑަށް ޕޮޒިޓިވްވުން
އިތުރު 18 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 1،901ށް އަރައިފި
ޕޮޒިޓިވްވި މީހުންގެ ތެރޭގައި 13 ދިވެހިން ހިމެނޭ

ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 6 ޖޫން 2020 | ހޮނިހިރު 17:10

އާރްއާރް ޓީމުން މަގުތަކުގައި ހަރަކާތްތެރިިވަނީ
އިތުރު 18 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެ, ޖުމްލަ އަދަދު 1،901ށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ 3 މީހެއްގެ އިތުރުން ސްރީލަންކާއަށް ނިސްބަތްވާ މީހަކާއި ނޭޕާލަށް ނިސްބަތްވާ މީހެއްކަމަށެވެ.
މި އަދަދާއި އެކު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1901ށް އަރާފަ އެވެ. އެކްޓިވް ކޭސްތަކުގެ އަދަދުތައް ވަނީ 1128އެވެ.








