Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުން

ވިޔަފާރި ބަނދަރު ބަދަލުކުރުމަށް އެންމެ އެކަށީގެންވާ ސަރަހައްދަކީ ގުޅިފަޅު: މިނިސްޓަރު އަސްލަމް

6 ޖޫން 2020 | ހޮނިހިރު 13:00

މާލޭގެ ވިޔަފާރި ބަނދަރު މިހާރު ތޮށް ޖެހި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވަމުންދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 6 ޖޫން 2020 | ހޮނިހިރު 13:00
މަޝްރޫއުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވެޑައިގަންނަވަނީ

މަޝްރޫއުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވެޑައިގަންނަވަނީ

ވިޔަފާރި ބަނދަރު ބަދަލުކުރުމަށް އެންމެ އެކަށީގެންވާ ސަރަހައްދަކީ ގުޅިފަޅު ކަމަށާއި، އެ ރަށުގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ޖެހޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލު ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ގުޅިފަޅުގެ ބޮޑު ސަރަހައްދެއް ހިއްކަން ޖެހެއެވެ. އެގޮތުން ވިލިމާލޭގެ ފަރާއި، ގުޅިފަޅުގެ ފަރުތައް ވަރަށް ބޮޑަށް ހަލާކުވެ، ޑައިވިން ސްޕޮޓްތައް ނެތިގެންދާނެ ކަމަށް ތިމާވެށި ހިމާޔަތްކުރުމުގެ ވަކާލާތު ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިފަދަ ޕްރޮޖެކްޓްތަކުން ތިމާވެށި ހަލާކު ނުކުރުމަށް ވަނީ ގޮވާލާފައެވެ.

މިމައްސަލާއާ ގުޅިގެން ހޮނިހިރު ދުވަހު ބޭއްވި މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން އޮންލައިންކޮށް ބައްދަލުވުމުގައި ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރު މިހާރު ތޮށް ޖެހި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވަމުންދާ ކަމަށާއި، ޖާގަ ބޮޑު ކުރެވެން ވެސް ނެތް ކަމަށެވެ.

އެގޮތުން ވިޔަފާރި ބަނދަރު އެހެން ސަރަހައްދަކަށް ބަދަލުކުރަންޖެހޭ ކަމަށާއި، އެންމެ އެކަށީގެންވާ ސަރަހައްދަކަށް ފެނުނީ ގުޅިފަޅު ކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލު ކުރުމަށް މަޝްވަރާތައް ކުރެވި އެސަރަހައްދުން ބަލަން ޖެހޭ ކަންކަން ބެލި ކަމަށެވެ. ނަމަވެސް ތިލަފުއްޓަކީ ކުނިނައްތާލުމުގެ މަސައްކަތް ކުރާ ލޭންޑަކަށް ވުމާއެކު މިފަދަ ކަމެއް ކުރުމަކީ އެންމެ އެކަށީގެންވާ ސަރަހައްދެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.

މި ޕްރޮޖެކްޓްގެ ސަބަބުން ވެސް ތިމާވެއްޓަށް އެކި މައްސަލަތައް ކުރިމަތިވާނެކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ މި ޕްރޮޖެކްޓަކީ ވަރަށް މުހިންމު ޕްރޮޖެކްޓެއް ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ މިޕްރޮޖެކްޓްގެ ތެރެއިން މާލޭ ނޯޓު ހާބަރުގައި މިހާރު ދެމުން އަންނަ ޚިދުމަތްތައް ގުޅިފަޅަށް ބަދަލު ކުރެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ގުދަންތަކާއި ހޯލްސޭލް ފިހަރާތަކަށް ބޭނުންވާ ބިން ހިމެނޭ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު އަސްލަމް ވިދާޅުވީ މިމަސައްކަތްތައް ކުރުމަށް ހަދަން ޖެހޭ މާސްޓާ ޕްލޭން ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ ކަމަށެވެ. އަދި ގުޅިފަޅު ހިއްކުމުގެ ޕްރޮޖެކްޓަށް އެންމެ އަގު ބޮޑު ރޭޓުން ބަލާނަމަ އަރަނީ 120 މިލިއަން ޑޮލަރު އަރާނެ ކަމަށާއި، ނަމަވެސް ނަމަވެސް ތަންކޮޅެއް ކައިރިން ވެލިނެގޭ ނަމަ 100 މިލިއަން ޑޮލަރަށް އަގުހެޔޮ ވާނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

ގުޅިފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް، ނެދަލެންޑްސްގެ ބޮސްކާލިސް އިން އަންނަނީ ކުރަމުންނެވެ. ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމަށް ނިންމީ ކެބިނެޓުން ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާ ކުރެވިގެން ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި

23 މާރިޗު 2017
ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި
22 މާރިޗު 2017

ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް

22 މާރިޗު 2017
ވިޔަފާރިވެރިންނަށް ފިއްތުމާއި ނުފޫޒް ފޯރުވުން ނިމުމަކަށް އަންނަން ބާކީ އޮތީ ފަސް ދުވަސް: ފާރިސް
21 މާރިޗު 2017

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
21 މާރިޗު 2017

ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި

21 މާރިޗު 2017
ސިޔާސީ މަގުސަދު ހާސިލް ކުރުމަށް ވިޔަފާރިތަކަށް ދުއްތުރާ ނުކުރުމަށް އެމްޑީޕީން ގޮވާލައިފި
16 މާރިޗު 2017

އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް

16 މާރިޗު 2017
އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
11 ފެބުރުއަރީ 2017

ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން

11 ފެބުރުއަރީ 2017
ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް