Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ-ޗައިނާ ބޯޑަރު މައްސަލަ

ބޯޑަރު މައްސަލަ އޮމާންކަމާއެކު ނިންމުމަށް އިންޑިއާއާއި ޗައިނާއިން އެއްބަސްވެއްޖެ

ދެ ޤައުމުންވެސް އެފަދަ އެއްބަސްވުމަކަށް އާދެވިފައިވާކަން ކަށަވަރު ކޮށްދެއްވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޖޫން 2020 | ހުކުރު 21:50
އިންޑިއާ-ޗައިނާ ބޯޑަރު ސަރަޙައްދު- އެ ސަރަޙައްދުގައި ކޭމްޕް ކޮށްފައިވާ އަސްކަރީ ސިފައިން އަނބުރާ ފޮނުވާލުމަށް ވަނީ އެއްބަސް ވެވިފަ

އިންޑިއާ-ޗައިނާ ބޯޑަރު ސަރަޙައްދު- އެ ސަރަޙައްދުގައި ކޭމްޕް ކޮށްފައިވާ އަސްކަރީ ސިފައިން އަނބުރާ ފޮނުވާލުމަށް ވަނީ އެއްބަސް ވެވިފަ

އިންޑިއާ އާއި ޗައިނާ ބޯޑަރު ހިއްސާކުރާ ލަޑާކް ސަރަޙައްދާއި ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުން "އޮމާންކަމާއެކު" ޙައްލުކުރުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.

ލަޑާކް ސަރަޙައްދުގެ ގަލްވާން ވާދީގައި ދެ ޤައުމުގެ އަސްކަރީ ސިފައިންވެސް ކޭމްޕް ކޮށްފައިވާއިރު، ދެ ޤައުމުންވެސް ބުނަމުންދަނީ އަނެއް ޤައުމުން އެމީހުންގެ ސަރަޙައްދީ އިމުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. އެގޮތުން މި މައްސަލަ ބޮޑުވެ، ދެ ޤައުމުގެ ދެމެދުގައި ފާއިތުވި މާޒީގައިވެސް ބައެއް ކޯޅުންތައް ހިނގާފަައިވެއެވެ.

އެކަންކަމަށް ޙައްލެއް ގެނައުމަށް މަޝްވަރާ ކުރުމަށް ހުކުރު ދުވަހު ބޭއްވި ވާރޓުއަލް ބައްދަލުވުމެއްގައި ދެ ޤައުމުންވެސް އަމަންއަމާން ކަމާއެކު، މި މައްސަލައަށް އެކަށީގެންވާ ޙައްލެއް ގެނައުމަށް ނިންމާފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ. އެގޮތުން ފުރަތަމަ ކަމަކަށް އެ ސަރަޙައްދުގައި ކޭމްޕް ކޮށްފައިވާ އަސްކަރީ ސިފައިން އަނބުރާ ފޮނުވާލުމަށް ވަނީ އެއްބަސްވެވިފައެވެ.

ދެ ޤައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެން ކުރިއަށް ގެންދިޔަ މި ވީޑިއޯ ކޮންފަރެންސްއަށް ފަހު ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނުވެސް ވަނީ ދެ ޤައުމުންވެސް އެފަދަ އެއްބަސްވުމަކަށް އާދެވިފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވެފައިވަނީ، ސަރަޙައްދީ ބޯޑަރާއި ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތައް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، އެ ކޯޅުންގަނޑު މިހާރު ޢާންމު ޙާލަތަށް ގެނެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ވަގުތުގައި ދެ ޤައުމުން ކޯޅުމުގެ ބަދަލުގައި، ދެ ޤައުމުންވެސް އެއްބަސްވެވޭ އަވަސް ޙައްލަކަށް އާދެވުމަކީ މިދަނޑިވަޅަށް އެންމެ ބުއްދިވެރި ގޮތް ކަމަށް ދެ ޤައުމުންވެސް އެއްބަސްވެފައިވެއެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު