Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑޯ އަށް ބިލިއަން ޑޮލަރުގެ އާމްދަނީއެއް

ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދި ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިއަކަށް ރޮނާލްޑޯ

5 ޖޫން 2020 | ހުކުރު 14:00

މިދިޔަ 12 މަހުގެ ތެރޭގައި ރޮނާލްޑޯ ވަނީ 105 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 ޖޫން 2020 | ހުކުރު 14:00
ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނީ ރޮނާލްޑޯ: އޭނާ އަކީ ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދި ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިޔާ

ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނީ ރޮނާލްޑޯ: އޭނާ އަކީ ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދި ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިޔާ

ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދި ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިއަކަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނީ ރޮނާލްޑޯ ވެއްޖެ އެވެ.

ފޯބްސް މަޖައްލާއިން ހާމަކުރި ގޮތުގައި ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދާފައެވެ. އެއާއެކު އޭނާ އަކީ ފުޓްބޯޅައިގެ ތާރީޚުގައި ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދި ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިޔާ އެވެ.

މީގެ ކުރިން ކުޅިވަރު ތަރިންގެ ތެރެއިން ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދާފައިވަނީ މަޝްހޫރު ގޮލްފް ކުޅުންތެރިޔާ ޓައިގާ ވުޑްސް އާއި މަޝްހޫރު ބޮކްސިންގ ތެޅުންތެރިޔާ ފްލޮއިޑް މޭވެދާ އެވެ.

ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ރޮނާލްޑޯ ހޯދިއިރު، އޭނާއާ އެންމެ ވާދަވެރި އާޖެންޓީނާގެ ލިއޮނެލް މެސީ އަށް މިހާތަނަށް ލިބިފައިވަނީ 650 މިލިއަން ޑޮލަރުގެ އާމްދަނީ އެކެވެ.

މީގެ ކުރިން ފޯބްސް މަޖައްލާއިން ވަނީ މިދިޔަ 12 މަހުގެ ތެރޭގައި ކުޅިވަރު ކުޅުންތެރިންނަށް ލިބުނު އާމްދަނީ ވެސް ހާމަކޮށްފައެވެ. އެގޮތުން މިދިޔަ 12 މަހުގެ ލިސްޓުގައި ރޮނާލްޑޯ އޮތީ ދެވަނައިގައެވެ. މިދިޔަ 12 މަހުގެ ތެރޭގައި ރޮނާލްޑޯ 105 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދިއިރު، ތިންވަނައިގައި އޮތް މެސީ އަށް ލިބިފައިވަނީ 104 މިލިއަން ޑޮލަރުގެ އާމްދަނީ އެކެވެ.

މި ލިސްޓުގެ އެއްވަނަ މިފަހަރު ލިބުނީ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ އަށެވެ. އޭނާ އެއްވަނައިގައި އޮތީ 106.3 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދައިގެންނެވެ.

އެމެރިކާގެ މަޝްހޫރު ވިޔަފާރި މަޖައްލާ އިން މި ހިސާބުތައް ޖަހާފައިވަނީ މުސާރަ އާއި އިނާމު ފައިސާ އަދި އިޝްތިހާރުތަކުން ކުޅުންތެރިންނަށް ލިބޭނެ އާމްދަނީ އެއްކޮށްގެންނެވެ.

މުޅި ކެރިއަރުގައި ރޮނާލްޑޯ ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދިއިރު، އޭނާ އަކީ އިންސްޓާގްރާމްގައި ވެސް އެންމެ ގިނަ މީހުން ފޮލޯ ކުރާ ކުޅިވަރު ކުޅުންތެރިޔާ އެވެ. 2018 ވަނަ އަހަރު އިޓަލީގެ ޔުވެންޓަސް އަށް ރޮނާލްޑޯ ބަދަލުވިއިރު، 24 ގަޑިއިރުގެ ތެރޭގައި ރޮނާލްޑޯގެ 520،000 (ފަސް ލައްކަ ވިހި ހާސް) ޖާޒީ ވިއްކައިގެން ޔުވެންޓަސް އިން 60 މިލިއަން ޑޮލަރުގެ ފައިދާ އެއް ހޯދި ކަމަށް ފޯބްސް އިން މީގެ ކުރިން ވަނީ ރިޕޯޓު ކޮށްފައެވެ.

ކުޅިވަރުގެ މައިދާނުގައި ވެސް ރޮނާލްޑޯ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު، އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބަލޮންޑޯ އެވޯޑު މިހާތަނަށް ފަސް ފަހަރު ހޯދާފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

24 ފެބުރުއަރީ 2017
މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް
23 ފެބުރުއަރީ 2017

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް