Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19: އިންޑިއާގެ ޙާލަތު

ކޮވިޑް-19: ފާއިތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި އިންޑިއާއިން 9،851 ޕޮޒިޓިވް ކޭސް، 273 މަރު

5 ޖޫން 2020 | ހުކުރު 08:41

އިންޑިއާއިން ފާއިތުވެ ދިޔަ 24 ގަޑީއިރު 9،851 މީހުން ވައިރަސްއަށް ޕޮޒިޓިވް ވެފައިވޭ

ޒިހްނަތު ހަސަން
ޒިހްނަތު ހަސަން | 5 ޖޫން 2020 | ހުކުރު 08:41
ކޮމިއުނިޓީ ސަރވައިލަންސް ޕްރޮގުރާމުގެ ދަށުން ފަޤީރު ޞަރަޙައްދެއްގައި މީހުން ޓެސްޓު ކުރަނީ

ކޮމިއުނިޓީ ސަރވައިލަންސް ޕްރޮގުރާމުގެ ދަށުން ފަޤީރު ޞަރަޙައްދެއްގައި މީހުން ޓެސްޓު ކުރަނީ

ފާއިތުވި 24 ގަޑީއިރު އިންޑިއާއިން 9،851 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައި ވާއިރު، މިިއީ އިންޑިއާއިން ކޮވިޑް-19 ފެނުނު ފަހުން މިހާތަނަށް އެންމެ ގިނަ ކޭސްތައް ރިކޯޑު ކުރެވުނު ދުވަސްކަމަށް އެޤައުމުގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ބުނެފި އެވެ.

އިންޑިއާގެ ޞިއްޙަތާއި ބެހޭ ވުޒާރާއާއި ޙަވަލާދީ އެޤައުމުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، އިންޑިއާއިން ފާއިތުވެ ދިޔަ 24 ގަޑީއިރު 9،851 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، 273 މީހުން ވަނީ މަރުވެފަ އެވެ. މިއާއެކު އެޤައުމުގައި ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 2،26،770ށް އަރާފަ އެވެ. އަދި މަރުވީ މީހުންގެ ޖުމުލަ އަދަދަކީ 6،348 އެވެ. މިހާރުވެސް އެ ޤައުމުގައި 1،10،960ށް ފަރުވާދެމުން ދާއިރު، ފަރުވާ ދީގެން 1،09،462 މީހުން ވަނީ ބަލިން ފަސޭހަވެފަ އެވެ.

އިންޑިއާ އަކީ މުޅި ދުނިޔެއަށް ބަލާއިރު ހަތްވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ޤައުމެވެ. އިންޑިއާގައި ވައިރަސް ފެތުރެމުންދާ ޒާތައް ބަލާއިރު އެންމެ ގިނަ ޢަދަދަކަށް މީހުން ޕޮޒިޓިވްވެފައި ވަނީ މަހާރާޝްތުރާ، ޓެމިލްނާޑޫ، އަދި ގުޖުރާތު ސްޓޭޓުންނެވެ. މި ހަތަރު ސްޓޭޓުން ވެސް 10،000ށް ވުރެ ގިނަ މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން ރާޖެސްތާނާއި، އުއްތަރު ޕްރަދޭޝް ސްޓޭޓުގައިވެސް ޕޮޒިޓިވްވީ މީހުންގެ އަދަދު 10،000 ވަނީ ގާތްވެފަ އެވެ.

އެންމެ ގިނަ ޢަދަދަކަށް ވައިރަސްއަށް މީހުން ޕޮޒިޓިވްވި މާހާރާޝްތުރާ ސްޓޭޓުން 77،793 އަދި ޓެމިލްނާޑޫ ސްޓޭޓުން 27،256 މީހުން ޕޮޒިޓިވްވެފައި ވެއެވެ. އަދި ވެރިރަށް ނިއު ދިއްލީން 25،004، ގުޖުރާތު ސްޓޭޓުން 18،584، ރާޖެސްތާން ސްޓޭޓުން 9،862 އަދި އުއްތަރު ޕްރަދޭޝުން 9،237 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

އެންމެ ގިނަ އަދަދަކަށް މީހުން މަރުވީ ވެސް މަހާރާޝްތުރާ ސްޓޭޓުންނެވެ. އެ ސްޓޭޓުން 2،710 މީހުން މަރުވެފައި ވާއިރު ދެވަނަޔަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ ގުޖުރާތު ސްޓޭޓުންނެވެ. އެއީ 1،155 މީހުންނެވެ. މީގެ އިތުރުން ވެރިރަށް ނިއު ދިއްލީން 650 މީހުން މަރުވެފައި ވާއިރު، މާދްޔާ ޕްރަދޭޝް ސްޓޭޓުން 337 މީހުން އަދި ވެސްޓް ބެންގާލް ސްޓޭޓުން 355 މީހުން ވަނީ މަރުވެފަ އެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، ޖޫން 5 ވަނަ ދުވަހާއި ހަމަޔަށް އެޤައުމުގައި ފަރުވާދީގެން ރަނގަޅުވީ މީހުންގެ ނިޞްބަތް ހުރީ %48.2 ގައެވެ. އަދި މަރުވާ މީހުންގެ ރޭޓު ހުރީ %2.8ގައެވެ.

އިންޑިއާއިން ދަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވައިރަސްއަށް ތަހުލީލު ކުރުމުގެ ނިޒާމު ވަރުގަދަ ކުރުމުގެ ގޮތުން ލެބޯރެޓަރީތައް އިތުރުކޮށް ކޮމިއުނިޓީ ސަރވައިލެންސް ޕްރޮގުރާމެއްގެ ދަށުން ގިނަ އަދަދެއްގެ މީހުން ދަނީ ޓެސްޓު ކުރަމުންނެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

28 އޯގަސްޓު 2017

އުތުރު ކޮރެއާއިން ޖަޕާނާއި ދިމާލަށް ފޮނުވައިލި މިސައިލެއް ވައިގެ ތެރޭގައި ގޮވައިފި

28 އޯގަސްޓު 2017
އުތުރު ކޮރެއާއިން ޖަޕާނާއި ދިމާލަށް ފޮނުވައިލި މިސައިލެއް ވައިގެ ތެރޭގައި ގޮވައިފި
15 އޯގަސްޓު 2017

ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު ހަތަރު މަސްތެރޭގައި ފަސްލައްކަ އަށް އަރައިފި

15 އޯގަސްޓު 2017
ޔަމަނުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު ހަތަރު މަސްތެރޭގައި ފަސްލައްކަ އަށް އަރައިފި
10 އޯގަސްޓު 2017

ގުއާމް ކަނޑަށް ހަމަލާ ދިނުމާއި ބެހޭ ޕްލޭން އޯގަސްޓް މެދުތެރޭގައި ތައްޔާރު ވާނެ: އުތުުރު ކޮރެއާ

10 އޯގަސްޓު 2017
ގުއާމް ކަނޑަށް ހަމަލާ ދިނުމާއި ބެހޭ ޕްލޭން އޯގަސްޓް މެދުތެރޭގައި ތައްޔާރު ވާނެ: އުތުުރު ކޮރެއާ
01 އޯގަސްޓު 2017

މަގާމު ހަވާލުކުރިތާ 10 ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ވަކިކުރައްވައިފި

01 އޯގަސްޓު 2017
މަގާމު ހަވާލުކުރިތާ 10 ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ވަކިކުރައްވައިފި
30 މެއި 2017

ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި

30 މެއި 2017
ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި
28 މެއި 2017

އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

28 މެއި 2017
އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި
20 މެއި 2017

އިންޑިއާއިން ހޯދަމުންދާ ޑރ. ޒާކިރު ނައިކްއަށް ސައުދީ ސިޓިޒެންޝިޕް ދީފި

20 މެއި 2017
އިންޑިއާއިން ހޯދަމުންދާ ޑރ. ޒާކިރު ނައިކްއަށް ސައުދީ ސިޓިޒެންޝިޕް ދީފި
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
11 މާރިޗު 2017

ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ

11 މާރިޗު 2017
ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް