Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިމާވެށީގެ ދުވަސް

ގުދުރަތީ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ވުރެ އިތުރަށް ބޭނުން ކުރޭ: އެންވަޔަރަންމަންޓް މިނިސްޓްރީ

ކުދި ޖަޒީރާ ގައުމުތަކަކީ ގުދުރަތީ ވެއްޓަކާއި ވަސީލަތްތަކަށް ވަރަށް ބޮޑަށް ބަރޯސާ ވެގެންވާ ގައުމުތައް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 5 ޖޫން 2020 | ހުކުރު 03:49
ގަސް އިންދުމުގެ ޚާއްސަ ޕްރޮގުރާމުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަދި އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން

ގަސް އިންދުމުގެ ޚާއްސަ ޕްރޮގުރާމުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަދި އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން

ޤުދުރަތީ ވަޞީލަތްތައް އެކަށީގެންވާ މިންވަރަށް ވުރެ އިތުރަށް ބޭނުން ކުރާ ކަމަށާއި، ޚާއްޞަ ގޮތެއްގައި ޖަޒީރާ ޤައުމުތަކުން ތިމާވެއްޓަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފި އެވެ.

ހުކުރު ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރަމުން އަންނަ ތިމާވެށީގެ ދުވަސްކަމަށްވުމާއެކު، ދުވަހާއި ގުޅުވައިގެން އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ އިންސާނުންގެ ހުރިހާ ކަމެއް ޤުދުރަތީ ވެއްޓާއި ގުޅި ލާމެހިފައިވާ ކަމަށާއި، ވަކިން ޚާއްޞަކޮށް ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަކީ ޤުދުރަތީ ވެއްޓަކާއި ވަޞީލަތްތަކަށް ވަރަށް ބޮޑަށް ބަރޯސާ ވެގެންވާ ޤައުމުތައް ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެއަށް އަލިއަޅުވާލައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ އިޤުތިޞާދު ބިނާވެގެންވާ ދެ ސިނާއަތް ކަމަށްވާ ފަތުރުވެރިކަމާއި، މަސްވެރިކަމަކީ ދުޅަހެޔޮ ވެއްޓެއްގެ މައްޗަށް ބިނާވެފައިވާ ދެ ސިނާޢަތް ކަމަށެވެ. ކުދި ޖަޒީރާ ރަށްތައް އޭގެ ޒާތުގައި ސަލާމަތްތެރިކަމާއެކު އޮތުން ވަނީ ޤުދުރަތީ ވެއްޓާއި އަދި ވަކިން ޚާއްޞަކޮށް ފަރުގެ ވެއްޓާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައި ކަމަށާއި، ހިތްހަމަޖެހުމާއި މުނިފޫހިފިލުވުމާއި ނަފުސާނީ ދުޅަހެޔޮކަން ވެސް ވަނީ ޤުދުރަތީ މާޙައުލާއި ގުޅިފައި ކަމަށް މިނިސްޓްރީން ބުނެއެވެ.

ނަމަވެސް ގުދުރަތީ ވެއްޓާއި އެވެށީގެ މުއްސަދިކަމާއި މުހިންމުކަމުގެ އަގު އެންމެ ފުރިހަމަ ގޮތުގައި ވަޒަން ނުކުރެވޭ ކަމަށާއި، ވިސްނާލުމެއްނެތި ވެއްޓަށް ގެއްލުންވާ ފަދަ ކަންތައްކޮށް އެކަށީގެންވާ މިންވަރަށް ވުރެއް ގިނައިން ޤުދުރަތީ ވަޞީލަތްތައް ބޭނުން ކުރެވޭ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.

މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރު "ޓައިމް ފޯ ނޭޗަރ" އަށް އަލިއަޅުވާލައި އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި ޝިޢާރުން ދޭހަ ކޮށްދެނީ މިވަގުތަކީ ޤުދުރަތީ މާޙައުލުގެ ވަގުތު ކަމަށާއި، ޤުދުރަތީ މާޙައުލާއި، އެ މާޙާއުލުގެ މުހިންމުކަމާއި ބޭނުންތެރިކަމާމެދު ވިސްނާ ގުދުރަތީ މާޙައުލަށް އިސްކަމާއި އަހައްމިއްޔަތުކަން ދޭންވީ ވަގުތުކަން ކަމަށެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިބަލިމަޑުކަމުން އަރައިގަނެ ދިރިއުޅުން އަލުން ބިނާކުރަން މަސައްކަތް ކުރާއިރު މިޝިޢާރުގެ ބޭނުން ހިފައި ޤުދުރަތީ މާޙައުލަށް އިސްކަން ދިނުން ވަރަށް މުހިންމު ކަމަށާއި، ކުރު މުއްދަތުގެ އިޤުތިޞާދީ ފައިދާ އާއި މަންފާއަށް ޤުދުރަތީ ވެށި ޤުރުބާންކޮށް ވެށި ހަލާކުވުމުން އެވެށި އަލުން އާރާސްތުކުރުމުގެ އުޞޫލު ދޫކޮށްލާ، ޤުދުރަތީ މާޙައުލާއި ރަށްޓެހި، މާޙައުލުގެ ސަލާމަތްތެރިކަމަށް ވިސްނައިގެން އިޤުތިޞާދީ މަޝްރޫޢުތަށް ރޭވުން މުހިންމު ކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ދިވެހިންންނަކީ ފަރުގެ ދަރިންކަމުގައި ވާއިރު، ޢަމަލުތަކާއި ދިރިއުޅުމުގެ ވަށްޓަފާޅި، ފަރުތަކާއި އެފަރުތަކާއި ގުޅިފައިވާ ޤުދުރަތީ ނިޒާމުތަކަށް ވީހާ ވެސް ގެއްލުން ކުޑަ ގޮތަކަށް ބިނާކުރަން ޖެހޭ ކަމަށެވެ. އަދި ޤުދުރަތީ މާޙައުލަކީ އޭގެ ޒާތުގައި ވެސް އަގު ހުރި އެއްޗެއްކަމާމެދު ވިސްނައި ޤުދުރަތީ މާޙައުލަށް އިޙުތިރާމާއެކު ދިރިއުޅުން ބައްޓަން ކުރަން ޢަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ.

އެގޮތުން އިސްރާފުކުރުވަނި ގޮތުގައި ޤުދުރަތީ ވަޞީލަތްތައް ބޭނުންކުރުމާއި ދުރުވެ، ޤުދުރަތީ ވަޞީލަތްތައް ބޭނުންކުރާއިރު، އޭގެ ސަބަބުން މުޅި މާޙައުލީ ނިޒާމަށް ކުރާނެ އަސަރާމެދު ވިސްނުން ވަރަށް މުހިންމު ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ. އަދި މި ބަލިމަޑުކަމުން އަރައިގަނެ ނިއު ނޯމަލްއަކަށް ދާއިރު، ދިރިއުޅުމުގައި ވެސް ތިމާވެއްޓާއި ރަށްޓެހިގޮތްތައް ޚިޔާރުކުރުމަށް ޢަޒުމް ކަނޑައަޅައި ފަރުދީ ޒިންމާ އަދާކުރަން އެބަޖެހޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން ގޭބިސީގައި ކުނި އުފެދޭ މިންވަރު މަދުކޮށް، މޫދަށް ކުނި އުކުން ފަދަ ނޭދެވޭ އާދަތަށް ދޫކޮއްލަންޖެހޭ ކަމަށާއި، ބޭނުންވާ ވަރަށް ވުރެ އެއްޗެހި ނުގަތުމަށާއި، އަލުން އެއްޗެހި ބޭނުންކުރުމާއި ތިމާވެށީގެ ދިފާޢުގައި އަޑު އުފުލުން ފަދަ އާދަތަށް އަށަގަންނަން ޖެހޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ތިމާވެށީގެ މުހިންމު ކަމާއި މެދު ހޭލުންތެރިކަން އިތުރުކޮށް، ދުނިޔޭގެ އެކި ޤައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ސަމާލުކަން އިތުރުކޮށް، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ފުރުޞަތު ހޯދައިދިނުމަށް ޔުނައިޓެޑް ނޭޝަންސް އިން މިދުވަސް ފާހަގަ ކުރާތާ 46 އަހަރު ވީއިރު، މި ދުވަހަކީ ކޮންމެ އަހަރަކު ތިމާވެއްޓަށް ލޯބި އިތުރުކޮށް، މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ލިބޭ ފުރުޞަތެކެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރަކީ "ޓައިމް ފޮރ ނޭޗަރ" އެވެ. އަދި މިއަހަރު އަލިއަޅުވާލުމަށް ނިންމާފައި ވަނީ ދިރޭތަކެއްޗަށެވެ. އަދި މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރު " ޓައިމް ފޮރ ނޭޗަރ" އާއި ގުޅޭ ކުރެހުންތައް WorldEnvironmentDayMv#ForNature# މި ހޭޝްޓެގްތަކާއެކު މީސް މީޑިއާއަށް ލުމުގެ ފުރުޞަތު މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން

ރީރަޖިސްޓްރޭޝަނަށް އެކަށީގެންވާ މުއްދަތެއް ދޭނަން: އިލެކްޝަންސް ކޮމިޝަން

11 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު