Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅުންތެރިންނަށް ފިޔަވަޅު ނާޅަން ނިންމުން

ފްލޮއިޑަށް އިންސާފު ހޯދައިދޭން ގޮވާލި ކުޅުންތެރިންނަށް ފިޔަވަޅު ނާޅަން ޖަރުމަން އެފްއޭ އިން ނިންމައިފި

4 ޖޫން 2020 | ބުރާސްފަތި 07:46

ޖަރުމަން ލީގުގެ ބައެއް ކުޅުންތެރިން ވަނީ ފްލޮއިޑަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 ޖޫން 2020 | ބުރާސްފަތި 07:46
ބޮރޫޝިއާ ޑޯޓްމަންޑުގެ ޖޭޑަން ސަންޗޯ: އޭނާ ވަނީ \"ޖަސްޓިސް ފޯ ޖޯޖް ފްލޮއިޑް\" ޖަހާފައިވާ މެސެޖެއް ދައްކާލާފައި

ބޮރޫޝިއާ ޑޯޓްމަންޑުގެ ޖޭޑަން ސަންޗޯ: އޭނާ ވަނީ \"ޖަސްޓިސް ފޯ ޖޯޖް ފްލޮއިޑް\" ޖަހާފައިވާ މެސެޖެއް ދައްކާލާފައި

އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑަށް އިންސާފު ހޯދައިދޭން ގޮވާލި ކުޅުންތެރިންނަށް ފިޔަވަޅު ނާޅަން ޖަރުމަން އެފްއޭ އިން ނިންމައިފި އެވެ.

ޖޯޖް ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ދޮން ނަސްލުގެ ފުލުހަކު ވަނީ ފްލޮއިޑްގެ ކަރަށް ކަކުލުން އަރައި މަރާލާފަ އެވެ. އެއާއެކު ގިނަ ކުޅިވަރު ތަރިން އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

އެގޮތުން ޖަރުމަނު ލީގުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުތަކުގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރިއިރު ބޮރޫޝިއާ ޑޯޓްމަންޑުގެ ޖޭޑަން ސަންޗޯ އާއި އަޝްރަފް ހަކީމީ ވަނީ "ޖަސްޓިސް ފޯ ޖޯޖް ފްލޮއިޑް" ޖަހާފައިވާ މެސެޖެއް ދައްކާލާފަ އެވެ. އަދި ބޮރޫޝިއާ މުންޗެންގްލަޑްބެކްގެ ފޯވަރޑް މާކަސް ތުރާމް ވަނީ ލަނޑު ޖެހުމަށްފަހު ކަކޫ ޖައްސައިގެން އިށީނދެފައެވެ. އޭގެ އިތުރަށް ޝާލްކޭ އަށް ކުޅެމުން އަންނަ އެމެރިކާގެ މިޑްފީލްޑަރު ވެސްޓެން މެކެނީ މެޗަށް ނުކުތީ އޭނާގެ އަތުގައި ހާއްސަ ބޭންޑެއް އަޅައިގެންނެވެ.

ފުޓްބޯޅަ މެޗުގެ ތެރެއިން އެފަދަ ކަމަކާ ގުޅޭގޮތުން ހިޔާލު ފާޅުކުރުމުގެ ޖާގައެއް ނޯންނާނެ ކަމަށް ބުނެ، ޖަރުމަނު އެފްއޭ އިން މީގެ ކުރިން ވަނީ މެޗުގެ ތެރެއިން ޝުއޫރުފާޅުކުރި ކުޅުންތެރިންގެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ބުނެފައެވެ. އެއާއެކު ގިނަ ބައެއްގެ ފާޑު ކިޔުން ޖަރުމަން އެފްއޭ އަށް އަމާޒުވިއިރު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ އެ ކުޅުންތެރިންނަށް އަދަބު ދިނުމަކީ ރަނގަޅު ނިންމުމަކަށް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އިންފަންޓީނޯ ވިދާޅުވީ ނަސްލީ ތަފާތުކުރުން ހުއްޓާލުމަށް ފީފާ އިން ވެސް ވަރަށް ބޮޑަށް ބާރު އަޅާ ކަމަށާއި، އެކަމަށް ގޮވާލާ ކުޅުންތެރިންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ތައުރީފު ހައްގު ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އަޑުއުފުލާ ކުޅުންތެރިންނަށް އަދަބު ނުދޭން އިންފަންތީނިއޯ ވަނީ ގޮވާލާފައެވެ.

އެއާއެކު ޖަރުމަން އެފްއޭ އިން ވަނީ ފްލޮއިޑަށް އިންސާފު ހޯދައިދޭން ގޮވާލި ކުޅުންތެރިންނަށް ފިޔަވަޅު ނާޅަން ނިންމާފަ އެވެ.

ޖަރުމަން ލީގުގެ އިތުރުން ޕްރިމިއާ ލީގުގެ ކްލަބުތަކުގެ ކުޅުންތެރިންވެސް އަންނަނީ ފްލޮއިންޑަށް އިންސާފު ހޯދައިދޭން ގޮވާލަމުންނެވެ. މީގެ ކުރިން އިނގިރޭސި އެފްއޭ އިން ވަނީ ޕްރިމިއާ ލީގުގައި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އަޑުއުފުލާ އެއްވެސް ކުޅުންތެރިއަކަށް ފިޔަވަޅު ނާޅާނެކަން ހާމަކޮށްފަ އެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

17 މެއި 2017

މޮޅު މިވީ މަހެއް ތެރޭގައި ކުޅުނު 8 ވަނަ މެޗުން، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ

17 މެއި 2017
މޮޅު މިވީ މަހެއް ތެރޭގައި ކުޅުނު 8 ވަނަ މެޗުން، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ
13 މެއި 2017

ހުރިހާ ޝުކުރެއް ހައްގުވަނީ ކުޅުންތެރިންނަށް: ސެކުލޮސްކީ

13 މެއި 2017
ހުރިހާ ޝުކުރެއް ހައްގުވަނީ ކުޅުންތެރިންނަށް: ސެކުލޮސްކީ
03 މެއި 2017

ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ

03 މެއި 2017
ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ
30 އެޕްރީލު 2017

ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި

30 އެޕްރީލު 2017
ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި
26 އެޕްރީލު 2017

މިއީ ވަރަށް މުހިންމު މޮޅެއް، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ

26 އެޕްރީލު 2017
މިއީ ވަރަށް މުހިންމު މޮޅެއް، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ
23 އެޕްރީލު 2017

ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް

23 އެޕްރީލު 2017
ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް
05 އެޕްރީލު 2017

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ
18 މާރިޗު 2017

އަންހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމާއެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހު

18 މާރިޗު 2017
އަންހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމާއެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހު
01 މާރިޗު 2017

މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ

01 މާރިޗު 2017
މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް