Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސަޕޯޓަރުންނަށް ދަނޑުތައް ހުޅުވާލުން

ސީޒަން ނިމުމުގެ ކުރިން ސަޕޯޓަރުންނަށް ދަނޑުތައް ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރަން: ގްރަވީނާ

ޖޫން 20 ގައި އިޓާލިއަން ލީގު ފަށަން ވަނީ ނިންމާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 2 ޖޫން 2020 | އަންގާރަ 14:40
އިޓާލިއަން ލީގުގައި މީގެ ކުރިން ޔުވެންޓަސް ކުޅުނު މެޗެއްގެ ތެރެއިން އެ ޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ

އިޓާލިއަން ލީގުގައި މީގެ ކުރިން ޔުވެންޓަސް ކުޅުނު މެޗެއްގެ ތެރެއިން އެ ޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ

މި ސީޒަނުގެ އިޓާލިއަން ލީގު ނިމުމުގެ ކުރިން ސަޕޯޓަރުންނަށް ދަނޑު ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިޓާލިއަން ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ގެބްރިއަލީ ގްރަވީނާ ވިދާޅުވެއްޖެ އެވެ.

އިޓަލީގެ ސަރުކާރުގެ ހުއްދަ އާއެކު އިޓާލިއަން ލީގު ޖޫން މަހުގެ 20 ވަނަ ދުވަހު ފަށަން މިހާރު ވަނީ ނިންމާފަ އެވެ. އަދި އޭގެ ކުރިން ޖޫން މަހުގެ 13 ވަނަ ދުވަހު އިޓާލިއަން ކަޕްގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ވެސް ވަނީ ތާވަލު ކޮށްފަ އެވެ. މެޗުތައް ކުރިއަސް ގެންދަން މިހާރު ނިންމާފައި ވަނީ ދަނޑަށް ސަޕޯޓަރުން ނުވައްދަ އެވެ.

ޖޫން މަހުގެ 20 ވަނަ ދުވަހު އިޓާލިއަން ލީގު އަލުން ފަށާއިރު، އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ކުރިން އިޓާލިއަން ލީގު ނިންމަން މީގެ ކުރިން ވަނީ ކަނޑައަޅާފަ އެވެ.

އިޓަލީގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި ގްރަވީނާ ވިދާޅުވީ 60،000 އާއި 80،000 އާ ދެމެދުގެ ޖާގަ އޮންނަ ބޮޑެތި ދަނޑުތަކަށް ވަކި އިންސައްތައަކަށް ސަޕޯޓަރުން ވައްދައިގެން ސީޒަންގެ ވަކި ހިސާބަކުން މެޗުތައް ކުރިއަށް ގެންދިޔުމަކީ އުންމީދެއް ކަމަށެވެ. އަދި މިކަމަށް އަމަލުކުރުން ނާދިރު ކަމަށާއި، އެކަމަކު ހާއްސަ އުސޫލުތަކެއް ކަނޑައަޅައިފި ނަމަ އެކަން އެގޮތަށް ވާނެ ކަމަށެވެ. ގްރަވީނާ އިތުރަށް ވިދާޅުވީ ދަނޑުތައް ސަޕޯޓަރުންނަށް ހުޅުވާލެވޭ ދުވަހަކީ އިޓަލީ އަށް ވެސް އިތުރު ހިތްވަރެއް ކަމަށެވެ.

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލާފައިވާ އިޓާލިއަން ލީގު ޖޫން މަހުގެ 20 ވަނަ ދުވަހު ފަށަން ތާވަލުކުރި އިރު، އިޓާލިއަން ލީގުގެ ކްލަބުތަކުން ކުޅުންތެރިން ވަނީ ކޮވިޑް-19ށް ޓެސްޓު ކޮށްފަ އެވެ. އެގޮތުން މިހާތަނަށް ޕާމާގެ ދެ ކުޅުންތެރިއަކާއި، ސަމްޕްޑޯރިއާގެ ހަތަރު ކުޅުންތެރިއަކާއި، ޓޮރީނޯގެ ކުޅުންތެރިއެއްގެ އިތުރުން ފިއޮރެންޓީނާގެ ތިން ކުޅުންތެރިއަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފަ އެވެ.

އިޓާލިއަން ލީގުގައި ބާކީ އޮތް ބައިގައި، 8 ޓީމަކުން 13 މެޗު ކުޅެން ޖެހޭއިރު، ބާކީ ޓީމުތަކަށް އޮތީ 12 މެޗެވެ. އިޓާލިއަން ލީގު މެދުކަނޑާލި އިރު، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އޮތީ ތާވަލުގެ އެއްވަނައިގައި 26 މެޗުން 63 ޕޮއިންޓާއެކުގަ އެވެ. ދެވަނައިގައި އޮތް ލާޒިއޯ އަށް 26 މެޗުން ލިބިފައިވަނީ 62 ޕޮއިންޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި

ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި

20 އެޕްރީލު 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި

09 މާރިޗު 2017
 ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

07 މާރިޗު 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު