Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 މައިގްރަންޓްސް ރިލީފް ފަންޑަށް 1.3 މިލިއ

ރެޑް ކްރެސެންޓުން ބިދޭސީންނަށް އެހީވުމަށް ހުޅުވާލި ފަންޑަށް 1.3 މިލިއަން ރުފިޔާ!

މިފަންޑުގެ ބޭނުމަކީ ކޮވިޑް-19 ގެ އިގުތިސާދީ ދަތިކަން ކުރިމަތިވެފައިވާ ބިދޭސީންނަށް އެހީވުން

އަމްނާ އިމާދު
އަމްނާ އިމާދު | 2 ޖޫން 2020 | އަންގާރަ 07:56
ތޮއްޖެހިގެން ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ފެސިލިޓީތަކަށް ގެންދެވިފައިވޭ

ތޮއްޖެހިގެން ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ފެސިލިޓީތަކަށް ގެންދެވިފައިވޭ

ދިވެހި ރެޑް ކްރެސެންޓްގެ ކޮވިޑް-19 މައިގްރަންޓްސް ރިލީފް ފަންޑަށް 1.3 މިލިއަން ދިވެހި ރުފިޔާގެ އެހީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނާއި ހެޔޮއެދޭ ފަރާތްތަކުން ހަދިޔާކޮށްފި އެވެ.

ރެޑް ކްރެސެންޓުން ލޯންޗުކުރި މިފަންޑަށް ފައިސާ ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލީ މެއި މަހުގެ އެއްވަނަ ދުވަހުއެވެ. އަދި ޖޫން މަހުގެ އެއްވަނަ ދުވަހު ވަނީ މިފަންޑު ބަންދުކޮށްފައެވެ.

Advertisement - newsAdvertisement

މިފަންޑާ ބެހޭ ގޮތުން ރެޑް ކްރެސެންޓުން ބުނީ ފަންޑު ބަންދުކުރިއިރު، ފަންޑަށް ބޭނުންކުރެވުނު ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހަތަރު އެކައުންޓަށް މުޅި ޖުމްލަ އެއް މިލިއަން ތިން ލައްކަ ހަތްދިހަ ހަތަރު ހާސް ހަތްސަތޭކަ ސާޅީސް ފަސް ރުފިޔާ ހަތްދިހަ ނުވަ ލާރި (1,374,745.79) އެކި ފަރާތްތަކުން ހަދިޔާކޮށްފައިވާ ކަމަށެވެ.

ރެޑް ކްރެސެންޓުން ބުނީ މިފަންޑުގެ ބޭނުމަކީ ކޮވިޑް-19 ގެ އިގުތިސާދީ ދަތިކަން ކުރިމަތިވެފައިވާ ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ވެސް ރެޑް ކްރެސެންޓުގެ ފަރާތުން ހިންގަމުންދާ ހަރަކާތްތައް އިތުރަށް ފުޅާކޮށް، ހާލުގައި ޖެހިފައިވާ ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

އެގޮތުން ރެޑް ކްރެސެންޓުގެ މާލޭ ގޮފީގެ ފަރާތުން ހިންގާ މައިގްރަންޓްގެ ސަޕޯޓް ސެންޓަރުން ދަނީ ބިދޭސީންނަށް ކާބޯތަކެތި ހަމަޖައްސައިދިނުމާއި، ސާފުތާހިރުވުމަށް ބޭނުންވާ ސާމާނު ފޮރުކޮށްދިނުމުގެ އިތުރުން އެހެނިހެން ކަންކަމުންގައި ވެސް ހަރަކާތްތެރިވަމުންނެވެ.

ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިއްޔާ ވިދާޅުވީ، ކޮވިޑް-19 މައިގްރަންޓްސް ފަންޑަށް ލިބިފައިވާ ފައިސާގެ 85 އިންސައްތަ ބޭނުންކުރާނީ ހާލުގައި ޖެހިފައިވާ ބިދޭސީންގެ ކޮއްތު ހަމަޖައްސައިދިނުމުގެ މަސައްކަތަށް ކަމަށެވެ. އަދި ފަންޑުގެ 10 އިންސައްތަ ޕްރޮމޯޝަންގެ ހަރަކާތްތަކަށް ކަނޑައެޅިފައިވާއިރު، އިދާރީ ހަރަދުތަކަށް ފަސް އިންސައްތަ ބޭނުންކުރާނެ ކަމަށް ހިއްޔާ ވިދާޅުވިއެވެ.

އާއްމުންގެ އެހީތެރިކަމާއެކު މައިގްރަންޓް ސަޕޯޓް ސެންޓަރުން ވަނީ މިހާތަނަށް 3،600 އަށް ވުރެ ގިނަ ބިދޭސީންނަށް 100،000 އަށްވެރު ގިނަ މީލްޕެކް ފޯރުކޮށްދީފަ އެވެ. އަދި ސައިބޯނި، ޝޭމްޕޫ، ތުވާލި، ދަތް އުނގުޅާ ބުރުސް އަދި ބޭސް ހިމެނޭ 550 ހައިޖީންކިޓްސް މިހާތަނަށް އެކި ފަރާތްތަކަށް ފޯރުކޮށްދީފައިވެއެވެ.

އިތުރަށް ކިޔާލަން

18 މެއި 2017

އައްޑޫ ރައްޔިތުންނަށް އެހީވުމަށް ރާއްޖެޓީވީން "އައްޑޫރިލީފް ފަންޑް" ހުޅުވައިފި

18 މެއި 2017
އައްޑޫ ރައްޔިތުންނަށް އެހީވުމަށް ރާއްޖެޓީވީން "އައްޑޫރިލީފް ފަންޑް" ހުޅުވައިފި
26 އެޕްރީލު 2017

ރެޑްވޭވް ރޯދަ ސޭލް ފަށައިފި

26 އެޕްރީލު 2017
ރެޑްވޭވް ރޯދަ ސޭލް ފަށައިފި
14 އެޕްރީލު 2017

ރާއްޖެޓީވީއަށް އެހީވުމަށްޓަކާ އައްޑޫސިޓީގައި "އަބުރު ފޮއްޓެއް" ބަހައްޓައިފި

14 އެޕްރީލު 2017
ރާއްޖެޓީވީއަށް އެހީވުމަށްޓަކާ އައްޑޫސިޓީގައި "އަބުރު ފޮއްޓެއް" ބަހައްޓައިފި
25 މާރިޗު 2017

ރާއްޖެ ޓީވީއަށް އެހީވުމަށް ޅ. ނައިފަރުގައި "އަބުރު ފަންޑު" ހުޅުވައިފި

25 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް ޅ. ނައިފަރުގައި "އަބުރު ފަންޑު" ހުޅުވައިފި
20 މާރިޗު 2017

ބިން ވިއްކޭގޮތަށް ވޯޓުދިނީ ބިރުދެއްކުމުން ކަމަށް ރެޑްވޭވް ސަލީމް ވިދާޅުވި: އަލީ ޙުސައިން

20 މާރިޗު 2017
ބިން ވިއްކޭގޮތަށް ވޯޓުދިނީ ބިރުދެއްކުމުން ކަމަށް ރެޑްވޭވް ސަލީމް ވިދާޅުވި: އަލީ ޙުސައިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު