Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖޯޖް ފްލޮއިޑަށް އިންސާފު ހޯދައިދިނުން

ފްލޮއިޑަށް އިންސާފު ހޯދައިދޭން ކުޅިވަރު ތަރިން ގޮވާލަނީ

2 ޖޫން 2020 | އަންގާރަ 07:26

ޖޯޖް ފްލޮއިންޑު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ދޮން ނަސްލުގެ ފުލުހަކު ވަނީ ފްލޮއިޑްގެ ކަރަށް ކަކުލުން އަރައި މަރާލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 ޖޫން 2020 | އަންގާރަ 07:26
ލިވަޕޫލުން ފަރިތަކުރުންތައް ފެށީ ކުޅުންތެރިން ކަކޫ ޖައްސައިގެން އިށީނދެ އިނުމަށްފަހު

ލިވަޕޫލުން ފަރިތަކުރުންތައް ފެށީ ކުޅުންތެރިން ކަކޫ ޖައްސައިގެން އިށީނދެ އިނުމަށްފަހު

އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑަށް އިންސާފު ހޯދައިދޭން ކުޅިވަރު ތަރިން ގޮވާލަން ފަށައިފި އެވެ.

ޖޯޖް ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ދޮން ނަސްލުގެ ފުލުހަކު ވަނީ ފްލޮއިޑްގެ ކަރަށް ކަކުލުން އަރައި މަރާލާފައެވެ. އެއާއެކު މުޅި އެމެރިކާގެ އިތުރުން ޔޫރަޕްގެ ގައުމުތަކުގައި ވެސް އަންނަނ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާ ކުރަމުންނެވެ.

ފްލޮއިޑަށް އިންސާފު ހޯދައިދޭން އެކި ކުޅިވަރު ތަރިން ގޮވާލަމުން އަންނައިރު، އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ލިވަޕޫލުން ހޯމަ ދުވަހު ފަރިތަކުރުންތައް ފެށީ ހުރިހާ ކުޅުންތެރިން ކަކޫ ޖައްސައިގެން އިށީނދެ އިނުމަށްފަހު އެވެ.

އަދި ޖަރުމަނު ލީގުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުތަކުގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރިއިރު ބޮރޫޝިއާ ޑޯޓްމަންޑުގެ ޖޭޑަން ސަންޗޯ އާއި އަޝްރަފް ހަކީމީ ވަނީ "ޖަސްޓިސް ފޯ ޖޯޖް ފްލޮއިޑް" ޖަހާފައިވާ މެސެޖެއް ދައްކާލާފައެވެ. އަދި ބޮރޫޝިއާ މުންޗެންގްލަޑްބެކްގެ ފޯވާޑް މާކަސް ތުރާމް ވަނީ ލަނޑު ޖަހުމަށްފަހު ކަކޫ ޖައްސައިގެން އިށީނދެފައެވެ.

ފްލޮއިޑްގެ ޖަނާޒާގެ ޚަރަދުތައް ބެލުމަށް މަޝްހޫރު ބޮކްސިން ތެޅުންތެރިޔާ ފްލޮއިޑް މޭވެދާ ނިންމާފައިވާއިރު، ޓެނިހުގެ ތަރިން ކަމަށްވާ ސެރީނާ ވިލިއަމްސް އާއި ނައޯމީ އޮސާކާ އާއި ކޮކޯ ގޯފް އަދި ފްރާންސެސް ޓިއާފޯ ވެސް ވަނީ ފްލޮއިޑް މަރާލި މައްސަލައިގައި އަޑު އުފުލާފައެވެ. އަދި ބާސްކެޓްބޯޅަ ލެޖެންޑް މައިކަލް ޖޯޑަން ވަނީ ނަސްލީ ތަފާތު ކުރުން މިހާރު ގޮސްފައިވާ ހިސާބުގެ ސަބަބުން ވަރަށް ބޮޑަށް ރުޅި ގަދަވާ ކަމަށް ބުނެފައެވެ.

ފްލޮއިޑްގެ މަރުގެ މައްސަލައިގައި ގިނަ ބަޔަކު އަޑު އުފުލަމުންދާއިރު، އެމެރިކާގައި އާންމުންނާއި ފުލުހުންގެ ދެމެދުގައި އަންނަނީ ހަމަނުޖެހުންތައް ހިނގަމުންނެވެ. ފްލޮއިޑްގެ މަރުގެ ހާދިސާ ހިނގައިދިޔައީ އެމެރިކާގެ މިނިއާޕޮލިސް ގައެވެ. މަންޒަރު ބަލަށް ހުރި މީހަކު ސޯޝަލް މީޑިއާ އަށް ދޫކޮށްލާފައިވާ ވީޑިއޯއަކުން، ދޮން ނަސްލުގެ ފުލުހަކު ކަމަށްވާ ޑެރެކް ޝޯވިން، ފްލޮއިޑް ގެ ކަނދުރާ މައްޗަށް ކަކޫ ލައިގެން ހުންނަ މަންޒަރު ފެނެ އެވެ. އަދި އޭނާ ބިންމަތީގައި އޮވެގެން ނޭވާ ނުލެވިގެން، "އަހަންނަކަށް ނޭވާ ނުލެވެޔޭ" ބުނާ އަޑު ދެތިން ފަހަރަކު އިވެ އެވެ.

މަންޒަރު ބަލަން ތިބި މީހުން ފްލޮއިޑް އަށް ނޭވާ ނުލެވޭ ކަމަށް ބުނުމުންވެސް، ފުލުސް މީހާ އަޅާ ވެސް ނުލަ އެވެ. ފްލޮއިޑް ނޭވާ ހާސްވެގެން އާދޭސް ކުރިއިރު، އޭނާ އޮތީ އަނގަވަތަށް، ފަހަތަށް ބިޑި އަޅުވާފަ އެވެ. އެތަނުން އެމްބިއުލާންސެއްގައި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް، ފްލޮއިޑް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ހާމަކޮށްފަ އެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން ކުޅިވަރު ފެސްޓިވަލެއް ބާއްވައިފި

08 ނޮވެމްބަރު 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން ކުޅިވަރު ފެސްޓިވަލެއް ބާއްވައިފި
22 ޖުލައި 2017

ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

22 ޖުލައި 2017
ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި
05 ޖޫން 2017

ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

05 ޖޫން 2017
ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި
22 މެއި 2017

ނެޓްބޯޅައިގެ ފޯރިގަދަ، ބަޔަކު އުޅެނީ މި ކުޅިވަރު ހަލާކުކޮށްލަން: ޝާޒް

22 މެއި 2017
ނެޓްބޯޅައިގެ ފޯރިގަދަ، ބަޔަކު އުޅެނީ މި ކުޅިވަރު ހަލާކުކޮށްލަން: ޝާޒް
26 މާރިޗު 2017

އޮސްޓްރެލީއާގެ ތަރިންގެ ޓީމަކުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި

26 މާރިޗު 2017
އޮސްޓްރެލީއާގެ ތަރިންގެ ޓީމަކުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
12 މާރިޗު 2017

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު
12 މާރިޗު 2017

ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި

12 މާރިޗު 2017
ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި
01 މާރިޗު 2017

މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ

01 މާރިޗު 2017
މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ
03 ފެބުރުއަރީ 2017

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

03 ފެބުރުއަރީ 2017
ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް