Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލްތަކުގެ ދައުރު ދިގުދައްމާލުން

ގާނޫނުއަސާސީ އިސްލާހު ކުރުން: ބިލު ތަސްދީގު ކުރެއްވުމާއެކު، ކައުންސިލްތަކުގެ ދައުރު ދިގުދައްމާލެވިއްޖެ

2 ޖޫން 2020 | އަންގާރަ 11:49

ޤާނޫނު އަސާސީ އިސްލާހު ކުރުމަށް ފާސްވެފައި ވަނީ 74 މެމްބަރުންގެ ވޯޓުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 2 ޖޫން 2020 | އަންގާރަ 11:49
ހޯމަ ދުވަހުގެ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން: ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހާއެކު އައު ކައުންސިލްތައް އުފެދެންދެން މިހާރު އޮތް ކައުންސިލްތައް ދެމިއޮންނާނެ

ހޯމަ ދުވަހުގެ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން: ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހާއެކު އައު ކައުންސިލްތައް އުފެދެންދެން މިހާރު އޮތް ކައުންސިލްތައް ދެމިއޮންނާނެ

ކައުންސިލްތަކުގެ އިންތިޚާބެއް ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދެމިގެންދާ ގޮތަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަޞްދިޤު ކުރައްވައިފި އެވެ.

ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)އަށް އިޞްލާޙު ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި އަދި ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤު ކުރުމާއެކު، މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު މިވަނީ، އައު ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން ދިގު ދައްމާލެވިފަ އެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހުގެ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ދެ ވަނަ ޖަލްސާގައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 74 މެންބަރުންގެ އިއްތިފާޤުން ނެވެ.

ކޮވިޑް-19 އާ ގުޅިގެން އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްތަކުގެ އިންތިޚާބު ވަނީ ފަސް ކުރެވިފަ އެވެ. އެއާއެކު މިހާރު އިންތިޚާބު ކުރެވިފައިވާ ކައުންސިލްތަކުގެ މުއްދަތު ޖޫން މަހުގެ 3 ވަނަ ދުވަހު ހަމަވާތީ އެކަމަށް ޤާނޫނީ ޙައްލެއް ގެނައުމުގެ ގޮތުން، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމެވެ.

މި ބިލުގެ ބަހުޘް މަރުޙަލާގައި މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރެވޭނެތޯ މެންބަރުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުން ތަކާއެކު އެންމެފަހުން މަޖިލީހުން ވަނީ މިކަމުގައި އިސްތިޝާރީ ލަފަކަށް ސުޕްރީމް ކޯޓުގައި އެދިފަ އެވެ.

މިކަމާއި ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އިސްތިޝާރީ ލަފައެއް ނެރެފަ އެވެ. މިލަފާގައި ވަނީ ޤާނޫނުއަސާސީގައި އިންތިޤާލީ މާއްދާއެއް ހިމެނުމަށެވެ. އަދި ޤާނޫނުއަސާސީ އަށް އިޞްލާޙު ނުގެނެސް، ކައުންސިލަރުންގެ ދައުރު ދައްމާނުލެވޭނެ ކަމަށް ލަފާގައި ވެއެވެ. ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި މި މަޤުޞަދު ޙާޞިލު ކުރުމަށްޓަކައި ޤާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިޤާލީ މާއްދާއެއް ހިމެނުމަކީ ވެސް އެންމެ ރަނގަޅުގޮތެއް ކަމަށް ފެންނަ ކަމަށް ސުޕްރީމް ކޯޓުގެ ލަފާގައި ރަޢުޔުގައި ވިދާޅުވެފައި ވެއެވެ.

މި މައްސަލަ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމާފައި ވަނީ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާ އަށް (ޅ) އަދި (ކ) އިތުރު ކުރުމަށެވެ. އެގޮތުން (ޅ) ގައި ބުނެފައި ވަނީ 3 ޖޫން 2017 ގައި އިންތިޚާބު ކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތކާއި ސިޓީ ކައުންސިލްތަކުގެ އުމުރު ހަމަވާއިރު އެ ކައުންސިލްތަކަށް އައު މެންބަރުން އިންތިޚާބު ނުކުރެވިއްޖެ ހިނދެއްގައި އެ ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވަން ޖެހޭ އިންތިޚާބު ބާއްވާ އެ ކައުންސިލްތަކަށް އަލަށް އިންތިޚާބު ކުރެވޭ މެންބަރުން އެމީހުންގެ މަޤާމާއި ޙަވާލުވަންދެން މިހާރު އިންތިޚާބުކޮށްފައިވާ އަދި މަޤާމުގައި ދެމިތިބި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުން އެމީހެއްގެ މަޤާމުގައި ދެމިތިބޭނެ ކަމަށެވެ.

އަދި (ކ) ގައި ބުނެފައި ވަނީ މި މާއްދާގެ (ޅ) ގައި ބަޔާން ކުރާ އިންތިޤާލީ މުއްދަތުގައި މަޤާމުގައި ދެމި ތިވޭ ކައުންސިލްތަކުގެ މެންބަރުން މަޤާމުގައި ދެމި ތިބޭއިރު އެ މެންބަރުން ޢަމަލު ކުރާނީ އިންތިޤާލީ އުޞޫލުތައް ރައްޔިތުންގެ މަޖިލީހުގައި ފާސްކުރާ ޤާނޫނެއްގައި ކަނޑައަޅަންވާނެ ކަމަށެވެ.

އެ އިޞްލާޙުގެ (ކ) އެބުނާ، އިންތިޤާލީ މުއްދަތުގައި މަޤާމުގައި ދެމި ތިބޭ ކައުންސިލްތަކުގެ މެންބަރުން މަޤާމުގައި ދެމި ތިބޭއިރު އެ މެންބަރުން ޢަމަލުކުރާނެ އިންތިޤާލީ އުޞޫލުތައް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައި ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. ޤާނޫނަކީ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" އެވެ. ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ އެ ބިލު ފާސްކުރުމާއެކު، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" ވަނީ ހޯމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް