Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖެންޑާ މިނިސްޓްރީގެ ޚިދުމަތް

އާމްދަނީ ދަށްވެ ވަޒީފާތައް ގެއްލުމާ ގުޅިގެން ކުލި ނުދެއްކިގެން 220 މީހަކު މައްސަލަ ހުށަހަޅާފައިވޭ: ޖެންޑާ މިނިސްޓްރީ

2 ޖޫން 2020 | އަންގާރަ 07:37

އާމްދަނީ ދަށްވެގެން މާލޭގެ ރަށްވެހިން ވެސް ރިޕޯޓު ކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 2 ޖޫން 2020 | އަންގާރަ 07:37
އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަަރު ފާތިމަތު ޔުމްނާ ވާހަކަ ދައްކަވަނީ

އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަަރު ފާތިމަތު ޔުމްނާ ވާހަކަ ދައްކަވަނީ

ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް އައި ހީނަރުކަމާއެކު ގިނަ ބައެއްގެ އާމްދަނީ ދަށްވެ ވަޒީފާތައް ގެއްލުމާ ގުޅިގެން ކުލި ނުދެއްކިގެން 220 މީހަކު މައްސަލަ ހުށަހެޅި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ހޯމަ ދުވަހުގެ ރޭ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަަރު ފާތިމަތު ޔުމްނާ ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން އެކި ގޮތްގޮތުން ދަތިތައް ކުރިމަތިވި ގިނަ ބަޔަކަށް މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ފޯރުކޮށް ދެމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ޔުމްނާ ވިދާޅުވީ އާމްދަނީ ދަށްވެގެން ނުވަތަ އަދާކުރަމުން ދިޔަ ވަޒީފާ ގެއްލިގެން ހަރަދުތައް ނުބެލެހެއްޓިގެން ގިނަ ބަޔަކު މިނިސްޓްރީގެ އެހީތެރިކަމަށް އެދިފައިވާ ކަމަށާއި، މިހާތަނަށް ކުލި ނުދެއްކިގެން ނުވަތަ ބޯހިވަހިކަން ލިބުމުގައި ދަތިތައް ކުރިމަތިވެގެން 220 މީހަކު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެއްދުވަހުން އަނެއް ދުވަހަށް މިއަދަދު އިތުރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި މާލޭގެ ރަށްވެހިން ހިމެނޭކަން ޔުމްނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޔުމްނާ ވިދާޅުވީ މާލޭގައި ދިރިއުޅެމުން ދިޔަ އާއިލާތަކަށް ދިމާވި ހާލަތާ ގުޅިގެން އެތައް ބަޔަކު ރަށަށް އެނބުރި ދާން ބޭނުން ވެގެން އެކަން ވެސް ހުށަޙަޅަމުންދާ ކަމަށެވެ. އެފަދަ އާއިލާތައް ރަށަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.

ޖެންޑަރ މިިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި ޔުމްނާ ވިދާޅުވީ ބޯހިޔާވަހިކަމުގެ އިތުރުން ކާބޯތަކެތީގެ އެހީތެރިކަން ވެސް ފޯރުކޮށްދެމުންދާ ކަމަށެވެ.

ޖެންޑަރ މިނިސްޓްރީން މިހާތަނަށް އެންމެ ގިނައިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވަނީ މަގުމަތިން ނެގޭ މީހުންނާއި، މާލޭގައި ދިރިއުޅޭނެ ގޮތެއް ނެތި މިނިސްޓްރީއަށް ރިޕޯޓު ކުރި މީހުންނާއި، ކަރެކްޝަންސް ސަރވިސްއިން ބަންދުގެ ހާލަތު ނިމިގެން ދެން ވަންނާނެ ތަނެއް ނެތިގެން އައި މީހުންނަށެވެ. ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށް ދެމުންދަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެހީ ތެރިކަމާއެކުއެވެ.

ބޭސް ފަރުވާއަށް މާލެ އައިސް މީހުންގެ ތެރެއިން ރިސޯޓްތަކުގެ ކަރަންޓީނު ފެސިލިޓީތަކަށް ދާން އުޒުރުވެރިވާ މީހުން ތިބިކަން ފާހަގަކުރައްވައި ޔުމްނާ ވިދާޅުވީ އެމީހުން ހުޅުމާލޭގެ ގެސްޓްހައުސްތަކުގައި ކަރަންޓީނު ކުރަމުން އަންނަ ކަމަށެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް