Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދު

މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ނުހެދި ހުރި ގަވާއިދުތަކުގެ މައްސަލަ އަލުން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި

1 ޖޫން 2020 | ހޯމަ 20:46

ކަޅު ބިލަ މަސް ގަތުމުގައި އާންމުކޮށް ހުޅުވާލުމަށް މިހާރު ހުރަހެއް ނެތް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ޖޫން 2020 | ހޯމަ 20:46
ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެ ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގެ ތެރެއިން

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަން ޖެހޭ ޤަވާއިދުތައް އެ ޤާނޫނުގެ 86 ވަނަ މާއްދާގެ ދަށުން ނެހެދިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު އިތުރަށް ދިރާސާ ކުރުމަށް އަލުން އަނބުރާ އެ ކޮމިޓީއަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މިގޮތަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާޤުންނެވެ. މިގޮތަށް ހުށަހެޅުއްވީ މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރެވެ. އިބްރާހީމް ނަސީރުގެ ހުށަހެޅުއްވުމަށް ތާޢީދު ކުރެއްވީ ބިލެތްދޫ ދާއިރާގެ މެންބަރ އަޙްމަދު ހަލީމެވެ.

Advertisement - newsAdvertisement

މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަން ޖެހޭ ޤަވާއިދުތައް ނުހެދިވާ މައްސަލަ ޤަވާއިދު ކޮމިޓީން ދިރާސާކޮށް ނިންމުމަށް ފަހު ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ އެ ޤާނޫނުގެ ދަށުން ހަދަން ޖެހޭ ގިނަ ޤަވާއިދުތަކެއް ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި ނުނިމިވާ ކަމަށެވެ. އަދި މިކަމަކީ މަސްވެރިކަމުގެ ޤާނޫނުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާ ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށާއި އެ މަސްއޫލިއްޔަތު އަދާކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އަދާ ނުކުރުމުގެ ސަބަބުން އެ މުއްދަތު ފަހަނައަޅާ ދިޔަ ފަހުން އެ މަސްއޫލިއްޔަތު އަދާކޮށްފައި ނުވާ ކަމަށް ކޮމިޓީން ޤަބޫލުކުރާ ކަމަށާއި މިނިސްޓަރ ނަންގަވަން ޖެހިވަޑައިގަންނަވާ ޒިންމާ ނަންގަވާފައި ނުވާ ކަމަށް ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެން މިކަމުގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމާފައިވާ ކަމަށެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމާއެކު ފިޝަރީޒް މިނިސްޓްރީން ވަނީ މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ސިޓީ އެއް ފޮނުއްވާފަ އެވެ. އެސިޓީ ރައްޔިތުންގެ މަޖިލީހަށް އަމީން ޢާންމު ފާތުމަތު ނިއުޝާ ވަނީ ހުށަހަޅުއްވާ ދެއްވާފަ އެވެ. އެ ސިޓީގައި ވަނީ ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށާއި މެންބަރުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވާފަ އެވެ.

އެގޮތުން ޤަވާއިދުތައް ހެދުމާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން ބުނެފައި ވަނީ މިނިސްޓްރީން ހަދަން ޖެހޭ 6 ޤަވާއިދެއް އެކުލަވާލާ 31 މެއި ގައި މިހާރު އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މެނޭޖްމެންޓް ޕްލޭންތައް ހެދުމާއި ގުޅޭގޮތުން މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ހަދަން ޖެހޭ މެނޭޖްމަންޓް ޕްލޭންތައް ހެދުމަށް ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. މި ޤާނޫނަށް އެއް އަހަރު ވާނީ މިއަހަރުގެ ސެޕްޓެންބަރ މަހުގެ 15 ވަނަ ދުވަސްކަމަށް ވާތީ އެކަން ކުރުމުގެ މަސައްކަތް މިނިސްޓްރީގެ ފަންނީ މުވައްޒަފުން ކުރަމުންދާ ކަަމަށް ވަނީ ބަޔާން ކޮށްފަ އެވެ. އަދި ޤާނޫނުން ލާޒިމު ކުރާ މުއްދަތުގައި އެކަން ކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ރޭންޖަރުން ޢައްޔަނު ކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައި ވަނީ އެކަމަކީ މިނިސްޓްރީން ކުރަންޖެހޭ ކަމެއް ކަމަށާއި އެކަން ކުރުމަށްޓަކައި ރޭންޖަރުން ޢައްޔަނު ކުރާނެ އަތޮޅުތަކާއި ރަށްތަކަށް ކަނޑައެޅި މިކަމާއި ގުޅޭގޮތުން ލޯކަލް ގަވަރމެންޓް އޮތޯރިޓީ އަދި ބައެއް ކައުންސިލްތަކާއެކު މަޝްވަރާ ކުރެވި އެލްޖީއޭއާއެކު އެމްއޯޔޫއެއްގައި ސޮއިކުރުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. އަދި ރޭންޖަރުން ޢައްޔަނު ކުރުމަށްޓަކައި ތަމްރީނު ޕްރޮގުރާމެއް އެކުލަވާލާފައިވާ ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ. މިކަން މަޑުޖެހިފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ކަމަށާއި ނަމަވެސް އޮފީސްތައް ހުޅުވި މަސައްކަތްތައް ފެށުމާއެކު ރޭންޖަރުން ހޮވާ ތަމްރީނު ކުރަން ފެށޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން ދީފައިވާ އެކްސްލޫސިވް ރައިޓްސްތަކާއި ގުޅޭގޮތުން އޭޖީ އޮފީހާއެކު އިތުރަށް މަޝްވަރާކޮށް އެފަދަ އެކްސްކުލޫސިވް ރައިޓްސްތައް އެއްބަސްވުންތަކުން ނުލިބޭ ކަމަށް އޭޖީ ވިދާޅުވެފައިވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ. އެހެންކަމުން ކަޅުބިލަ މަސް ގަތުމުގައި ޢާންމުކޮށް ހުޅުވާލުމަށް މިހާރު ހުރަހެއް ނެތްކަމުގައި ވާކަމަށާއި މި ވިޔަފާރިއަކީ މިހާރު ޢާންމުކޮށް ހުޅުވާލެވިފައިވާ ވިޔަފާރިއެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.

ކޮމިޓީގެ ރިޕޯޓަށާއި މިސިޓީ އާ ގުޅިގެން މެންބަރުން ކުރެއްވި ބަހުޘްތަކަށް ބަލާއިރު ސަރުކާރު ހިންގާ މައި ޕާޓީގެ މެންބަރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ޖަވާބުދާރީ ކުރެވޭ ކަން ފާހަގަކޮށް ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް އިދިކޮޅު މެންބަރުން ވަނީ މީގެކުރިން އެމްޑީޕީގެ މެންބަރުން ފިޝަރީޒް މިނިސްޓަރާ ދެކޮޅަށް މަޖިލީހުގައި ދައްކަވާފައިވާ ވާހަކަތަކާ އެއްގޮތަށް ޢަމަލު ނުކުރާތީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް