Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެށުން އަދި ސީއެމްއެމުން މީޑިއާގެ މިންގަނޑާ ހިލާފު

ފެށުން އަދި ސީއެންއެމް އޮންލައިން ނޫހުން، ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާޤީ މިންގަނޑާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް މޯލްޑިވެސް މީޑިއާ ކައުންސިލުން ނިންމައިފި

މައްސަލަ ޖެހުނު ލިޔުން "ފެށުން އޮންލައިން" އަދި "ސީއެންއެމް އޮންލައިން"އަށް ފޮނުވާފައިވަނީ ސީދާ ނޫހާ ގުޅުން ނެތް ފަރާތަކުންކަން އެ ދެނޫހުން އެއްބަސްވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 ޖޫން 2020 | ހޯމަ 16:39
ރާއްޖެއެމްވީން ލިޔުނު ރިޕޯޓް (ވ) އަދި އެ ރިޕޯޓް ކޮޕީކުރި ފެށުން އޮންލައިން (ކ) އަދި ސީއެންއެމް (މ) ގައި ރިޕޯޓް ޝާއިއުކޮށްފައި

ރާއްޖެއެމްވީން ލިޔުނު ރިޕޯޓް (ވ) އަދި އެ ރިޕޯޓް ކޮޕީކުރި ފެށުން އޮންލައިން (ކ) އަދި ސީއެންއެމް (މ) ގައި ރިޕޯޓް ޝާއިއުކޮށްފައި

"ފެށުން އޮންލައިން" އަދި "ސީއެންއެމް އޮންލައިން" ދެ ނޫހުން "ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލަޤީ މިންގަނޑާ" ޚިލާފަށް ޢަމަލުކޮށްފައިވާ ކަމަށް މޯލްޑިވެސް މީޑިއާ ކައުންސިލުން ނިންމައިފައި ވަނީ، ރާއްޖެ.އެމްވީގައި 27 މެއި 2020ގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް، ކޮޕީކޮށް އެލިޔުން އަޞްލާ އެއްގޮތަށް އެދެ އޮންލައިން ނޫހުގައި ޝާއިޢު ކޮށްފައިވާ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލުން ބެލުމަށް ފަހު އެވެ.

މި އެމައްސަލައާ ގުޅިގެން މައްސަލަ ބެލުމަށް ފަހު މޯލްޑިވެސް މީޑިއާ ކައުންސިލުން ތައްޔާރުކޮށް 01 ޖޫން 2020ގައި އާންމު ކޮށްފައިވާ ރިޕޯޓުގެ 4.11 ގައި ފާހަގަކޮށްފައިވާ ގޮތުން މައްސަލަ ޖެހުނު ލިޔުން "ފެށުން އޮންލައިން" އަދި "ސީއެންއެމް އޮންލައިން"އަށް ފޮނުވާފައި ވަނީ ސީދާ ނޫހާ ގުޅުން ނެތް ފަރާތަކުންކަން އެ ދެނޫހުން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އެ ދެނޫހުގައިވެސް އެ ލިޔުން ޝާއިޢުކޮށްފައި ވަނީ އެ ނޫހުގެ ނޫސްވެރިން ލިޔެފައިވާ ރިޕޯޓެއް ގޮތަށް ކިޔުންތެރިންނަށް ފެންނަގޮތަށް ކަމާއި އޭގެ ސަބަބުން ކިޔުންތެރިންނަށް ލިޔުމުގެ އަޞްލު އޮޅޭކަމާއި އެއީ މޯލްޑިވެސް މީޑިއާ ކައުންސިލުން ޢާންމުކޮށްފައިވާ "ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާޤީ މިންގަނޑު"ވެސް ހިއްވަރުދޭކަމެއް ނޫންކަމަށްވަނީ ފާހަގަކޮށްފައި ވެއެވެ. އަދި އެކަމަކީ ނޫސްވެރިކަމުގައި ޢަމަލުކުރަމުން އަންނަ ޢާންމު، އަދި މުޖުތަމަޢު ބަލައިގެންފައިވާ އުޞޫލާ ޚިލާފު ގޮތެއްކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން "ކޮވިޑް-19އަކީ ރައީސް ޞާލިޙުގެ ކެތްތެރިކަމާއި ޙިކުމަތްތެރިކަން ވަޒަންކޮށްލި ވަރުގަދަ އިމްތިޙާނެއް!" މި ސުރުޚީގެ ދަށުން ރާއްޖެ.އެމްވީގައި 27 މެއި 2020 ގައި ޝާއިޢުކޮށްފައިވާ ރިޕޯޓަކީ ރާއްޖެ އެމްވީގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ އަމްނާ އިމާދު ލިޔެ ޝާއިޢުކޮށްފައިވާ ރިޕޯޓެއްކަމަށް ރިކޯޑުތަކުންނާއި އެ ނޫސްވެރިޔާގެ ބަހުންނާއި ރާއްޖެ އެމް.ވީން ޢާންމުކޮށްފައިވާ މަޢުލޫމާތުން ހަމަވާކަމަށް މި މައްސަލައާ ގުޅިގެން މޯލްޑިވެސް މީޑިއާ ކައުންސިލުން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ 4.1ގައި ފާހަގަކޮށްފައި ވެއެވެ.

މީގެއިތުރުން ރާއްޖެ އެމް.ވީގައި ޝާއިޢުކޮށްފައިވާ ލިޔުމަކީ ރާއްޖެ އެމް.ވީގެ ނޫސްވެރިޔަކު ލިޔެފައިވާ ރާއްޖެ އެމެ.ވީގެ އޮރިޖިނަލް ލިޔުމެއް ނޫންކަމަށް "ފެށުން އޮންލައިން" ބުނެފައިވާކަމައި އަދި އެކަން ސާބިތުކޮށްދޭން ޖެހިއްޖެނަމަ އެކަން ކުރާނެކަމަށް އެނޫހުން ބުނެފައިވީނަމަވެސް އެފަދަ އެއްވެސް ހެއްކެއް "ފެށުން އޮންލައިން"ގެ ފަރާތުން މޯލްޑިވެސް މީޑިއާ ކައުންސިލާ ހިއްސާ ކޮށްފައި ނުވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ 4.6ގައި ފާހަގަކޮށްފައި ވެއެވެ.

ރާއްޖެ އެމް.ވީގައި ރިޕޯޓު ލިޔުނު އަމްނާ އިމާދު އެލިޔުން ލިޔުމުގައި ޢަމަލުކޮށްފައިވާ ގޮތުގެ ތަފުޞީލު މަޢުލޫމާތު މޯލްޑިވެސް މީޑިއާ ކައުންސިލުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އެ ރިޕޯޓު ޑްރާފްޓް ކުރެވުނު ގޮތުގެ ޓައިމްލައިނާއި އެ ރިޕޯޓަށް ކޮމެންޓް ހޯދުމުގައި ޢަމަލުކުރިގޮތާއި ރިޕޯޓު އެޕްރޫވުކުރުމުގައި ޢަމަލުކުރިގޮތުގެ ތަފުޞީލު މަޢުލޫމާތުވެސް މޯލްޑިވެސް މީޑިއާ ކައުންސިލުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ހިމަނާފައި ވެއެވެ. މީގެއިތުރުން ލިޔުންތެރިޔާ އަމްނާ އިމާދުގެ ވާހަކަތައް ކަށަވަރު ކުރުމުގެ ގޮތުން އެހެން ފަރާތަކުންވެސް މަޢުލޫމާތު ހޯދައި އެ މަޢުލޫމާތު ކަށަވަރުކޮށްފައި ވާކަންވެސް ފާހަގަކުރެވެ އެވެ.

އެ ރިޕޯޓު ރާއްޖެ އެމް.ވީގައި ޝާއިޢުކޮށްފައި ވަނިކޮށް "ފެށުން އޮންލައިން" އަދި "ސީއެންއެމް އޮންލައިން" ކިޔާ ދެ ނޫހަކުން މި ރިޕޯޓު ނަކަލުކޮށް ޝާއިޢުކޮށްފައި ވެއެވެ. ނަމަވެސް ފަހުން މި ދެންނެވުނު ލިޔުން އެ ދެނޫހުގެ ވެބްސައިޓުން ނެގުމަށް ފަހު، އެފަރާތުން ނެރުނު ނޫސްބަޔާނުގައި އެލިޔުމަކި އެ ދެ ނޫހުގެ ފަރާތުން ލިޔެފައިވާ ލިޔުމެއް ނޫންކަމަށް ވަނީ އިޢުތިރާފު ވެފައެވެ.

ފެށުން އަދި ޗެނަލް ނިއުސް މޯލްޑިވްސްއިން ކޮންޓްރިބިއުޓް ކުރާ ލިޔުންތެރިއަކު ފޮނުވި ލިޔުމެއްކަމަށް ބުނެ އެ ލިޔުން އެ ދެފަރާތުގެ ވެބްސައިޓުގައި ޝާއިޢުކުރުމުގެ ކުރިން އެއްވެސް ކަހަލަ ވެރިފިކޭޝަންއެއް ހަދާފާއި ނުވާކަމާއި ނޫސްވެރިކަމުގެ ހަމަތަކާ އުޞޫތަކާ ޚިލާފަށް އެ ދެ ނޫހުގައި ޝާއިޢުކޮށްފައިވާ ލިޔުމެއް ކަމަށް ވަނީ ދެފަރާތުންވެސް އިޢުތިރާފު ވެފައެވެ.

މި މައްސަލަ ބެލުމަށް ފަހު މޯލްޑިވެސް މީޑިއާ ކައުންސިލުން ތައްޔާރުކޮށްފައިވާ ރިޕޯޓުގެ ނިންމުމުގައި، މޯލްޑިވެސް މީޑިއާ ކައުންސިލުން ޢާމުކޮށްފައިވާ "ދިވެހި މީޑިއާގެ ހަމަތަކާއި އަޚުލާޤީ މިންގަނޑު"ގެ 7 ވަނަ މާއްދާއާ "ފެށުން އޮންލައިން" ނޫހުން ޚިލާފުވެފައިވާ ކަމަށް މެންބަރުންނަށް އިއްތިފާޤު ވެވޭތީ އެފަދަކަމެއް ތަކުރާރު ނުކުރުމަށް "ފެށުން އޮންލައިން" ނޫހަށް ނަޞޭޙަތް ދިނުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން "ސީއެންއެމް އޮންލައިން"ގެ ފަރާތުން އެލިޔުން ނޫހުން ނަގަ،އި މިކަމާ ގުޅިގެން އެ ނޫހުން އަމިއްލަގޮތުން އިދާރީ ފިޔަވަޅުތަކެއް މިކަމުގައި އަޅާފައިވާތީ އެނޫހާ ދެކޮޅަށް މީޑިއާ ކައުންސިލުން އިތުރު ފިޔަވަޅެއް ނޭޅުމަށް ވަނީ ނިންމާފަ އެވެ.

އަދި މި މައްސަލާގައި މޯލްޑިވެސް މީޑިއާ ކައުންސިލަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ރާއްޖެ އެމެ.ވީގެ ފަރާތުން ސުލޫކީ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މޯލްޑިވެސް މީޑިއާ ކައުންސިލުގެ ރިޕޯޓުން އެނގިގެން މިދިޔައީ މިކަމުގައި މީގެ ކުރިން ތައްކުރާރުކޮށް ރާއްޖެ އެމް.ވީން ފާހަކޮށްފައިވާ ފަދައިން "ކޮވިޑް-19އަކީ ރައީސް ޞާލިޙުގެ ކެތްތެރިކަމާއި ޙިކުމަތްތެރިކަން ވަޒަންކޮށްލި ވަރުގަދަ އިމްތިހާނެއް!" މި ސުރުޚީގެ ދަށުން ރާއްޖެ.އެމްވިގައި ޝާއިޢުކޮށްފައިވާ ރިޕޯޓަކީ އެ ރިޕޯޓު ލިޔުނު ރާއްޖެ އެމް.ވީގެ ނޫސްވެރިޔާގެ އަމިއްލައަށް ޑުރާފްޓްކޮށް ތައްޔާރުކޮށްފައިވާ ލިޔުމެއްކަމެވެ.

މި މައްސަލައިގައި ހިމެނޭ ޖިނާއީ ކުށްތަކުގެ ތަޙުޤީޤުކޮށްދިނުމަށް އެދި ރާއްޖެ އެމް.ވީގެ ފަރާތުން މިމައްސަލަ 01 ޖޫން 2020ގައި ވަނީ މޯލްޑިވެސް ޕޮލިސް ސައިވިސްއަށް ހުށަހަޅާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު