Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާނޫނުއަސާސީ އިސްލާހު ކުރުން

ގާނޫނުއަސާސީ އިސްލާހު ކުރުމަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި

1 ޖޫން 2020 | ހޯމަ 10:47

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ މަޖިލީހުގެ މި ޖަލްސާއަށް ހާޒިރުވެ، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރުމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 1 ޖޫން 2020 | ހޯމަ 10:47
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއްގެ ތެރެއިން: ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރުމަށް ތްރީލައިން ވިޕެއް ވަނީ ނެރެފައި

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއްގެ ތެރެއިން: ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރުމަށް ތްރީލައިން ވިޕެއް ވަނީ ނެރެފައި

ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ، ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކުރުމަށް ނިންމާފަ އެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިގޮތަށް ނިންމުމުން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ހުރިހާ މެންބަރުންވެސް މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ އެވޯޓު ފާސްކުރުމަށް ވޯޓު ދެއްވަން ޖެހެއެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި ތިއްބަވަނީ 65 މެންބަރުން ނެވެ. ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ހުށަހެޅޭ ބިލެއް، މަޖިލީހުން ފާސްކުރެވޭނީ، މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން ހަތަރުބައިކުޅަ ތިންބައި މެންބަރުން ފާސްކުރަން ފެންނަކަމަށް ވޯޓު ދެއްވާ ނަމަ އެވެ.

މިގޮތުން ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރުމަށް އެމްޑީޕީއަށް ބޭނުންވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ 65 މެންބަރުންގެ އިތުރަށް އެންމެ މެންބަރެއްގެ ވޯޓެވެ.

މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ ދައުރު ހަމަވާތީއާއި، އަދި ކޮވިޑް-19ގެ ސަބަބުން އައު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވޭނެ މާޙައުލެއް ނެތުމުން، އިންތިޚާބު ވަކި ތަރީޚެއް ނެތްގޮތަށް ފަސްކުރަން ޖެހި، އަދި ލޯކަލް ކައުންސިލްތަކަށް ދިމާވާނެ ޤާނޫނީ ހުސްކަމަށް ޙައްލެއް ހޯދުމަށްޓަކައި ޤނޫނުއަސާސީއަށް އިޞްލާޙު ގެންނަން ބާއްވާ ޖަލްސާ އަންގާރަ ދުވަހުގެ ރޭ (މިރޭ) މެންދަމު 01:30 ގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ އެޖެންޑާ ކޮށްފަ އެވެ.

މީގެއިތުރުން، ވޯޓަށް އެހުމަށް ހުރިކަންކަމަށް ވޯޓަށް އެހުމުގެ އެޖެންޑާގެ ދަށުން، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020،" ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ވެސް ހިމެނެ އެވެ.

ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމަށް އެޖެންޑާގައި ހިމެނޭތީ، ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުޘް ކުރުމަށްފަހު، އެރިޕޯޓަށް ވެސް ވޯޓަށް އަހާނެ އެވެ.

ޤާނޫނުއަސާސީ އިޞްލާޙު ކުރުގެ މިމައްސަލައާ ގުޅިގެން، ސުޕްރީމް ކޯޓުން ދެއްވި އިސްތިޝާރީ ލަފާގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު މިދިޔަ ހުކުރު ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ މިބިލުގެ ބަހުޘް ކުރިޔަށް ގެންދަވާފަ އެވެ. އަދި މިމައްސަލަ ކުރިޔަށް ގެންދިޔުމަށް މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު ފާސްކޮށްފައިވަނީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރ އަލީ އާޒިމް ހުށަހެޅުއްވި އިޞްލާޙު ފާސްކުރުމަށެވެ.

އާޒިމް ހުށަހެޅުއްވި އިޞްލާޙުގައި ބުނެފައި ވަނީ 231 ވަނަ މާއްދާއަށް (ޅ) އަދި (ކ) އިތުރު ކުރުމަށެވެ. އެގޮތުން (ޅ) ގައި ބުނެފައި ވަނީ 3 ޖޫން 2017 ގައި އިންތިޚާބު ކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އުމުރު ހަމަވާއިރު އެ ކައުންސިލްތަކަށް އައު މެންބަރުން އިންތިޚާބު ނުކުރެވިއްޖެ ހިނދެއްގައި އެކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވަން ޖެހޭ އިންތިޚާބު ބާއްވާ، އެ ކައުންސިލްތަކަށް އަލަށް އިންތިޚާބު ކުރެވޭ މެންބަރުން އެމީހުންގެ މަޤާމާއި ޙަވާލުވަންދެން މިހާރު އިންތިޚާބު ކޮށްފައިވާ އަދި މަޤަމުގައި ދެމިތިބި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުން އެމީހެއްގެ މަޤަމުގައި ދެމިތިބޭނެ ކަމަށެވެ. އަދި (ކ)ގައި ބުނެފައިވަނީ މި މާއްދާގެ (ޅ) ގައި ބަޔާންކުރާ އިންތިޤާލީ މުއްދަތުގައި މަޤާމުގައި ދެމި ތިބޭ ކައުންސިލްތަކުގެ މެންބަރުން މަޤާމުގައި ދެމި ތިބޭއިރު އެ މެންބަރުން ޢަމަލުކުރާނެ އިންތިޤާލީ އުޞޫލުތައް ރައްޔިތުންގެ މަޖިލީހުގައި ފާސްކުރާ ޤާނޫނެއްގައި ކަނޑައަޅަންވާނެ ކަމަށެވެ.

މި އިޞްލާހުގެ (ކ) އެބުނާ، އިންތިޤާލީ މުއްދަތުގައި މަޤާމުގައި ދެމި ތިބޭ ކައުންސިލްތަކުގެ މެންބަރުން މަޤާމުގައި ދެމި ތިބޭއިރު އެ މެންބަރުން ޢަމަލުކުރާނެ އިންތިޤާލީ އުޞޫލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައި ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށްފައި އެ ޤާނޫނަކީ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" އެވެ. ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ އެބިލު ފާސްކުރުމާއެކު، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" ފާސްކުރަން ޖެހެއެވެ. އެހެންކަމުން މިދެ ބިލު ވެސް މިވަނީ އަންގަރާ ދުވަހުގެ ރޭ މެންދަމު (މިރޭ) 01:30ގައި ބާއްވާ ބާއްވާ ޖަލްސާއަށް އެޖެންޑާ ކޮށްފަ އެވެ.

ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލަށް ހުށަހެޅުނު އިޞްލާޙުތަކާއެކު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ 63 މެންބަރުންގެ އިއްތިފާޤުން ނެވެ.

މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ ދައުރު ބުދަ ދުވަހަށް (މިމަހުގެ 3އަށް) ހަމަވާއިރު، ވަގުތު މިވަނީ ކުޑަތަން ވެފަ އެވެ. އަންގާރަ ދުވަހުގެ ރޭ މެންދަމު ބާއްވާ މަޖިލީހުގެ ޖަލްސާއިން އެ ދެ ބިލު ފާސްކުރުމަށް ފަހު، އެ ދެބިލު ތަޞްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަން ޖެހެއެވެ. މަޖިލީހުން ފާސްކުރާ ބިލެއް ޤަނޫނަކަށް ބަދަލުވާނީ، ރައީސުލްޖުމްހޫރިއްޔާ އެބިލެއް ތަޞްދީޤު ކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެން ނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި

13 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް