Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަށްރަށުގައި ފެންބޮޑުވާ މައްސަލަ

ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށް، ފެންބޮޑުވާ ރަށްރަށުގެ އެސެސްމެންޓްތައް ހަދާނަން: އަސްލަމް

1 ޖޫން 2020 | ހޯމަ 08:36

ފެން ބޮޑުވަނީ ތަރައްގީ އަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 1 ޖޫން 2020 | ހޯމަ 08:36
ވިއްސާރާގައި މާލޭގެ މަގެއްގެ މަތީ ފެންބޮޑުވެފައި

ވިއްސާރާގައި މާލޭގެ މަގެއްގެ މަތީ ފެންބޮޑުވެފައި

ރާއްޖޭގެ ރަށްރަށުގައި ފެންބޮޑުވާން މެދުވެރިވާ ސަބަބު ހޯދައި، އެންމެ ބޮޑަށް ފެންބޮޑުވާ ރަށްތަކުގައި އެސެސްމެންޓެއް ހަދަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ހުޅަނގު މޫސުމުގެ ވިއްސާރާގައި ވަރަށް ގިނަ ރަށްތަކެއްގައި ފެންބޮޑުވާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެކަމާއި ގުޅޭގޮތުން ހޯމަ ދުވަހު އޮންލައިންކޮށް ކުރިޔަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި އަސްލަމް ވިދާޅުވީ، މިހާރު ދިމާވާ ފެންބޮޑުވުމުގެ މައްސަލަ އަކީ، ތަރައްގީގެ ގިނަ މަސައްކަތްތަކާއި އެކީގައި އައިސްފައި ހުރި މައްސަލަތައް ކަމަށެވެ.

Advertisement - newsAdvertisement

އަސްލަމް ވިދާޅުވި ގޮތުގައި ފެންބޮޑުވާ ސަބަބު ހޯދޭނީ ވަކި ވަކިން ފެންބޮޑުވާ ރަށްތަކުގެ އެސެސްމެންޓެއް ހެދިގެންނެވެ. އެގޮތުން ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށް ކުރެވޭނީ ކޮންކަމެއްތޯ ބެލުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެކަމަށް ހައްލެއް ހޯދޭނީ ޕަމްޕް ބަހައްޓައިގެން ނުވަތަ ޓޮޕޯގްރަފީ އެއް ހެދިގެންތޯ ބެލުން މުހިއްމު ކަމަށެވެ.

އަސްލަމް ވިދާޅުވީ، ރަށްރަށް ގުދުރަތީ ގޮތުން އުފެދިފައި ހުރިއިރު އެ ރަށްރަށުގެ ގޮނޑުދޮށުން ފެން ފައިބައިގެން ދާގޮތަށް ހުރި ތަންތަނުން ބައެއް ދިމަދިމާ ހުރީ ކޮނެފައި ކަމަށާއި، ބަނދަރު މަތި ހިއްކާއި، އާއްމުކޮށް ރަށުގެ ފަސްގަނޑަށްވުރެ އުސްކޮށް ވަރަށް ގިނަ ތަންތަން ހަދާފައިވާ ކަމަށެވެ. އޭގެ ސަބަބުން ރަށުން ވެހޭ ފެން ފައިބައިގެން ނުދިޔުމުގެ މައްސަލަ ދިމާވާކަމަށް ޕްލޭނިން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މޫސުމަށް އަންނަ ބަދަލާއި ގުޅިގެން ކޮޅިގަނޑުގައި ކަނޑު ގަދަވެގެން އަންނަ ކަންތައްތަކުގެ ހައްލު ހޯދޭނީ، ރަށްތައް ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތެއްގެ ތެރެއިން ކުރެވޭ މަސައްކަތުން ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

25 ޖޫން 2017

ހެންވޭރުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން 10 މިނެޓް ތެރޭ އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

25 ޖޫން 2017
ހެންވޭރުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން 10 މިނެޓް ތެރޭ އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
02 ޖޫން 2017

ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލް ނުވެގެން ފުރޮޅާލާއިފި

02 ޖޫން 2017
ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލް ނުވެގެން ފުރޮޅާލާއިފި
17 މެއި 2017

ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި

17 މެއި 2017
ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި
27 އެޕްރީލު 2017

މިފްކޯއިން މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރުމުން މަސްވެރިން ރުޅިގަދަވެއްޖެ

27 އެޕްރީލު 2017
މިފްކޯއިން މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރުމުން މަސްވެރިން ރުޅިގަދަވެއްޖެ
26 މާރިޗު 2017

ރޯގާ ކޮންޓްރޯލް ކުރެވެންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އެމްޑީޕީން ގޮވާލައިފި

26 މާރިޗު 2017
ރޯގާ ކޮންޓްރޯލް ކުރެވެންދެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް އެމްޑީޕީން ގޮވާލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް