Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިފާން ރޯވުން

ހެންވޭރުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން 10 މިނެޓް ތެރޭ އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

އަލިފާން ރޯވީ 5 ވަނަ ބުރީގައި ހުރި މޮޕެއްގައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 25 ޖޫން 2017 | އާދީއްތަ 20:26
ހެންވޭރު އަދަ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގުން

ހެންވޭރު އަދަ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގުން

ހެންވޭރު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެއެވެ.

އަލިފާން ރޯވީ، ހ. އަދަ ކިޔާގެއެއްގައެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ހިފާފައިވަނީ، އެގޭގެ 5 ވަނަ ފަންގިފިލާގެ ބެލްކަނީގައި ހިއްކަން ބައިންދާފައި އިން މޮޕެއްގައެވެ. ބެލެވޭ ގޮތުގައި މޮޕުގައި ރޯވެފައިވަނީ އެގޭގެ މަތީ ފްލޯއަކުން ނުވަތަ ކައިރީގައި ހުރި އެހެން އިމާރާތަކުން ސިނގެރޭޓު ބުރިއެއް އެއްލުމާއި ގުޅިގެންނެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގިކަން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ، އާދިއްތަ ދުވަހުގެ ރޭ 1.10 ހާއިރުކަމަށެވެ. އަދި ގާތްގަނޑަކަށް 10 މިނެޓްތެރޭ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާކަމަށް އޮފިޝަލް ހާމަކުރެއްވިއެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން ބުނީ، އަލިފާނުގައި މާބޮޑު ގެއްލުންތަކެއް އެ ގެއަށް ލިބިފައި ނުވާކަމަށާއި، އަދި މީހަކަށް ވެސް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވާން މެދުވެރިވި ސަބަބު ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

22 އެޕްރީލު 2017
އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
22 އެޕްރީލު 2017

ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި

22 އެޕްރީލު 2017
ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ޒުވާނާ ވަޅުލައިފި
09 އެޕްރީލު 2017

މާފަންނު ގެއެއްގައި އަލިފާން ރޯވެއްޖެ

09 އެޕްރީލު 2017
މާފަންނު ގެއެއްގައި އަލިފާން ރޯވެއްޖެ
03 އެޕްރީލު 2017

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

03 އެޕްރީލު 2017
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި
03 މާރިޗު 2017

މާލޭ ގެއެއްގައި ރޯވި އަލިފާން ނިއްވާލެވިއްޖެ: އެމްއެންޑީއެފް

03 މާރިޗު 2017
މާލޭ ގެއެއްގައި ރޯވި އަލިފާން ނިއްވާލެވިއްޖެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު