Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލަ

ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައިގައި ކުރާ މުޒާހަރާތައް ޔޫރަޕަށް ފެތުރިއްޖެ

މުޒާހަރާތައް ކޮށްފައިވަނީ ލަންޑަން އަދި ބަރލިން ގައި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 31 މެއި 2020 | އާދީއްތަ 20:09
ޖޯޖް ފްލޮއިޑް މަރުވި ހާދިސާ ދައްކުވައިދޭ ވީޑިއޯގެ ސްކްރީންޝޮޓެއް

ޖޯޖް ފްލޮއިޑް މަރުވި ހާދިސާ ދައްކުވައިދޭ ވީޑިއޯގެ ސްކްރީންޝޮޓެއް

ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައާއި ގުޅިގެން ކުރަމުން އަންނަ މުޒާހަރާތައް، އިނގިރޭސިވިލާތާއި، ޖަރުމަންވިލާތް އަދި ކެނެޑާ ގައި ވެސް ކުރަން ފަށައިފި އެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަން އަދި ޖަރުމަނުވިލާތުގެ ވެރިރަށް ބަރލިން ގައި ކުރި މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންގެ އަނިޔާވެރިކަން ހުއްޓާލުމަށާއި، ނަސްލީ ތަފާތުކުރުންތައް ނައްތާލުމަށް ގޮވާލާފަ އެވެ. މުޒާހަރާތަކުގެ ބައިވެރިން ދިޔައީ "އައި ކާންޓް ބްރީތް" ބުނެ އަޑު އުފުލަމުންނެވެ. މި ބަސްތަކަކީ ޖޯޖް ފްލޮއިޑްގެ އެންމެ ފަހު ބަސްތައް ކަަމަށް މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ބަރލިންގެ މުޒާހަރާގެ ބައިވެރިން ވަނީ، އެމެރިކާ އެމްބަސީ ކުރިމަތީގައި ތަފާތު އެކި ބެނަރތައް ހިފައިގެން ތިބި މި މަރަށް އިންސާފު ހޯދުމަށް ގޮވާލާފަ އެވެ. ލަންޑަނުގެ މުޒާހަރާގެ ބައިވެރިން ވެސް ވަނީ ޓްރަފަލްގަރ ސްކްއެއަރ ދޮށަށް އެއްވެ، "ބްލެކް ލައިވްސް މެޓަރ" އަދި "އައި ކާންޓް ބްރީތް" ބުނެ އަޑު އުފުލާފަ އެވެ.

މި ހާދިސާ ހިނގައިދިޔައީ އެމެރިކާގެ މިނިއާޕޮލިސް ގައެވެ. މަންޒަރު ބަލަށް ހުރި މީހަކު ސޯޝަލް މީޑިއާ އަށް ދޫކޮށްލާފައިވާ ވީޑިއޯއަކުން، ދޮން ނަސްލުގެ ފުލުހަކު، ޑެރެކް ޝޯވިން، ފްލޮއިޑް ގެ ކަނދުރާ މައްޗަށް ކަކޫ ލައިގެން ހުންނަ މަންޒަރު ފެނެ އެވެ. އަދި އޭނާ ބިންމަތީގައި އޮވެގެން ނޭވާ ނުލެވިގެން، އަހަަންނަކަށް ނޭވާ ނުލެވެޔޭ ބުނާ އަޑު ދެތިން ފަހަރަކު އިިވެ އެވެ.

މަންޒަރު ބަލަން ތިބި މީހުން ފްލޮއިޑް އަށް ނޭވާ ނުލެވޭ ކަމަށް ބުނުމުންވެސް، ފުލުސް މީހާ އަޅާ ވެސް ނުލަ އެވެ. ފްލޮއިޑް ނޭވާ ހާސްވެގެން އާދޭސް ކުރިއިރު، އޭނާ އޮތީ އަނގަވަތަށް، ފަހަތަށް ބިޑި އަޅުވާފަ އެވެ. އެތަނުން އެމްބިއުލާންސެއްގައި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް، ފްލޮއިޑް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ހާމަކޮށްފަ އެވެ.

އެމެރިކާގައި މުޒާހަރާކުރަން ފެށި ފަހުން، ފުލުސް މީހާ ވަނީ ހައްޔަރަށް ގެންދެވިފަ އެވެ. މި ހާދިސާ އާއި ގުޅިގެން އޭނާ އާއި ސީންގައި ތިބި އެހެން ބައެއް ފުލުހުން ވަޒީފާ އިން ވަކިކޮށްފައިވީ ނަމަވެސް، މުޒާހަރާތައް ހޫނު ވެގެން ދިޔައީ މީހެއް މެރުމުގެ ކުށުގައި ފުލުހުން ހައްޔަރުކޮށް، ދައުވާ ކުރުން ލަސްވުމާއި ގުޅިގެންނެވެ.

އެމެރިކާގެ ފުލުހުން ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކުރާ މައްސަލަ، ހާއްސަކޮށް ކަޅު ނަސްލުގެ މީހުންނާއި ދެކޮޅަށް، ވަނީ ބޮޑުވެފަ އެވެ. ކުށެއް ނެތް، ހަތިޔާރެއް ނެތް އެތައް ބަޔަކު މިހެން އަހަރެއްގެ މައްޗަށް މަރުވަމުންދާ ކަމަށް ބުނެ ދޭތެރެ ދޭތެރެއިން އެމެރިކާގައި މުޒާހަރާތައް ހޫނުވެ އެވެ. ނަމަވެސް، މި ފަހަރުގެ މުޒާހަރާތަކުގައި ފުލުހުންނާ ކުރިމަތިލުން އިތުރުވެ ފުލުހުންނާއި ފުލުހުންގެ މަރުކަޒުތަކަށް ހަމަލާދީފައިވާއިރު، ވިޔަފާރިތައް ލޫޓުވުމާއި އުޅަނދުފަހަރުގައި ރޯކުރުމުގެ މައްސަލަތައް އެހެން ފަހަރުތަކާ އަޅާ ބަލާއިރު އިތުރެވެ.

މުޒާހަރާ ކޮންޓްރޯލް ކުރަން އަސްކަރިއްޔާ ވެސް ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، މުޒާހަރާތަކުގެ ބައިވެރިން ބުނަމުން އަންނަނީ މުޒާހަރާތައް ހުއްޓާލަނީ ފޮލޮއިޑްެ މަރަށް އިންސާފު ލިބުމުން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު