Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާނޫނުއަސާސީ އިސްލާހު ކުރުން

ގާނޫނުއަސާސީ އިސްލާހު ކުރުން: މަޖިލީހުގެ ޖަލްސާއެއް މިއަދު 2 ޖަހާއިރު ބާއްވަނީ

30 މެއި 2020 | ހޮނިހިރު 05:20

ޖަލްސާގައި ގާނޫނުއަސާސީއަށް މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފައިވާ އިސްލާހާމެދު ގޮތެއް ނިންމާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 30 މެއި 2020 | ހޮނިހިރު 05:20
މިދިޔަ ހަފްތާގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ލޯކަލް ކައުންސިލްތަކަށް ދިމާވާ ގާނޫނީ ހުސްކަމަށް މިހާރު ވަނީ ހައްލެއް ގެނެވިފައި

މިދިޔަ ހަފްތާގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ލޯކަލް ކައުންސިލްތަކަށް ދިމާވާ ގާނޫނީ ހުސްކަމަށް މިހާރު ވަނީ ހައްލެއް ގެނެވިފައި

މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ ދައުރު ހަމަވާތީއާއި، އަދި ކޮވިޑް-19ގެ ސަބަބުން އައު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން، އިންތިހާބު ވަކި ތަރީހެއް ނެތްގޮތަށް ފަސްކުރަންޖެހި، އަދި ލޯކަލް ކައުންސިލްތަކަށް ދިމާވާނެ ގާނޫނީ ހުސްކަމަށް ހައްލެއް ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހޮނިހިރު ދުވަހު ވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ވެސް މަޖިލީހުގެ ޖަލްސާއެއް ވަނީ ބާއްވާފަ އެވެ. ހުކުރު ދުވަހުގެ ރޭގެ ޖަލްސާ ނިންމަވާ ލައްވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވަނީ، މަޖިލީހުގެ ޖަލްސާއެއް ހޮނިހިރު ދުވަހު 11 ޖަހާއިރު ބޭއްވޭނެކަމަށް އިއުލާން ކުރައްވާފަ އެވެ. ނަމަވެސް މަޖިލީހުގެ އިދާރާއިން މައުލޫމާތު ލިބިފައިވާ ގޮތުން ހޮނިހިރު ދުވަހުގެ 11 ޖަހާއިރު ބާއްވަން އޮތް ޖަލްސާ މިހާރު ވަނީ މެންދުރުފަހު 2:00 ޖަހާއިރު ބާއްވާގޮތަށް ބަދަލުކޮށްފަ އެވެ.

Advertisement - newsAdvertisement

ހޮނިހިރު ދުވަހު ބާއްވާ ޖަލްސާގައި، އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހަށް މިހާރު އިންތިޚާބު ކޮށްފައިވާ ކައުންސިލްތަކުގެ މުއްދަތު ހަމަވާއިރު އައު މެމްބަރުން އިންތިޚާބު ނުކުރެވިއްޖެނަމަ ކައުންސިލް އިންތިޚާބެއް ބާއްވާ ކައުންސިލްތަކަށް މީހުން އައްޔަނުކުރެވެންދެން މިހާރު އޮތް ކައުންސިލްތަކުގައި ތިބި މެމްބަރުން އެ މަގާމުގައި ދެމިތިބޭ ގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓް މަޖިލީގެ ޖަލްސާއަށް ހުށަހެޅުމާއި ފާސް ކުރުމެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވާފައިވާ، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅާފައިވާއިރު، އެރިޕޯޓަށް ހުކުރު ދުވަހުގެ ރޭ މެމްބަރުން ވަނީ ބަހުސް ވެސް ކުރައްވާފައިވާފައެވެ. މިބިލަށް ހަސަން ލަތީފް ހުށަހަޅުއްވާފައިވާ 9 ނުކުތާއެއްްގެ މައްޗަށް އެކުލެވޭ އިސްލާހު ވެސް ވަނީ ހުށަހަޅުއްވާފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްތަކުގެ އިންތިޚާބު ވަނީ ފަސްކުރެވިފަ އެވެ. އެއާއެކު މިހާރު އިންތިޚާބުކުރެވިފައިވާ ކައުންސިލްތަކުގެ މުއްދަތު ޖޫން މަހުގެ 3 ވަނަ ދުވަހު ހަމަވާތީ އެކަމަށް ހައްލެއް ގެނައުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ 5 ވަނަ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ބިލެއްދޫ ދާއިރާގެ މެމްބަރ އަހުމަދު ހަލީމެވެ. މި ބިލްގެ ބަހުސް މަރުހަލާގައި މިހާލަތުގައި ޤާނޫނު އަސާސީ އިސްލާހު ކުރެވޭނެތޯ މެމްބަރުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުން ތަކާއެކު އެންމެފަހުން މަޖިލީހުން ވަނީ މިކަމުގައި އިސްތިޝާރީ ލަފައަކަށް ސުޕްރީމް ކޯޓުގައި އެދިފަ އެވެ.

މިކަމާއި ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އިސްތިޝާރީ ލަފައެއް ނެރެފަ އެވެ. މިލަފާގައި ވަނީ ވަނީ ގާނޫނު އަސާސީގައި އިންތިގާލީ މާއްދާއެއް ހިމެނުމަށެވެ. އަދި ގާނޫނު އަސާސީ އަށް އިސްލާހު ނުގެނެސް، ކައުންސިލަރުންގެ ދައުރު ދައްމާނުލެވޭނެ ކަމަށް ލަފާގައި ވެއެވެ. ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް ބަދަލުގެނައުމުގެ ބަދަލުގައި މި މަގްސަދު ހާސިލުކުރުމަށްޓަކައި ޤާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި ވަކިން އިންތިގާލީ މާއްދާއެއް ހިމެނުމަކީވެސް އެންމެ ރަނގަޅުގޮތެއް ކަމަށް ފެންނަ ކަމަށް ސުޕްރީމް ކޯޓުގެ ލަފާގެ ރައުޔުގައި ވިދާޅުވެފައި ވެއެވެ.

މިކަންކަމުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު ހުކުރު ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ މިބިލްގެ ބަހުސްކުރިޔަށް ގެންދަވާފަ އެވެ. އަދި މިމައްސަލަ ކުރިޔަށް ގެންދިޔުމަށް މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށްފަހު ފާސްކޮށްފައިވަނީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް ހުށަހެޅުއްވި އިސްލާހު ފާސްކުރުމަށެވެ.

އާޒިމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ 231 ވަނަ މާއްދާއަށް (ޅ) އަދި (ކ) އިތުރު ކުރުމަށެވެ. އެގޮތުން (ޅ) ގައި ބުނެފައިވަނީ 3 ޖޫން 2017 ގައި އިންތިޚާބުކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އުމުރު ހަމަވާއިރު އެކައުންސިލްތަކަށް އައު މެމްބަރުން އިންތިޚާބު ނުކުރެވިއްޖެ ހިނދެއްގައި އެކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވަންޖެހޭ އިންތިޚާބު ބާއްވާ އެކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެމްބަރުން އެމީހުންގެ މަގާމާއި ހަވާލުވަންދެން މިހާރު އިންތިޚާބުކޮށްފައިވާ އަދި މަގާމުގައި ދެމިތިބި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެމްބަރުން އެމީހެއްގެ މަގާމުގައި ދެމިތިބޭނެ ކަމަށެވެ.

އަދި (ކ)ގައި ބުނެފައިވަނީ މިމާއްދާގެ (ޅ) ގައި ބަޔާންކުރާ އިންތިޤާލީ މުއްދަތުގައި މަގާމުގައި ދެމި ތިބޭ ކައުންސިލްތަކުގެ މެމްބަރުން މަގާމުގައި ދެމި ތިބޭއިރު އެ މެމްބަރުން އަމަލުކުރާނެ އިންތިގާލީ އުސޫލުތައް ރައްޔިތުންގެ މަޖިލީހުގައި ފާސްކުރާ ޤާނޫނެއްގައި ކަނޑައަޅަންވާނެ ކަމަށެވެ.

މިއިސްލާހާއެކު މުޅި މަޖިލީހުގެ ކޮމިޓީ ރިޕޯޓް ވަނީ 63 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް