Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫ ސިޓީ ގޭދޮށު މަސްޕްލާންޓް ގާއިމުކުރުން

އައްޑޫ ސިޓީ ހިތަދޫގައި ގޭދޮށު މަސްޕްލާންޓް ގާއިމުކުރަން ކުންފުންޏަކާ ހަވާލުކޮށްފި

މި އެއްބަސްވުމުގެ ދަށުން މަސް ޕްލާންޓު 280 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 29 މެއި 2020 | ހުކުރު 04:31
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން

އިންޑިއާ ސަރުކާރުގެ 'ހައި އިމްޕެކްޓް ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖްކްސް' ގެ އެހީގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ޤާއިމުކުރާ ގޭދޮށު މަސް ޕްލާންޓް ތައްޔާރުކޮށް ހިންގުމަށް އައްޑޫ ސިޓީ ކައުންސިލާއި އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ބުރާސްފަތި ދުވަހު އައްޑޫ ސިޓީ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރ، އަބްދުﷲ ސާދިގެވެ. އަދި އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ، އިބްރާހިމް ޚަލީލް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ މި އެއްބަސްވުމުގެ ދަށުން މަސް ޕްލާންޓުގެ މަސައްކަތް 280 ދުވަހުގެ ތެރޭގައި ނިންމައި ހިންގަން ފަށަން ޖެހޭ ކަމަށެވެ. އަދި މި މަޝްރޫއަށް 6،000،000 ރުފިޔާ (6 މިލިއަން ދިވެހި ރުފިޔާ) ޚަރަދު ކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ހިލޭ އެހީން ކަމަށާއި، އަދި އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 3،201،885 ރުފިޔާ (ތިން މިލިއަން ދެލައްކަ އެއްހާސް އަށްސަތޭކަ އަށްޑިހަ ފަސް ދިވެހި ރުފިޔާ ) ފުރަތަމަ ފިޔަވަހީގައި އިންވެސްޓްކުރުމަށް ނިންމާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

މިއެއްބަސްވުމާ ބެހޭ ގޮތުން މޭޔަރު ސާދިގާ ހަވާލާ ދެއްވާ ކައުންސިލުން ބުނެފައި ވަނީ މި މަސްޕްލާންޓްގެ ސަބަބުން މަސްވެރިން އަތުން މަސް ގަނެވި، އެ މަސް ރަނގަޅަށް ޕްރޮސެސް ކުރެވިގެން އައްޑޫގެ ރައްޔިތުންނާއި މުޅި ރާއްޖޭގެ އިތުރުން މުސްތަގުބަލުގައި ދުނިޔޭގެ ބާޒާރަށް ވެސް އެ އުފެއްދުންތައް ނެރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ވިދާޅުވީ މި އެއްބަސްވުމަކީ މަސްވެރިކަމުގެ ސިނާއަތަށް އިތުރު ކުރެވޭ އާ ބޮޅެއް ކަމަށެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންގެ ވަޒީފާތައް ގެއްލިފައިވާކަން ފާހަގަކުރައްވައި މޭޔަރ ސާދިގު ވިދާޅުވީ މި ގާއިމުކުރެވޭ މަސްޕްލާންޓްގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ވަޒީފާތައް އުފެދިގެންދާނެ ކަމަށެވެ.

އެލްނާތު ޕްރައިވެޓް ލިމިޓެޑްގެ ޕްރޮޖެކްޓް މެނޭޖަރ، އިބްރާހިމް ޚަލީލްއާ ހަވާލާދެއްވައި ކައުންސިލުން ބުނެފައި ވަނީ މިއީ އަލަށް ރާއްޖޭގައި ކުރެވޭ މަސައްކަތެއް ކަމަށާއި، ގޭދޮށު މަސް ފެކްޓްރީތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.

މި މަޝްރޫއަކީ އައްޑޫސިޓީގެ އިގްތިސާދު އިތުރަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ހިތަދޫގައި މަސް ޕްލާންޓް ބަހައްޓައި، ކަނޑުމަސް ގަނެ، ޕްރޮސެސްކޮށް، މަހުގެ ބާވަތްތައް އުފެއްދުމަށް މަގުފަހިވެގެންދާނެ އެވެ. އަދި މި މަސްޕްލާންޓް ގާއިމު ކުރެވޭނީ އައިސް އުފައްދައި މަސް ފިނިކޮށް ބެހެއްޓޭނެ ވަސީލަތްތައް ހިމެނޭ ގޮތަށެވެ. މި މަސްޕްލާންޓުން މަސް ކިރުމާއި ސާފުކުރުމާއި ފިނިކުރުމާއި ގަނޑުކުރުމާއި ވެކިއުމް ޕެކް ކުރުމާއި ޕެކޭޖް ކުރުމާއި ކޮލިޓީ ޓެސްޓުކުރުމާއި ތަފާތު ވައްތަރުގެ މަސް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރެވޭނެ އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު