Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިޔޫއެމްގެ ދަސްވެނިވުން

ކޮވިޑް-19ގެ މިހާލަތު ބަދަލުވީހާ އަވަހަކަށް ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާނަން: އައިޔޫއެމް

29 މެއި 2020 | ހުކުރު 03:40

މިހާލަތު ކުރިމަތިވީ ދަސްވެނިވުމުގެ ރަސްމިއްޔާތަށް ފުރިހަމައަށް ތައްޔާރުވެފައި ވަނިކޮށް

އަމްނާ އިމާދު
އަމްނާ އިމާދު | 29 މެއި 2020 | ހުކުރު 03:40
އިސްލާމިކް ޔުނިވާސިޓީ - އެ ޔުނިވާސިޓީން ވަނީ ދަރިވަރުންނަށް ގިނަ ލުއިތަކެއް ދީފައި

އިސްލާމިކް ޔުނިވާސިޓީ - އެ ޔުނިވާސިޓީން ވަނީ ދަރިވަރުންނަށް ގިނަ ލުއިތަކެއް ދީފައި

ކޮވިޑް-19ގެ މި ހާލަތު ބަދަލުވިހާ އަވަހަށް އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް)ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާނެ ކަމަށް އެޔުނިވަރސިޓީން ބުނެފި އެވެ.

ރާއްޖެޓީވީގެ ކޮވިޑް-19ގެ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި އައިޔޫއެމްގެ ރަޖިސްޓްރަރ އަހުމަދު ރައުފު އަބްދުﷲ ވިދާޅުވީ ކޮވިޑް-19ގެ މި ހާލަތު ކުރިމަތިވީ 2019 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތަށް ގާތްގަނޑަކަށް ފުރިހަމައަށް ތައްޔާރުވެފައި ވަނިކޮށެވެ.

ރައުފު ވިދާޅުވީ ދަސްވެނިވުމުގެ ރަސްމިއްޔާތައް ދަރުބާރުގޭގެ ބައެއް ހޯލްތައް ކުއްޔަށް ނަގާފައިވަނިކޮށް ކޮވިޑް-19އާ ގުޅިގެން ހޯލްތައް ސަރުކާރަށް ނެގި ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ދަސްވެނިވުމުގެ ބޮޑު ރަސްމިއްޔާތެއް ބޭއްވުމަކީ ރައްކާތެރި ގޮތަކަށް ނުވާތީ ވަކި މުއްދަތެއް ނެތް ގޮތަށް ލަސް ކުރެވިފައިވާ ކަމަށް ރައުފު ވިދާޅުވި އެވެ.

ރައުފު ވިދާޅުވީ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ލަސްވި ނަމަވެސް އައިޔޫއެމް ހުޅުވުނުހާ އަވަހަށް ދަރިވަރުންގެ ސެޓްފިކެޓުތައް ދޫކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ ދަތި ހާލަތާއި ގުޅިގެން ދަރިވަރުންނަށް ލުއި ގޮތްތައް ހޯދައި ދިނުމަށް އައިޔޫއެމުން ވަނީ ގިނަ ފިޔަޅުތަކެއް އަޅާފަ އެވެ.

އެގޮތުން މިއަހަރުގެ ކޯސް ފީގެ %20 ކުޑަ ކުރުމަށް ނިންމާ ދިރާގާ އުރީދޫއާއެކު މަޝްވަރާތައް ކުރެވި ކޮންމެ ދަރިވަރަކަށް 5 ޖީބީގެ ޑޭޓާ ހިލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސި އެވެ. އަދި ކަނެކްޝަން ހުންނަ ގޭގެއިން ހިލޭ މޫޑުލްއަށް ވަދެވޭ ގޮތް ވަނީ ހަދާފަ އެވެ.

އެކި ސަބަބުތަކާ ހުރެ މިއަހަރުގެ ކޯސް ކުރިއަށް ނުގެންދެވޭ ދަރިވަރުންނަށް އަންނަ އަހަރު އެ ފުރުސަތު ދޭނެ ކަމަށް އައިޔޫއެމުން ބުނެއެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2020

ކެންޑިޑޭޓުންގެ މަންދޫބުން ކަނޑައެޅުން: ވީހާވާވެސް އަވަހަކަށް އެކަން ނިންމެވުމަށް އެމްޑީޕީން އެދެފި

01 މާރިޗު 2020
ކެންޑިޑޭޓުންގެ މަންދޫބުން ކަނޑައެޅުން: ވީހާވާވެސް އަވަހަކަށް އެކަން ނިންމެވުމަށް އެމްޑީޕީން އެދެފި
24 ނޮވެމްބަރު 2019

ފަސްދޮޅަސް ފަސް ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

24 ނޮވެމްބަރު 2019
ފަސްދޮޅަސް ފަސް ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި
12 މާރިޗު 2019

ފުލުހުންގެ ޖޫނިއަރ އޮފިސަރސް ކޮމާންޑް ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

12 މާރިޗު 2019
ފުލުހުންގެ ޖޫނިއަރ އޮފިސަރސް ކޮމާންޑް ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި
18 ޖުލައި 2018

ވީހާވެސް އަވަހަކަށް ރީރެޖިސްޓްރީ ކުރެއްވުމަށް އިބޫ ގޮވާލައްވައިފި

18 ޖުލައި 2018
ވީހާވެސް އަވަހަކަށް ރީރެޖިސްޓްރީ ކުރެއްވުމަށް އިބޫ ގޮވާލައްވައިފި
11 މެއި 2018

އަދީބަށް ލޮލުގެ ފަރުވާ ދިނުމަށް ވީއެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ދެވަނަ ޑޮކްޓަރަކު ލަފާދެއްވައިފި

11 މެއި 2018
އަދީބަށް ލޮލުގެ ފަރުވާ ދިނުމަށް ވީއެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ދެވަނަ ޑޮކްޓަރަކު ލަފާދެއްވައިފި
01 ފެބުރުއަރީ 2018

އަދީބުގެ ލޮލުގެ އޮޕަރޭޝަނެއް ކުރުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން ލަފާދީފި

01 ފެބުރުއަރީ 2018
އަދީބުގެ ލޮލުގެ އޮޕަރޭޝަނެއް ކުރުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން ލަފާދީފި
30 އޮކްޓޯބަރު 2017

ކިތައްމެ އަވަހަކަށް އިންތިހާބެއް ބޭއްވިޔަސް އަނބުރާ ގޮނޑިއަށް އަންނާނަށް: މުސްތަފާ

30 އޮކްޓޯބަރު 2017
ކިތައްމެ އަވަހަކަށް އިންތިހާބެއް ބޭއްވިޔަސް އަނބުރާ ގޮނޑިއަށް އަންނާނަށް: މުސްތަފާ
26 އޯގަސްޓު 2017

އިޖުރާއަތްތައް ފުރިހަމަ ކުރެވުނުހާ އަވަހަކަށް ގާސިމް ފުރުވާލާނަން: ކަރެކްޝަން

26 އޯގަސްޓު 2017
އިޖުރާއަތްތައް ފުރިހަމަ ކުރެވުނުހާ އަވަހަކަށް ގާސިމް ފުރުވާލާނަން: ކަރެކްޝަން
05 ޖުލައި 2017

ގޮތެއް ހުރި ބުޅަލެއް ވެސް މަޖިލީހުގެ ރައީސް އިންނަވާ ގޮޑީގައި މިހާލަތުގައި ނީންނާނެ: އިމްތިޔާޒް

05 ޖުލައި 2017
ގޮތެއް ހުރި ބުޅަލެއް ވެސް މަޖިލީހުގެ ރައީސް އިންނަވާ ގޮޑީގައި މިހާލަތުގައި ނީންނާނެ: އިމްތިޔާޒް
21 އެޕްރީލު 2017

ގދ ފިޔޯރީ އަށް ވީއެންމެ އަވަހަކަށް ކަރަންޓް ފޯރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ފެނަކަ

21 އެޕްރީލު 2017
ގދ ފިޔޯރީ އަށް ވީއެންމެ އަވަހަކަށް ކަރަންޓް ފޯރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް