Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުދި ފިހާރަތަކަށް ހުއްދަ ދިނުން

ކުދި ފިހާރަތަކަށް ވަދެވޭނެ މީހުންގެ އަދަދު ކަނޑައަޅާ ފިހާރަ ބޭރުގައި ފެންނަ ގޮތަށް ބަހައްޓަނީ

ވިޔަފާރި ކުރުމުގެ ހުއްދަދޭނީ ހެނދުނު 9:00ން ރޭނގަޑު 9:00ށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 މެއި 2020 | ހުކުރު 01:19
މާލޭގެ ބާޒާރުމަތީ ސަރަހައްދުގައި ހުރި ފިހާރައެއްގައި މީހަކު ވިޔަފާރި ކުރަނީ

މާލޭގެ ބާޒާރުމަތީ ސަރަހައްދުގައި ހުރި ފިހާރައެއްގައި މީހަކު ވިޔަފާރި ކުރަނީ

ހުކުރު ދުވަހުން ފެށިގެން ލޮކްޑައުންއަށް ލުއިތަކެއްދޭން ނިންމާފައިވާ އިރު، ކުދި ފިހާރަތަކަށް ވަދެވޭނެ މީހުންގެ ޢަދަދު ކަނޑައަޅާ އެ ފިހާރަތަކުގެ ބޭރުގައި ފެންނަން ހުންނާނެ ގޮތަށް ސްޓިކަރ ޖަހާނެ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެ އެވެ.

ކުދި ފިހާރަތަކަށް ހުއްދަ ދިނުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ފައިރޫޝް ވިދާޅުވީ ވިޔަފާރި ކުރުމުގެ ހުއްދަ ދޭނީ ހެނދުނު 9:00ން ރޭނގަޑު 9:00ށް ކަމަށެވެ. އަދި އެ ހުއްދައިގެން ދަށުން ސައިކަލުގައި ދަތުރު ކުރެވޭނެ ކަމަށް ފައިރޫޝް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ފައިރޫޝް ވިދާޅުވީ ވިޔަފާރި ކުރާ ފަރާތްތަކުން ވެސް ހިފަހައްޓަން ޖެހޭ މިންގަނޑުތަކެއް އެބަހުރި ކަމަށާއި، އެ މިންގަނޑުގެ ތެރޭގައި މަދުވެގެން ތިން ފޫޓް ދުރުގައި މީހުން ތިބޭނެ ގޮތަކަށް އެތެރޭގެ ކަންކަން ތަރުތީބު ކުރަން ޖެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކުދި ވިޔަފާރިތަކަށް މުވައްޒަފުން ގޮސް ބަލާފައި އަދި އެތަންތަނުގެ 'ފިޒިކަލް ސްޕޭސް' އަށް ބަލާފައި އެތަނުގެ ބޭރުގައި ފެންނާނެ ގޮތަކަށް ސްޓިކަރ އެއް ބަހައްޓާނެ ކަމަށެވެ. އަދި ގިނަވެގެން ވަދެވޭނެ މީހުންގެ ޢަދަދު އޭގައި ހުންނާނެ ކަމަށް ފައިރޫޝް ވިދާޅުވި އެވެ.

އޭރުން އެއްވެސް ފަރާތަކަށް އޮޅުމެއް ނެތި އަދި އިޖުތިމާޢީ ގައިދުރުކަން ބަހައްޓައިގެން ޚިދުމަތްތައް ދެވިގެންދާނެ ކަމަށް ފައިރޫޝް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު