Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑރ. ޝީނާ މޫސާގެ އަންދާޒާތައް

ހާލަތު ރަނގަޅުވީ، އިރުޝާދުތަކަށް އާއްމުން ބޯލެނބުމުން: ޑރ. ޝީނާ

ބޭރަށް ނިކުމެ އުޅޭއިރު ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރެއްވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 27 މެއި 2020 | ބުދަ 20:12
ޑރ. ޝީނާ މޫސާ - ލޮކްޑައުންއަށް ލުއިދިނަސް އާއްމުން ސަމާލުވުމަށް އިލްތިމާސް ކުރެއްވި

ޑރ. ޝީނާ މޫސާ - ލޮކްޑައުންއަށް ލުއިދިނަސް އާއްމުން ސަމާލުވުމަށް އިލްތިމާސް ކުރެއްވި

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ކުރިޔާ އަޅައި ބަލާއިރު ހާލަތު ރަނގަޅުވެފައި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުތަކަށް އާއްމުން ބޯލެނބުމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ކޮންސަލްޓެންޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

ގްރޭޓަރ މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުން އަށް ލުއި ދިނުމާއި ގުޅޭގޮތުން ބުދަ ދުވަހުގެރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ހާލަތާއި ބެހޭ ގޮތުން އެޗްޕީއޭގެ ކޮންސަލްޓެންޓް ޑރ. ޝީނާ ވިދާޅުވީ، ކޮމިއުނިޓީ ސްޕްރެޑެއް އުޅޭތާ ހަ ހަފްތާ ވެފައިވާއިރު، ބަލި ފެތުރުމުގެ ރޭޓަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ފަހަކަށް އައިސް މާލެއިން ފެންނަ ކޭސްތަކުގެ ކޮންޓެކްޓްތައް ދަށްވެފައިވާ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިންވެސް ވަނީ ބުނެފަ އެވެ.

ޑރ. ޝީނާ ވިދާޅުވީ، ގޭގައި މީހުން ކަރަންޓީނު ކުރެވިގެން ދިޔުމުން އެ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ މިންވަރު ވަރަށް ދަށް ކުރެވިފައިވާ ކަމަށާއި، ލޮކްޑައުން އަށް ލުއިތަކެއް ލިބިގެންދާއިރު ވެސް އެ ގޮތުގައި ހިފަހައްޓަން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގޮތުގައި މިހާރު ބަލި ކޮންޓްރޯލް ކުރެވިފައިވާ މިންވަރު ދަށް ކުރެވިފައިވަނީވެސް އެޗްޕީއޭގެ އިރުޝާދުތަކަށް ބޯލަނބައިގެން ގިނަ ބަޔަކު އެގޮތަށް އަމަލު ކުރުމުންނެވެ. ހަމަ އެ އިރުޝާދުތަކުގެ މަތީގައި ދެމިތިބެ މަގުމައްޗަށް ނިކުމެ އުޅޭއިރުވެސް ވިހާވެސް ބޮޑަށް ގައިދުރުކަމަށް އިސްކަން ދިނުމަށް ޑރ. ޝީނާ އިލްތިމާސް ކުރެއްވި އެވެ.

މީގެ ކުރިން ހައްދާވާފައިވާ އަންދާޒާ ތަކަށް އަލިއަޅުއްވާލަމުން ޑރ. ޝީނާ ވިދާޅުވީ، ދުނިޔޭގެ އެވްރޭޖަށްވުރެ ރާއްޖޭގައި، ބަލީގައި ބޮޑުވަރުވާ މީހުންގެ އަދަދު ދަށް ކަމަށާއި، އަދި އައިސީޔޫގައި ފަރުވާދޭން ޖެހޭ މީހުންގެ އަދަދުވެސް ދަށް ކަަމަށެވެ. ސަބަބެއް ގޮތުގައި އޭނާ ފާހަގަކުރެއްވީ، ދިވެހިންގެ އާބާދީގެ އިތުރުން ބިދޭސީންގެ އާބާދީއަކީވެސް ޒުވާން އުމުރުގެ އާބާދީއަކަށް ވާތީ އެވެ.

ރާއްޖެއިން ކޮވިޑް-19 އަށް އެއް ހާހަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޔާސީ މަސްރަހުގެ ހާލަތު ދެނެގަތުމަށް އީޔޫގެ ވަފުދުން އިދިކޮޅު ފަރާތަކާއި ބައްދަލުކޮށްފި

ސިޔާސީ މަސްރަހުގެ ހާލަތު ދެނެގަތުމަށް އީޔޫގެ ވަފުދުން އިދިކޮޅު ފަރާތަކާއި ބައްދަލުކޮށްފި

23 މެއި 2017
މޭޑޭގައި ނުކުތް ހާލަތު ބަދަލެއް ނުވޭ، އަލުން ސަފުތައް ރުކުރުވާލަންޖެހޭ: އަމީން

މޭޑޭގައި ނުކުތް ހާލަތު ބަދަލެއް ނުވޭ، އަލުން ސަފުތައް ރުކުރުވާލަންޖެހޭ: އަމީން

01 މެއި 2017
ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ ހާލަތު އޮސްޓްރޭލިޔާ އެމްބެސެޑަރާ ހިއްސާކޮށްފި

ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ ހާލަތު އޮސްޓްރޭލިޔާ އެމްބެސެޑަރާ ހިއްސާކޮށްފި

26 އެޕްރީލު 2017
ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!

ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!

25 މާރިޗު 2017
ޑރ. ނިޔާފް ޓްވީޓް ކުރެއްވި ލަވަ އާއްމުންނަށް ދޭހަވީ މިގޮތަށް!

ޑރ. ނިޔާފް ޓްވީޓް ކުރެއްވި ލަވަ އާއްމުންނަށް ދޭހަވީ މިގޮތަށް!

24 މާރިޗު 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު