Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޮކްޑައުންއަށް ލުއި ދިނުން

ކޮވިޑް-19 ފެތުރޭ ނިސްބަތް 3.8ން 1.4 އިންސައްތައަށް ދަށްކުރެވިއްޖެ: ހެލްތް މިނިސްޓަރ

ލޮކްޑައުންއަށް ލުއިތަކެއް ދިނުމަށް ނިންމާ، އެކަން ވަނީ އިއުލާންކޮޮށްފައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 27 މެއި 2020 | ބުދަ 16:47
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ނޫސސްވެރިންގެ ބައްދަލުވުމުގައި

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ނޫސސްވެރިންގެ ބައްދަލުވުމުގައި

ކޮވިޑް-19 ފެތުރޭ ނިސްބަތް 3.8ން 1.4ށް ދަށްކުރެވިއްޖެކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Advertisement - newsAdvertisement

މިނިސްޓަރ އަމީން ވިދާޅުވީ، ލުއިތަކެއް ދިނުމަށް ނިންމާފައިވަނީ މިހާތަނަށް ކުރެވުނު މަސައްކަތުން ގިނަ ކުރިއެރުންތަކެއް ލިބުމާއި ގުޅިގެން ކަމަށެވެ. އެގޮތުން، ރައްޔިތުން ހޭލުންތެރި ކުރުވައި ކުރެވުނު މަސައްކަތުގެ ތެރެއިން، ޑައިރެކްޓް ކޮންޓެކްސްގެ ގޮތުގައި ފާހަގަކުރެވިފައިވާ މިންވަރާއި ބަލި ފެތުރޭ ނިސްބަތް ބޮޑުތަނުން ދަށް ކުރެވިފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެކަކުގެ ކިބައިން އަނެކަކަަށް ބަލި ފެތުރުމުގެ ނިސްބަތް 3.8ން 1.4ށް ދަށް ކުރެވިފައިވާކަމަށެވެ. އަދި އެކަކު އަނެކަކާއި ބައްދަލުކުރެވޭ ނިސްބަތް 33 މީހުންނާއި ހިސާބުން 6 މީހުންނަށް ދަށްކުރެވިފައިވާކަމަށެވެ.

ގިނަ ކާމިޔާބީއެއް ލިބުނުކަން ފާހަގަކޮށް މިނިސްޓަރ އިތުރަށް ވިދާޅުވީ، ބަލި ފެންނަ މިންވަރާއި، އަލާމާތްތައް ފެނި ފްލޫ ކިލްނިކަށް ދައްކައި ހެދޭ ޓެސްޓްތަކުގެ ނަތީޖާ ނެގެޓިވްވެ މަދުވަމުން އަންނަކަމަށެވެ.

އިތުރު މައުލޫމާތު ހާމަކުރަމުން ޑރ އަލީ ލަތީފް ވިދާޅުވީ ކޮވިޑް ޕޮޒިޓިވްވާ ރޭޓް ދަނީ ދަށަށްކަމަށާއި ލުއިތައްދޭއިރު ވަރަށް ބޮޑެތި ތައްޔާރީތަކެއް ވެފައިވާކަމަށެވެ. އެގޮތުން، މިހާރު ކޭސްތައް ފެނިއްޖެނަމަ އެޑްމިޓް ކޮށްގެން ފަރުވާ ދެވޭނެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުކުރެވިފައިވާކަން ޑރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތެއް ކުރަމުން އަންނައިރު، ސަރުކާރަށް މި ދަނޑިވަޅުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޕްރައިވެޓް ހޮސްޕިޓަލުތަކުންވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2017

ހަތަރު ގްރޫޕަކަށް ނިސްބަތްވާ ނުވަ މީހެއްގެ ފައިގަ ޓެގް އަޅުވަން އަމުރު ނެރެފި، މިއަދު ޓެގް އަޅުވާނެ!

18 އޮކްޓޯބަރު 2017
ހަތަރު ގްރޫޕަކަށް ނިސްބަތްވާ ނުވަ މީހެއްގެ ފައިގަ ޓެގް އަޅުވަން އަމުރު ނެރެފި، މިއަދު ޓެގް އަޅުވާނެ!
16 އޮކްޓޯބަރު 2017

ސްކޫލްތަކުގައި ޕާޓީ ޑްރަގްސްއެއް ނުފެތުރޭ:ޕޮލިސް

16 އޮކްޓޯބަރު 2017
ސްކޫލްތަކުގައި ޕާޓީ ޑްރަގްސްއެއް ނުފެތުރޭ:ޕޮލިސް
04 އޮކްޓޯބަރު 2017

ގާސިމް ފިއްލެވިކަމަށް ބުނެ ސަރުކާރަށް ދޮގު ޚަބަރެއް ނުފެތުރޭނެ: ރައީސް ނަޝީދު

04 އޮކްޓޯބަރު 2017
ގާސިމް ފިއްލެވިކަމަށް ބުނެ ސަރުކާރަށް ދޮގު ޚަބަރެއް ނުފެތުރޭނެ: ރައީސް ނަޝީދު
18 އެޕްރީލު 2017

މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި

18 އެޕްރީލު 2017
މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި
15 މާރިޗު 2017

އެޗް1އެން1 ވައިރަސް ފެތުރޭތީ ނަމާދުގައި ގުނޫތު ކިޔަން ނިންމައިފި

15 މާރިޗު 2017
އެޗް1އެން1 ވައިރަސް ފެތުރޭތީ ނަމާދުގައި ގުނޫތު ކިޔަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު