Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިބްރަހިމޮވިޗަށް އަނިޔާވުން

އިބްރަހިމޮވިޗްގެ އަނިޔާ ސީރިއަސް އެއް ނޫން

27 މެއި 2020 | ބުދަ 11:08

އިބްރަހިމޮވިޗަށް އަނިޔާވީ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 27 މެއި 2020 | ބުދަ 11:08
އޭސީ މިލާނުގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް: އަނިޔާވީ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

އޭސީ މިލާނުގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް: އަނިޔާވީ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑަންގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް އެ ކްލަބުން ބުނެފި އެވެ.

އިބްރަހިމޮވިޗްގެ ފައިގެ ކުޑަކަޅުވާއަށް އަނިޔާވީ ހޯމަ ދުވަހު އޭސީ މިލާނުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. އަނިޔާއާ ގުޅިގެން އިބްރަހިމޮވިޗް ވަނީ އަންގާރަ ދުވަހު ޓެސްޓްތަކެއް ހަދާފައެވެ. އެ ޓެސްޓު ތަކަށްފަހު އޭސީ މިލާނުން ބުނީ އިބްރަހިމޮވިޗްގެ ފައިގެ ކުޑަކަޅުވާއަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށާއި، އޭނާ އެނބުރި ކުޅުމަށް އަންނަން މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށެވެ.

އިބްރަހިމޮވިޗަށް ލިބުނު އަނިޔާގެ ތަފްސީލު ބަލަން 10 ދުވަސް ފަހުން އިތުރު ޓެސްޓުތަކެއް ހަދާނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކުޑަކަޅުވާ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ހަތަރު ހަފުތާ ނުކުޅެ ހުންނަން ޖެހިދާނެ އެވެ. އިޓާލިއަން ލީގު އަންނަ ޖޫން މަހުގެ މެދުތެރޭގައި ފަށާނެ ކަމަށް ބެލެވޭއިރު، އެ އަނިޔާގެ ސަބަބުން އިބްރަހިމޮވިޗަށް ފުރަތަމަ ދެ ހަފުތާއެއްގައި ނުކުޅެވިދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިބްރަހިމޮވިޗަށް އަނިޔާ މިވީ، ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ސްވިޑަންގައި ހުރުމަށް ފަހު އެނބުރި އިޓަލީއަށް ދިޔަތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

ސްވިޑަންގައި ހުރި މުއްދަތުގެ ތެރޭގައި ފިޓްނަސް ހިފެހެއްޓުމުގެ ގޮތުން އެ ގައުމުގެ ކްލަބަކާއެކު ބައެއް ފަރިތަކުރުންތަކުގައި އިބްރަހިމޮވިޗް ވަނީ ބައިވެރިވެފައެވެ. އިޓަލީއަށް ދިޔުމުން 14 ދުވަހަށް އިބްރަހިމޮވިޗް ކަރަންޓީނު ކުރިއިރު، ފަރިތަކުރުންތަކަށް ނުކުތީ ކޮވިޑް-19ށް ނެގެޓިވް ވުމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން މާޗު މަހުގެ ނުވަވަނަ ދުވަހު އިޓާލިއަން ލީގުގެ ކުޅުން މެދުކަނޑާލިއިރު، ރިޕޯޓުތައް ބުނާ ގޮތުން ޖޫން މަހުގެ މެދުތެރޭގައި ލީގުގެ ކުޅުން އަލުން ފަށަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް