Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަހިންދުރަ ރާޖަޕަކްސަގެ ޚިދުމަތް

ރާޖަޕަކްސަ ޤާނޫނު ހަދާ މަޖިލީހުގައި ޚިދުމަތް ކުރައްވާތާ 50 އަހަރު ފުރުމާއި ގުޅިގެން ރައީސް މަރުޙަބާ ވިދާޅުވެއްޖެ

މަހިންދުރަ ރާޖަޕަކްސަ މިހާރު މަސައްކަތް ކުރައްވަނީ ވަޒީރު ގާނޫނު ހަދާ މަޖިލީހުގައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 މެއި 2020 | ބުދަ 12:29
ސްރީލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސައަކީ ކާމިޔާބު ލީޑަރެއްގެ ގޮތުގައި ގައުމުތަކުން ސިފަކުރޭ

ސްރީލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސައަކީ ކާމިޔާބު ލީޑަރެއްގެ ގޮތުގައި ގައުމުތަކުން ސިފަކުރޭ

ސްރީލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ ޤާނޫނު ހަދާ މަޖިލީހުގައި ރައްޔިތުންނަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 50 އަހަރު ފުރުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އެމަނިކުފާނަށް މަރުޙަބާ ދަންނަވައިފި އެވެ.

ރައީސް ޞާލިޙުގެ މެސެޖުގައި ރާޖަޕަކްސަ ޤާނޫނު ހަދާ މަޖިލީހުގެ ތެެރެއިން ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނެވި ދިގު މުއްދަތުގައި، ރާއްޖެއާއި ސްރީލަންކާއައި ދެމެދު ގާތް ގުޅުމެއް ދެމަހެއްޓުމަށް ކުރެއްވި މަސައްކަތް އުފަލާއި އެކު ބަލައިގަންނަ ކަމަށް ވިދާޅުވެފައި ވެއެވެ. ރައީސް، ރާޖަޕަކްސަ ސިފަ ކުރައްވާފަައި ވަނީ ދެ ޤައުމުގެ އުޚުއްވަތްތެރި ގުޅުމުގެ 'ޗެމްޕިއަން' ގެ ގޮތުގަ އެވެ.

Advertisement - newsAdvertisement

ޕަރސީ މަހިންދްރަ ރާޖަ ޕަކްސެ ނުވަތަ ޢާންމު ނަމުންނަމަ މަހިންދަ ރާޖަޕަކްސައަކީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލު ކުރައްވާފައިވާ އަދި ނުފޫޒު ގަދަ ސިޔާސީ ވާދަވެރި ޢާއިލާއަކަށް ނިޞްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިކުފާނު ސިޔާސީ މައިދާނަށް ނިކުންނެވީ ބައްޕާފުޅު 1967 ވަނަ އަހަރު އަވަހާރަވުމާއި ގުޅިގެންނެވެ. އެ އަހަރު ބައްޕާފުޅު ނިޞްބަތްވެ ވަޑައިގަންނަވާ ސިޔާސީ ޕާޓީ އެސްއެލްއެފްޕީގައި ޙަވާލުވެވަޑައިގެންނެވި އެވެ. އަދި އެއްވާނެއްގައި ސިޔާސީ ޙަރަކާތްތައް ފުޅާ ކުރައްވާ ރައްޔިތުންގެ ތާޢީދު ހޯއްދަވާ އެޕާޓީގެ ކެންޑިޑޭޓެއްގެ ޙައިޞިއްޔަތުން 1970 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެއްވި އެވެ. އޭރު ތަމްސީލު ކުރެއްވީ، އިންތިޚާބީ ދާއިރާއެއް ކަމަށްވާ ބެލިއައްޓާ އެވެ. އޭރު ރާޖަޕަކްސަގެ އުމުފުޅަކީ 24 އަހަރު ކަމުން، އެމަނިކުފާނު ވެވަޑައިގެންނެވީ ޤާނޫނު ހަދާ މަޖިލީހުގެ އެންމެ ހަނގު މެންބަރަށެވެ.

ރާޖަޕަކްސަގެ ސިޔާސީ ޙަޔާތްޕުޅަށް ބަލާއިރު، އެމަނިކުފާނު ވަނީ އެތައް ވުޒާރާއެއްގެ ވަޒީރުކަމާއި، ރައީސްގެ މަޤާމު 3 ދައުރަކަށް ފުރުއްވާފަ އެވެ. އެމަނިކުފާނުގެ ޒަޢާމަތުގައި ހޯއްދެވި އެންމެ ބޮޑު ކާމިޔާބީ އަކީ ތަމަޅަ ޓައިގަރުންނާއި ދެކޮޅަށް އެޤައުމުގައި ކުރިޔަށްދިޔަ ދިގުލީ ދާޚިލީ ހަނގުރާމަ ކާމިޔާބު ކުރެއްވުމެވެ. އަދި ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައި އޮތް ސްރީލަންކާ އާރާސްތު ކުރައްވާ، އަނދަވަޅަކަށް ވެއްޓިފައި އޮތް އިޤުތިޞާދު ކޮޅަށް ޖައްސާވާ، ހަޑިވެފައިވާއި އިންސާނީ ޙައްޤުތަކުގެ ޙާލަތު ރަނގަޅު ކުރައްވާ، ނަޞްލީ ތަފާތު ކުރުން ނައްތާލައްވާ، ހައްޤުތަކުން މަޙުރޫމުވެފައި ތިބި ކުދި ޢާބާދީތަކާއި ގްރޫޕުތަކުގެ ޙާލަތު ރަނގަޅު ކުރެއްވުން ހިމެނެއެވެ.

މިއަދު ސްރީލަންކާއިން ދެކެމުން އަންނަ ޒަމާނީ ތަރައްޤީގެ ބާނީ އަކީ ނުވަތަ މޭސްތިރި އަކީ މަހިންދަ ރާޖަޕަކްސަގެ ގޮތުގައި އެޤައުމުގެ ގިނަ ރައްޔިތުން ސިފަކުރެއެވެ. މީގެ 50 އަހަރު ކުރިން ރައްޔިތުންނަށް ޤާނޫނީ މަޖިލީހުގެ ތެރެއިން ޚިދުމަތް ކުރައްވަން ފެއްޓެވި ރާޖަޕަކްސަ މިހާރު ހުންނެނީ އެ ޤައުމުގެ ބޮޑުވަޒީރު ކަމުގެ މަޤާމުގަ އެވެ.

ރާޖަޕަކްސަގެ ޒަޢާމަތުގައި ރާއްޖެއާއެކު ވަރަށް ގާތްގުޅުމެއް ބޭއްވެވި އެވެ. އަދި ރާއްޖެ އެހީއަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެމަނިކުފާނު ވަރަށް އީޖާބީ ގޮތެއްގައި އެކަންކަން ކޮށްދެއްވި އެވެ. އަދި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރައްވާ، އެއްބަސްވުން ތަކުގެ ތެރެއިން ދެޤައުމުން އަންނަނީ އެހީތެރިވަމުންނެވެ. ރާއްޖެ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އިޢުލާނު ކުރެވިގެން ދިއުމާއެކު، އެންމެ ފުރަތަމަ ސިޔާސީ ގުޅުން ޤާއިމު ކުރި ޤައުމުތަކުގެ ތެރޭގައި ސްރީީލަންކާ ހިމެނެއެވެ. އޭރުއްސުރެ ދެޤައުމުގެ ދެމެދުގައި އަޚުވަތްތެރި ގާތް ގުޅުމެއް ވަނީ ދަމަހައްޓާފަ އެވެ. މީގެ އެންމެ މުހިންމު ދައުރެއް އަދާ ކުރެއްވި ބޭފުޅަކީ ރާޖަޕަކްސަ އެވެ. ދައުލަތުގެ ވެރިޔާގެ މަޤާމާއި ވަޒީރުގެ މަޤާމު ތަކުގައި ހުންނެވި އިރު، އަދި މިހާރު ބޮޑު ވަޒީރު ކަމުގެ މަޤާމުގައި ހުންނަވައިގެން ރާޖަޕަކްސަ ގެންދަވަނީ ރާއްޖެއާއެކު ބަދަހި ގުޅުމެއް ބާއްވަވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު