Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުދައުލަތުގެ އާމްދަނީ

އަންދާޒާކުރި 17.2 ބިލިއަން ރުފިޔާގެ އާމްދަނީ، 8.95 ބިލިއަނަށް ތިރިވެއްޖެ

27 މެއި 2020 | ބުދަ 10:26

8.95 ބިލިއަން ރުފިޔާގެ އާމްދަނީއަކީ މިހާރުގެ ބެސްޓް ކޭސް ސިނޭރިއޯ

އަމަން ހަލީމް
އަމަން ހަލީމް | 27 މެއި 2020 | ބުދަ 10:26
ވެލާނީ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފްލައިޓެއް ޖައްސަނީ: ބޯޑަރު ބަންދުކުރުމުން ފަތުރުވެރިކަން ހުއްޓި އާމްދަނީއަށް ބޮޑު ހީނަރުކަމެއް

ވެލާނީ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފްލައިޓެއް ޖައްސަނީ: ބޯޑަރު ބަންދުކުރުމުން ފަތުރުވެރިކަން ހުއްޓި އާމްދަނީއަށް ބޮޑު ހީނަރުކަމެއް

މި އަހަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވެނީ ޖުމުލަ 8.95 ބިލިއަން ރުފިޔާ ކަމަށް އެ އިދާރާ އިން ހާމަކޮށްފި އެވެ.

މީރާ ގެ މަސައްކަތްތަކާއި ގުޅޭގޮތުން އާންމުންނަށް މައުލޫމާތު ދިނުމުގެ ގޮތުން ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓޭކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވީ މިއީ ކުރީގެ ނަޒަރުކުރުންތަކާއި އަޅާ ކިޔާއިރު، %48 ދަށްވުމެއް ކަމަށެވެ. މި އަހަރުގެ ބަޖެޓުގައި އަންދާޒާ ކުރެވުނީ، ދައުލަތަށް 17.2 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބޭނެ ކަމަށެވެ.

މިހާރު އަންދާޒާކުރާ 8.5 ބިލިއަން ރުފިޔާއަކީ މީރާ އިން އެކުލަވާލާ، ފިނޭންސް މިނިސްޓްރީ އަދި ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފައިވާ ސިނޭރިއޯތަކުގެ ތެރެއިން ތިންވަނަ ސިނޭރިއޯގައި އިގްތިސާދު ފެށިއްޖެނަމަ، ލިބޭނެ އާމްދަނީ އެވެ. ތިންވަނަ ސިނޭރިއޯގައި ފަތުރުވެރިކަން ފެށުމަށް ބޯޑަރު ހުޅުވާލާނީ ޖުލައި މަހުގަ އެވެ.

އެހެން ސިނޭރިއޯތަކަށް ބަލާއިރު ސިނޭރިއޯ 4 ގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 7.67 ބިލިއަން ރުފިޔާގެ އާމްދަނީ އެކެވެ. މި ސިނޭރިއޯގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާނީ، އޮކްޓޫބަރު މަހު އެވެ. ސިނޭރިއޯ 5 ނުވަތަ އެންމެ ގޯސް ހާލަތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 6.62 ބިލިއަން ރުފިޔާގެ އާމްދަނީ އެކެވެ. މި ހާލަތުގައި، ރާއްޖޭގެ ބޯޑަރު ހުޅުވާނީ އަންނަ އަހަރު އެވެ.

އާމްދަނީ ދަށަށް ދިޔައީ ފަތުރުވެރިކަން ހުއްޓުމަކަށް އައުމުން ކަމަށް ކޮންޓްރޯލަރ ޖެނެރަލް ވެސް ވަނީ ފާހަގަކުރައްވާފަ އެވެ. ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން މީރާ އިން ބަލައިގަންނަ ފައިސާގެ 60 އިންސައްތައަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އެވެ.

އަހަރުގެ މިހާތަނަށް މީރާ އަށް ލިބިފައިވާ ފައިސާގެ އަދަދުތައް ހިއްސާކުރައްވަމުން ފަތުހުﷲ ވިދާޅުވީ، މި އަހަރުގެ ޖެނުއަރީ މަހު 1.8 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވާއިރު، އޭޕްރިލް މަހު އާމްދަނީގެ ގޮތުގައި ލިބުނީ 527 މިލިއަން ރުފިޔާގެ ކަމަށެވެ. މެއި މަހުގެ 17 ވަނަ ދުވަހާ ހަމައަށް 109 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވާ ކަމަށް ވެސް މައުލޫމާތު ދެއްވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 މާރިޗު 2017

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
16 ފެބުރުއަރީ 2017

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
06 ފެބުރުއަރީ 2017

އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

06 ފެބުރުއަރީ 2017
 އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
27 ޖެނުއަރީ 2017

އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި

27 ޖެނުއަރީ 2017
އާމްދަނީ މިލިއަނަކަށް ނާރާނަމަ ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް މީރާއިން ހަމަޖައްސައިފި
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް