Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ކެބިނެޓް މިނިސްޓަރ ތޮންޑަމަން

ސްރީލަންކާގެ ކޮމިއުނިޓީ އެމްޕަވަރންމަންޓް މިނިސްޓަރ އަވަހާރަވެއްޖެ

27 މެއި 2020 | ބުދަ 08:54

އަވަހާރަވެވަޑައިގެންނެވީ ހާޓްއެޓޭކެއް ޖެހިވަޑައިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 މެއި 2020 | ބުދަ 08:54
ސައިލޯން ވާރކާސް ކޮންގްރެސްގެ ލީޑަރު އަދި ލަންކާގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރު ސުވަމިއަމޫރތީ އަރުމުގަމް ރަމަނަތަން ތޮންޑަމަން

ސައިލޯން ވާރކާސް ކޮންގްރެސްގެ ލީޑަރު އަދި ލަންކާގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރު ސުވަމިއަމޫރތީ އަރުމުގަމް ރަމަނަތަން ތޮންޑަމަން

ސްރީލަންކާގެ މިނިސްޓަރ އޮފް ކޮމިއުނިޓީ އެމްޕަވަރންމަންޓް އެންޑް އެސްޓޭޓް އިންފްރަސްޓްރަކްޗަރ ޑެވެލޮޕްމެންޓް އަރުމުގަން ތޮންޑަމަން އަވަހާރަ ވެއްޖެ އެވެ.

ސިލޯން ވާރކާސް ކޮންގްރެސްގެ ލީޑަރު ކަންވެސް ކުރައްވަމުން ގެންދަވާ ސަވޫމިއަމޫރތީ އަރުމުގަމް ރަމަނަތަން ތޮންޑަމަން އަވަހަރަވީ ހިތުގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ހާޓް އެޓޭކެއް ޖެހިގެން ކަމަށް ލަންކާ ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ. އަވަހާރަވީ ތަލަންގަމާ ބޭސް ހޮސްޕިޓަލުގައެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 55 އަހަރެވެ.

Advertisement - worldAdvertisement

ތޮންޑަމަންއަކީ ސިލޯން ވޯކާރސް ކޮންގްރެސްގެ ލީޑަރުގެ އިތުރުން، ލަންކާގެ ޓްރޭޑް ޔޫނިއަންގެ ފަރާތުން ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގައި ނުއަރަލިޔާ ޑިސްޓްރިކްޓްގެ ތަމްސީލް ކުރައްވަނީ ވެސް އެމަނިކުފާނެވެ.

ތޮންޑަމަން އަވަހާރަވުމާއި ގުޅިގެން ސްރީލަންކާގެ ލަންކާގެ ގޮތަބަޔަ ރާޖަޕަކްސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތޮންޑަމަން އަވަހާރަވީ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި ތޮންޑަމަންއަކީ މުޖްތަމަޢު ތަރައްޤީކުރެއްވުމަށް އަހަމިއްޔަތުކަމެއް ދެއްވައިގެން އަގުހުރ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށާއި، ދަނޑުވެރިންގެ ޙައްޤުގައިވެސް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.

ތޮންޑަމަން އަވަހާރަވުމާއި ގުޅިގެން ، ސްރީލަންކާގެ ރައީސް ވަނީ އެމަނިކުފާނުގެ ޢާއިލާއަށް ތަޢުޒިޔާއައި ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފަ އެވެ.

ތޮންޑަމަން އުފަންވެވަޑައިގެންނެވީ މެއި 29، 1964 ގައެވެ. އަދި އެމަނިކުފާނަކީ މިނިސްޓަރ އޮފް ކޮމިއުނިޓީ އެމްޕަވަރމަންޓް އެންޑް އެސްޓޭޓް އިންފްރާސްޓްރަކްޗަރ ފެސިލިޓީސް ޑިވެލޮޕްމަންޓެވެ. މިނިސްޓަރުކަމުގެ ހުވާ ކުރައްވާ މަޤާމާއި ޙަވާލުވެ ވަޑައިގެންނެވީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެމަނިކުފާނަކީ މަޝްހޫރު އެސްޓޭޓް ލެޖެންޑަރީ ލީޑަރު، ސައުމްޔަމޫރިތި ތޮންޑަމަންގެ ކާފަ ދަރިކަލުންނެވެ. ސިލޯން ވާރކާސް ކޮންގްރެސްގެ ލީޑަރުކަމާއި ތޮންޑަމަން ހަވާލުވެ ވަޑައިގެންނެވީ 1999 ވަނަ އަހަރު، އެމަނިކުފާނުގެ ކާފާފުޅު އަދި ސިލޯން ވާރކާސް ކޮންގްރެސް އުފެއްދެވި ސައުމްޔަމޫރތީ ތޮންޑަމަން އަވަހާރަވުމާއި ގުޅިގެންނެވެ.

ތޮންޑަމަން ފަސްދާނުލެއްވުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހު ނޫރވުޑް ސްޓޭޑިއަމްގަ އެވެ. ތޮންޑަމަން އަވަހާރަވީ އިރު ތިން ބޭފުޅުން ދުނިޔޭގެ އެބަތިއްބެވެ.

ވެރިރަށް ކޮލޮމްބޯގެ ރޯޔަލް ކޮލެޖުން އިބްތިދާއީ، އަދި ޘާނަވީ ތަޢުލީމު ޙާޞިލު ކުރެއްވި ތޮންޑަމަން ޤާނޫނު ހަދާ މަޖިލީހަށް ހޮވިވަޑައިގެންނެވީ އުމުރުފުޅުން 35 އަހަރުގައި ޔުނައިޓެޑް ނެޝަނަލް ޕާޓީގެ ފަރާތުން ނުއަރަލިޔާ ޑިސްޓްރިކްޓުންނެވެ. މީގެ އިތުރުން ކެބިނެޓްގައި މަސައްކަތް ކުރެއްވުމަށްފަހު 2016 ވަނަ އަހަރު ސްރީލަންކަން ފްރީޑަމް ޕާޓީއާއި ގުޅިވަޑައިގެންނެވި އެވެ.

ލަންކާގެ "ފިއުނަރަލް ކޮމިޓީ" ން ވަނީ އެމަނިކުފާނުގެ ހަށިކޮޅު ބަތަރަމުއްލާގައި ހުންނަވާ އެމަނިކުފާނުގެ ގެ ކޮޅުގައި ބުދަ ދުވަހު ބާއްވަވަން ނިންމާފަ އެވެ. އަދި ބުރާސްފަތި ދުވަހު ޤާނޫނު ހަދާ މަޖިލީހުގައި ވެސް ވަކި އިރެއް ވަންދެން ބާއްވަވަން ނިންމާފައި ވެއެވެ. އަދި ބުރާސްފަތި ދުވަހު ކޮލޮމްބޯ 3 ގައި ހުންނަ ސިލޯން ވާރކާސް ކޮންގްރެސްގެ މައި މަރުކަޒަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހު، ރަމްބޯޑާގައި ހުންނަވާ އެމަނިކުފާނުގެ އަމިއްލަ ގެކޮޅަށް ހަށިކޮޅު ގެންދަވަން ވަނީ ނިންމާފަ އެވެ.

ސިލޯން ވާރކާސް ކޮންގްރެސްއިން ބުނީ ތޮންޑަމަންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނީ ޝަރަފުވެރިކަމާއެކު އާދީއްތަ ދުވަހު ކަމަށެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

30 މެއި 2017

ޕެނަމާގެ ކުރީގެ ވެރިޔާ މެނުއެލް ނޮރިއެގާ އަވަހާރަވެއްޖެ

30 މެއި 2017
ޕެނަމާގެ ކުރީގެ ވެރިޔާ މެނުއެލް ނޮރިއެގާ އަވަހާރަވެއްޖެ
24 މެއި 2017

އީޔޫގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރ ތައުރީފް ކުރައްވައިފި

24 މެއި 2017
އީޔޫގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރ ތައުރީފް ކުރައްވައިފި
18 މެއި 2017

އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ

18 މެއި 2017
އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ
24 އެޕްރީލު 2017

ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި
07 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު
01 އެޕްރީލު 2017

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި
27 ފެބުރުއަރީ 2017

ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު

27 ފެބުރުއަރީ 2017
ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު
14 ފެބުރުއަރީ 2017

ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

14 ފެބުރުއަރީ 2017
ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް