Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލްތަކުގެ ގާނޫނީ ހުސްކަން

ގާނޫނުއަސާސީ އިސްލާހު ކުރުން: ބިލު ފޮނުވާނީ މުޅި މަޖިލީހުގެ ކޮމެޓީއަށް، ބުރާސްފަތި ދުވަހު މަޖިލީހުން ގޮތެއް ނިންމާނެ!

26 މެއި 2020 | އަންގާރަ 11:16

ޖޫން މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ހިނގަމުންދާ ކައުންސިލަރުންގެ ދައުރު ހަމަވާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 26 މެއި 2020 | އަންގާރަ 11:16
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން: އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު މާރޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންގޮސްފައިވ

މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ދިގު ދައްމާލުމާއި، ގުޅޭގޮތުން، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ބުރާސްފަތި ދުވަހުގެ މަޖިލީހުގެ ޖަލްސާއިން ގޮތެއް ނިންމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އެ ބިލު ސްޕޮންސަރ ކުރެއްވި ބިލަތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް އެވެ. އަދި އެ ބިލު ހުށަހެޅުމާއެކު ބަހުޘްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާ ހެނދުނު 11ން ފެށިން މެންދުރުފަހު 2 ޖަހަންދެން ކުރިއަށް ގެންގޮސްފައި ވަނީ އެ ބިލަށް ބަހުޘް ކުރުމަށެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، އެ ބިލަށް ބަހުޘް ކުރުމުގެ ފުރުސަތަށް އެދިފައިވަޑައިގަންނަވާފައިވާ ހުރިހާ މެންބަރުންނަށް ބުދަ ދުވަހުގެ ޖަލްސާގައި ފުރުސަތު އަރުވާ ނިމޭނެ ކަމަށެވެ. އަދި އެ ބިލު މަޖިލީހަށް ބަލައިގަތުމާ މެދު ވޯޓަށް އައްސަވައި، ބަލައިގަންނަން ފާސްވެއްޖެނަމަ، މުޅި މަޖިލީހުގެ ކޮމެޓީއަށް އެބިލު ދިރާސާ ކުރުމަށް ފޮނުއްވޭނެ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، މުޅި މަޖިލީހުގެ ކޮމެޓީން އެ ބިލާމެދު ގޮތެއް ނިންމައި، ބުރާސްފަތި ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން އެބިލު ފާސްކުރުމާމެދު ގޮތެއް ނިންމުމަށް އެޖެންޑާ ކުރެއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަންގާރަ ދުވަހުގެ ޖަލްސާ ބާއްވާފައި ވަނީ މަޖިލީހުގެ އިދާރާގަ އެވެ. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން މިދިއަ މާރޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންގޮސްފައި ވަނީ މަޖިލީހުގެ ރައީސް މަޖިލީހުގެ ޖަލްސާކުރާ މާލަމުގެ ރިޔާސަތުގައި އިންނަވައި، އަދި މަޖިލީހުގެ މެންބަރުން އެ މެންބަރަކު ހުންނެވި ތަނެއްގައި ހުންނަވައިގެން، ވެބް ކޮންފަރެންސް މެދުވެރިކޮށެވެ.

ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ހުރި ބިލެކެވެ.

އެގޮތުން، ބައެއް މެންބަރުން ވިދާޅުވަނީ ރާއްޖޭގައި ކޮވިޑް-19 ރޯގާއިން ރައްކާތެރިވުމަށްޓަކައި، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކާ އިޢުލާނުކޮށްފައި ވާތީ، މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ނުކުރެއްވޭނެ ކަމަށެވެ. ބައެއް މެންބަރުން ވިދާޅުވަނީ، މިއީ ޤާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތު ނޫން ކަމަށާއި މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރެވޭނެ ކަމަށެވެ. އަދި ބައެއް މެންބަރުން ޤަބޫލު ކުރައްވާ ގޮތުގައި މިއީ ޤާނޫނުއާސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތު ނޫންކަމަށް ވިޔަސް، މި ޙާލަތަކީ ރައްޔިތުންގެ ޙައްޤުތަކެއް ހިފެހެއްޓި، ގެއިން ބޭރަށް ނުނިކުމެވޭ، އެއްވެ ނޫޅެވޭ، ނުވަތަ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުންވެސް މީހުން ހައްޔަރުކޮށް، ޙައްޤުތަކެއް ހިފެހެއްޓިފައިވާ ޙާލަތެއް ކަމަށްވާތީ، މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.

މި ޚިޔާލު ތަފާތުވުންތައް ނައްތާލުމަށާއި ޤާނޫނީ އެހެން ޙައްލެއް ގެނައުމަށްޓަކައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވަނީ މަޖިލީހަށް އިތުރު ބިލެއް ހުށަހަޅުއްވާފަ އެވެ. އެއީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" އެވެ.

ޙަސަން ލަޠީފް ހުށަހެޅުއްވި ބިލާމެދުވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން ތަކެއް ވަނީ އުފެދިފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް