Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖިނާޢީ އިޖުރާޢަތުގެ ޤާނޫނު އިސްލާހުކުރުން

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހަށް ޑީޖޭއޭއިންވެސް ތާއީދުކުރަން: ނަޒީރް

26 މެއި 2020 | އަންގާރަ 10:59

ބިލު ހުށަހެޅުއްވީ، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 މެއި 2020 | އަންގާރަ 10:59
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ އަބްދުﷲ ނަޒީރް- ޑީޖޭއޭއިންވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހަށް ތާއީދު ކުރޭ

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ އަބްދުﷲ ނަޒީރް- ޑީޖޭއޭއިންވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހަށް ތާއީދު ކުރޭ

ޚާއްސަ އުސޫލުތައް ހިނގާ ހާލަތްތަކުގައި ދައުވާގެ މުއްދަތު ނުހިނގާ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެންނަން ހުށައަޅާފައިވާ އިސްލާހަށް ތާއީދު ކުރައްވާކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ އަބްދުﷲ ނަޒީރް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ރާއްޖެޓީވީގެ ކޮވިޑް-19 ކަވަރޭޖަށް ދެއްވި އިންޓަރވިއުއެއްގައި ނަޒީރް ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ އިސްލާޙަކީ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިންވެސް ބޭނުންވާ އިސްލާޙެއް ކަމަށެވެ. އެގޮތުން ދައުވާލިބޭ މީހާގެ ޝަރީއަތް ހިނގަންޖެހެނީ ފަނޑިޔާރެއްގެ ކުރިމަތީގައިކަން ޤާނޫނު އަސާސީންވެސް ލާޒިމު ކޮށްފައިވާކަން ފާހަގަ ކުރައްވައި ނަޒީރް ވިދާޅުވީ، އެ ޙައްޤު ލިބިގަތުމާއި ދޫކޮށްލުމުގެ އިހުތިޔާރު ދައުވާލިބޭ މީހާއަށް ލިބިގެންވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށައަޅާފައި މިވާ އިސްލާޙަކީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފަނޑިޔާރެއްގެ ކުރިމަތީގައި ޝަރީއަތް ހިންގޭނެ މަގު ޤާނޫނުގެ ތެރެއިން ފަހިކޮށްދޭނެ އިސްލާޙެއްކަމަށް ވިދާޅުވިއެވެ.

ސުޕީރިއާރ ކޯޓުތަކުގައިވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަން ފާހަގަ ކުރައްވައި ނަޒީރް ވިދާޅުވީ، ރާއްޖޭގެ 132 މެޖިސްޓްރޭޓް ކޯޓުގައި އޯޑިއޯ ކޮންފަރެންސް ސިސްޓަމް ބެހެއްޓިފައިވާ ކަމަށާއި، 101 ކޯޓުގައި ވިޓްނަސް އެންޑް ވިކްޓިމް ޕްރޮޓެކްޝަން ސިސްޓަމްތަކާއި ވީޑިއޯ ކޮންފަރެންސް ސިސްޓަމްތައް ބެހެއްޓިފައިވާކަމަށެވެ.

އޭގެ އިތުރުން، ރާއްޖޭގައި މެޖިސްޓްރޭޓެއް ނެތް 79 ކޯޓު އެބަހުރި ކަމަށާއި، މެޖިސްޓްރޭޓަކު ކަނޑައެޅިފައިވަނީ 109 ކޯޓުގައިކަން ފާހަގަ ކުރައްވައި ނަޒީރް އިތުރަށް ވިދާޅުވީ، މެޖިސްޓްރޭޓް ނެތް ކޯޓުތަކަށް ދަތުރު ކުރައްވައި ޝަރީއަތްތަކުގެ ކަންކަން ކުރިއަށް ގެންދަނީ އެ މެޖިސްޓްރޭޓުން ބޭނުން ކޮށްގެން ކަމަށެވެ.

ނަޒީރް އެހެން ވިދާޅުވެފައިވާއިރު، ފާއިތުވި އަހަރު މިފަދަ ދަތުރުތަކަށް ޕީޖީ އޮފީހުން އެކަނި ކޮށްފައިވާ ޚަރަދުތަކުގެ ޖުމުލަ އަދަދުވެސް 3،131،607.39 ( ތިން މިލިއަން އެއްލައްކަ ތިރީސް އެއްހާސް ހަސަތޭކަ ހަތް ރުފިޔާ ތިރީސް ނުވަ ލާރިއަށް) އަރާ ކަމަށް ޕީޖީ އޮފީހުގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. އެއާއެކު ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ޝަރީޢަތް ކުރިޔަށް ގެންދިޔުމުގެ މަގު ފަހިވެގެންދާގޮތަށް ހުށައެޅި މި އިސްލާޙު ފާސްވެއްޖެނަމަ ޚަރަދު ކުޑަކުރެވޭނެކަން ޕީޖީ ހުސައިން ޝަމީމްވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވަނީ މި އިޞްލާޙުގެ ދަށުން ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ޝަރީޢަތް ކުރިޔަށް ގެންދިޔުމުގެ މަގު ފަހިވެގެންދާނެކަން ފާހަގަ ކުރައްވާފައެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް