Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19 ޖެހިގެން މީހަކު ނިޔާވުން: ތަހުގީގު

ކޮވިޑުގެ ފުރަތަމަ މަރާއި ގުޅޭ ރިޕޯޓް: އެއްވެސް އިދާރާއެއްގެ އިހުމާލެއް ނެތް

ރަނގަޅުކުރަން ކަންތައްތަކެއް ފާހަގަކޮށްފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 25 މެއި 2020 | ހޯމަ 19:58
ޑރ. ނަޒްލާ ރަފީގް، ހޯމަ ދުވަހުގެ ރޭ ބޭއްވި އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި

ޑރ. ނަޒްލާ ރަފީގް، ހޯމަ ދުވަހުގެ ރޭ ބޭއްވި އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި

ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހިފައިވާ މީހަކު ނިޔާވުމާއި ގުޅިގެން، ކަމާބެހޭ އެއްވެސް އިދާރާއެއްގެ އިހުމާލުވޭތޯ ބެލުމަށް ހިންގުނު ތަހުގީގުގައި އެއްވެސް އިދާރާއެއްގެ ނުވަތަ މުއައްސަސާއެއްގެ އިހުމާލެއް އޮތް ކަމަށް ނުފެންނަކަމަށް ރިޕޯޓުން ހާމަވެއްޖެ އެވެ.

މި ރިޕޯޓާއި ގުޅިގެން ހޯމަ ދުވަހު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މަރުގެ މައްސަލައިގެ ތަހުގީގު ހެލްތު މިނިސްޓްރީގެ ކޮލިޓީ އިމްޕްރޫވްމެންޓު ޑިވިޝަނުން ނިންމާފައިވާކަމަށެވެ. އަދި ތަހުގީގުން އެއްވެސް ބައެއްގެ އިހުމާލެއް އޮތްކަމަށް ނުދައްކާ ކަމަށެވެ.

Advertisement - newsAdvertisement

ސިއްޙީ ފަރުވާ ދެމުން ދަނިކޮށް މީހަކު މަރުވެއްޖެނަމަ ނުވަތަ މަރުވި މީހެއްގެ ސިއްޙީ މައްސަލަތައް ތަހުގީގު ކުރަނީ ހެލްތު މިނިސްޓްރީގެ ކޮލިޓީ އިމްޕްރޫވްމެންޓު ޑިވިޝަނުންނެވެ.

އެއްވެސް އިދާރާއެއްގެ އިހުމާލެއް ނެތް ކަމަށް ރިޕޯޓުގައި ބުނެފައިވީނަމަވެސް ނިޔާވި އައިމިނަތު އާދަމަށް ފަރުވާ ދިނުމުގައި ކަންކަން ލަސްވެފައިވާކަން ހާމަވެފައިވާ ކަމަށް ރިޕޯޓާއި ހަވާލާދީ ޑރ. ނަޒްލާ ވިދާޅުވި އެވެ. އެގޮތުން ވައިރަހަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުން ލަސްވެފައިވާ ކަމަށާއި ސާމްޕަލްގެ ނަތީޖާ ލިބުން ލަސްވެފައިވާ ކަމަށެވެ.

މީގެ އިތުރުން، މިކަންތައްތަކާއި ގުޅިގެން ރިޕޯޓުގައި ރަނގަޅުކުރަން ކަންތައްތަކެއް ކަނޑައަޅާފައިވާ ކަމަށް ވެސް ޑރ. ފާހަގަކުރެއްވިއެވެ. އެގޮތުން، ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓް ޓްރޭސް ކުރާއިރު، އުމުރުން ދުވަސްވީ މީހަކު ފާހަގަކުރެއްވިޖެ ނަމަ، އެމީހާގެ ފުށުން ބަލީގެ އަލާމާތެއް ނެތްކަމުގައި ވީނަމަވެސް ސާމްޕަލް ނެގުން އަވަސް ކުރުމަށް ރިޕޯޓުގައި ވާކަމަށެވެ.

މި މައްސަލައިގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތް ކަމަށް ރިޕޯޓުގައި ނެތް ނަމަވެސް، އިހުމާލެއް ވެފައި ވާނަމަ، ކަމާގުޅުން ހުރި އިދާރާތަކުން އެ މައްސަލަތައް ބަލާ ފިޔަވަޅު އަޅާނެ ކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހިފައިވާ މީހަކު ނިޔާވިކަމަށް ރިޕޯޓުކޮށްފައިވަނީ އޭޕްރިލް މަހުގެ 30 ވަނަ ދުވަހު އެވެ. މަރުޙޫމާ އައިމިނަތު އާދަމް އަށް ބަލިޖެހިފައިވާކަމަށް ބެލެވޭތީ، އޭނާގެ ސާމްޕަލް ނަގާފައިވަނީ އޭޕްރިލް 27 ގެ ދަންވަރު އެވެ. ޓެސްޓުގެ ނަތީޖާ ލިބުނުއިރު، އައިމިނަތު އާދަމް ވަނީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކޮށްފަ އެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އައިމިނަތު ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލުމުގައި ދަތިތަކެއް ހުރެގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު