Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަރަންޓީން ފެސިލިޓީސް އަށް މީހުން ފޮނުވުން

ޓްރާންސީޓް ކަރަންޓީން ފެސިލިޓީސްތަކަށް ޖުމްލަ 2053 މީހަކު ވަނީ ގެންދެވިފަ: އެންއީއޯސީ

25 މެއި 2020 | ހޯމަ 18:37

ހޯމަ ދުވަހު 115 މީހަކު ބަދަލުކުރެވިފައިވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 25 މެއި 2020 | ހޯމަ 18:37
މީގެކުރިން ކަރަންޓީން ފެސިލިޓީއިން ދޫކުރި ފަރާތްތަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދެނީ

މީގެކުރިން ކަރަންޓީން ފެސިލިޓީއިން ދޫކުރި ފަރާތްތަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދެނީ

ރަށްރަށުން ކުރު މުއްދަތަށް މާލެ އައިސް, މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން ޖުމްލަ 2053 މީހަކު "ޓްރާންސިޓް ކަރަންޓީން ފެސިލިޓީސް" ތަކަށް މިހާތަނަށް ގެންގޮސްފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ހޯމަ ދުވަހު ޓްރާންސިޓް ކަރަންޓީން ފެސިލިޓީސްތަކަށް 115 މީހަކު ގެންގޮސްފައިވާކަމަށާއި އެއާއިއެކު ޖުމްލަ 2053 މީހުން މިހާރު ޓްރާންސިޓް ކަރަންޓީންގައި އެބަތިބި ކަމަށެވެ. އަދި ކުރު މުއްދަތަކަށް މާލެ އައިސް ތާާށިވެފައި ތިބި މީހުންގެ ތެރެއިން އިތުރު މީހުން ޓްރާންސިޓް ކަރަންޓީން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ލޯކަލް ގަވަރމަންޓް އެތޯރިޓީ (އެލްޖީއޭ)ން ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރަށްރަށުން ކުރު މުއްދަތަށް މާލެ އައިސް މާލޭގައި ތާށިވެފައި ތިބި މީހުން ރަށަށް ދިއުމުގެ ކުރިން ކަރަންޓީން ވުމަށް "ޓްރާންސިޓް ކަރަންޓީން ފެސިލިޓީސް" ގެ ގޮތުގައި ޖުމުލަ 7 ރިސޯޓެއް އަންނަނީ ބޭނުން ކުރަމުންނެވެ. ޓްރާންސިޓް ކަރަންޓީން ފެސިލިޓީގެ ގޮތުގައި އައްޑޫ، ދ، ޅ، އަދި ރ އަތޮޅުގައިވާ ރިސޯޓުތަކެއް ދަނީ ބޭނުން ކުރަމުންނެވެ.

ހދ، ފ، އަދި މ އަތޮޅުން 3 ރިސޯޓު ވަނީ ހަމަޖެހިފަ އެވެ. އެއީ ހދ. އަތޮޅުން ހޮނޑާފުށި އައިލެންޑް ރިސޯޓު، ފ. އަތޮޅުން ފިލިތެޔޮ އައިލެންޑް ރިސޯޓު އަދި މ. އަތޮޅުން މެދުފުށި އައިލެންޑް ރިސޯޓެވެ.

އައްޑޫ ސިޓީގައި ހެރެތެރެ އައިލެންޑް ރިސޯޓު ހަމަޖައްސާފައި ވާއިރު، ދ. އަތޮޅުން ސަން އަކުއާ އިރުވެލި، ޅ. އަތޮޅުން ފުށިފަރު މޯލްޑިވްސް އަދި ރ. އަތޮޅުން ފުރަވެރި އައިލެންޑް ރިސޯޓް އެންޑް ސްޕާ ވަނީ ހަމަޖައްސާފަ އެވެ.

ރަށްރަށުން ކުރު މުއްދަތަށް މާލެ އައިސް މާލޭގައި ތާށިވެފައި ތިބި މީހުން އަނބުރާ ރަށަށް ފޮނުވުމުގައި ލަސްތަކެއް އުޅެނީ ވަޞީލަތްތައް ނެތިގެން ނޫންކަމަށާއި، ބަލިމަޑުކަމެއްގެ ތެރޭގައި 'ރިސްކް' ނަގަން ބޭނުން ނުވާތީ ކަމަށް ސަރުކާރުން މީގެކުރިންވެސް ވަނީ ފާހަގަކޮށްފަ އެވެ. މިހާރު ރާއްޖޭގެ ހާލަތު ބަދަލުވެ، އަންނަނީ ގިނަ ލުއި ތަކެއް ދެމުންނެވެ. އެގޮތުން، މޮނީޓަރިންގ ހާލަތައް ނުލާ، ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަވެސް ވަނީ ދީފަަ އެވެ.

ސަރުކާރުގެ މައިގަނޑު ޢަމާޒަކީ އަތޮޅުތެރެއަށް ބަލި ފެތުރުނަ ނުދީ ކޮންޓްރޯލްކުރުން ކަމަށްވާއިރު، ރަށަށް ދާން ބޭނުންވާ މީހެއްގެ ފުށުން އެ ބަލި ރަށުތެރޭގައި ފެތުރިއްޖެނަމަ، ރަށުގައި ދިރިއުޅޭ އެންމެން ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެން ދާނެ އެވެ. މޮނިޓަރިނގް ހާލަތު އުވާލިތާ 14 ދުވަސް ހަމަނުވާ 4 ރަށް އަދި މިހާރު މޮނިޓަރިންގ ހާލަތުގައިވާ 3 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީ ލުއި ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

18 ޖޫން 2019

ފަނޑިޔާރު ދީދީގެ އިތުރު ތިން މައްސަލައެއް، ޖުމްލަ ފަސް މައްސަލަ: ޖޭއެސްސީ

18 ޖޫން 2019
ފަނޑިޔާރު ދީދީގެ އިތުރު ތިން މައްސަލައެއް، ޖުމްލަ ފަސް މައްސަލަ: ޖޭއެސްސީ
03 ޑިސެމްބަރު 2018

ރާއްޖޭގެ ޖުމްލަ ދަރަނީގެ އަދަދަކީ 3.7 ބިލިއަން ޑޮލަރު: މިނިސްޓަރ އަމީރު

03 ޑިސެމްބަރު 2018
ރާއްޖޭގެ ޖުމްލަ ދަރަނީގެ އަދަދަކީ 3.7 ބިލިއަން ޑޮލަރު: މިނިސްޓަރ އަމީރު
14 ނޮވެމްބަރު 2018

ޖުމްލަ ދަރަނި 48 ބިލިއަން ރުފިޔާ އަށް

14 ނޮވެމްބަރު 2018
ޖުމްލަ ދަރަނި 48 ބިލިއަން ރުފިޔާ އަށް
29 ޖުލައި 2018

އިތުުރު ދެ ރިސޯޓާއެކު ޖުމްލަ 44 ރިސޯޓުގައި ވޯޓުފޮށި ބަހައްޓަނީ!

29 ޖުލައި 2018
އިތުުރު ދެ ރިސޯޓާއެކު ޖުމްލަ 44 ރިސޯޓުގައި ވޯޓުފޮށި ބަހައްޓަނީ!
20 ނޮވެމްބަރު 2017

ބަޖެޓް 2018: ޖުމްލަ އަދަދަށް ބަދަލު ނުގެނެސް ދިރާސާ ކުރާ ކޮމެޓީން ބަޖެޓް ފާސްކޮށްފި

20 ނޮވެމްބަރު 2017
ބަޖެޓް 2018: ޖުމްލަ އަދަދަށް ބަދަލު ނުގެނެސް ދިރާސާ ކުރާ ކޮމެޓީން ބަޖެޓް ފާސްކޮށްފި
03 ނޮވެމްބަރު 2017

މޫސުމީ މައްސަލަތަކަށް ފަރުދުންގެ ވަކިވަކި އަމަލުތަކުގެ ސަބަބުން ޖުމްލަ ހައްލެއް ނުލިބޭނެ: ރައީސް ނަޝީދު

03 ނޮވެމްބަރު 2017
މޫސުމީ މައްސަލަތަކަށް ފަރުދުންގެ ވަކިވަކި އަމަލުތަކުގެ ސަބަބުން ޖުމްލަ ހައްލެއް ނުލިބޭނެ: ރައީސް ނަޝީދު
12 އޮކްޓޯބަރު 2017

ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 13.5 ބިލިއަނަށް އަރާ: ރިޔާސީ ކޮމިޝަން

12 އޮކްޓޯބަރު 2017
ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 13.5 ބިލިއަނަށް އަރާ: ރިޔާސީ ކޮމިޝަން
17 އޯގަސްޓު 2017

ފާރިސްގެ ޝަރީއަތް: ޝަރީއަތް މެދުކަނޑާލުމުގެ އަމުރެއް ހިމެނޭ ގޮތަށް ޖުމްލަ ހަ ކަމެއް ހުށަހަޅައިފި

17 އޯގަސްޓު 2017
ފާރިސްގެ ޝަރީއަތް: ޝަރީއަތް މެދުކަނޑާލުމުގެ އަމުރެއް ހިމެނޭ ގޮތަށް ޖުމްލަ ހަ ކަމެއް ހުށަހަޅައިފި
15 މާރިޗު 2017

އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!

15 މާރިޗު 2017
އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް