Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖިނާޢީ އިޖުރާޢަތުގެ ޤާނޫނު އިސްލާހުކުރުން

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެވޭ އިސްލާޙާއެކު އޮފީހުގެ ޚަރަދުތަކުގެ %20 ކުޑަކުރެވޭނެ: ޕީޖީ

ބިލު ހުށަހެޅުއްވީ، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 މެއި 2020 | ހޯމަ 07:04
ޕީޖީ ހުސައިން ޝަމީމް- ޕީޖީ ވަނީ 2019 ވަނަ އަހަރުގެ ޕީޖީ އޮފީހުގެ މަސައްކަތްތަކުގެ ބައެއް ތަފްސީލުތައް ހިއްސާ ކުރައްވާފައި

ޕީޖީ ހުސައިން ޝަމީމް- ޕީޖީ ވަނީ 2019 ވަނަ އަހަރުގެ ޕީޖީ އޮފީހުގެ މަސައްކަތްތަކުގެ ބައެއް ތަފްސީލުތައް ހިއްސާ ކުރައްވާފައި

ޚާއްސަ އުސޫލުތައް ހިނގާ ހާލަތްތަކުގައި ދައުވާގެ މުއްދަތު ނުހިނގާ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެންނަން ހުށައަޅާފައިވާ އިސްލާހު ފާސްވެއްޖެނަމަ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ) އޮފީހުގެ ބައެއް ޚަރަދުތައް ކުޑަ ކުރެވޭނެ ކަމަށް އެ އޮފީހުން ބުނެފި އެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވަނީ ފާއިތުވި އަހަރު ޕީޖީ އޮފީހުން އެކި މައްސަލަތަކާއި ގުޅިގެން ރަށްރަށަށް ކުރި ދަތުރުތަކުގެ ތަފްސީލުތައް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން 2019 ވަނަ އަހަރު ޕީޖީ އޮފީހުން 210 ދަތުރެއް ކޮށްފައިވާ އިރު، މައްސަލަތަކާއި ގުޅިގެން ރަށްރަށުގައި ހޭދަވި ދުވަސްތަކުގެ ޖުމުލަ އަދަދު 949ށް އަރާ ކަމަށް ޕީޖީ ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ، މި ދަތުރުތަކަށް ކޮށްފައިވާ ޚަރަދުތަކުގެ ޖުމުލަ އަދަދު 3،131،607.39 ( ތިން މިލިއަން އެއްލައްކަ ތިރީސް އެއްހާސް ހަސަތޭކަ ހަތް ރުފިޔާ ތިރީސް ނުވަ ލާރިއަށް) އަރާ ކަމަށެވެ. އެއާއެކު ޚާއްސަ އުސޫލުތައް ހިނގާ ހާލަތްތަކުގައި ދައުވާގެ މުއްދަތު ނުހިނގާ ގޮތަށް ހެދުމަށް ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ގެނެވުނު އިސްލާޙު ފާސްވެއްޖެ ނަމަ މި ޚަރަދުތައް 20 އިންސައްތައަށް ކުޑަ ކުރެވޭނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ އެހެން ވިދާޅުވެފައި ވާއިރު، ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މަޖިލީހަށް މި ބިލު ހުށަހަޅުއްވަމުން ވިދާޅުވީ، މި އިޞްލާޙުގެ ދަށުން ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ޝަރީޢަތް ކުރިޔަށް ގެންދިޔުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.

ވީޑިއޯ ކޮންފަރެންސިންގެ ޒަރިއްޔާއިން ޝަރީއަތްތައް ކުރިއަށް ގެންދިއުމަކީ ޕީޖީ އޮފީހުގެ ޚަރަދުތައް ބޮޑުތަކުން ކުޑަވާނެ ކަމެއްކަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ޕީޖީ ހުސައިން ޝަމީމްވެސް ފާހަގަ ކުރައްވާފައި ވެއެވެ.

އިތުރަށް ކިޔާލަން

13 އެޕްރީލު 2017

ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް ބްރޯޑްކޮމް އިން އެދިއްޖެ

13 އެޕްރީލު 2017
 ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް ބްރޯޑްކޮމް އިން އެދިއްޖެ
03 އެޕްރީލު 2017

ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަނީ ޖިނާއީ ކުށެއް ކޮށްގެންނެއް ނޫން، ހަމަ މިސަރުކާރު ބަލިކަށިވީ: ހިސާން

03 އެޕްރީލު 2017
ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަނީ ޖިނާއީ ކުށެއް ކޮށްގެންނެއް ނޫން، ހަމަ މިސަރުކާރު ބަލިކަށިވީ: ހިސާން
29 މާރިޗު 2017

ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

29 މާރިޗު 2017
ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް
08 މާރިޗު 2017

އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް

08 މާރިޗު 2017
އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް
05 މާރިޗު 2017

މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!

05 މާރިޗު 2017
މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު